25 Mar 2019

By: Aishath Maaha

ބަތަލާ އައިޝަތު ރިޝްމީ އަދި ރަވީ ފާރޫގު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް ފެތުރުނެވެ. ސޯޝަލް މީޑިއާގައި ދެތަރިން އެކަކު އަނެކަކަށް ލޯބީގެ މެސެޖުތައް ފޯރުކޮށްދެމުން ދިޔަ ނަމަވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ ދުވަސްގަނޑަކު ހުއްޓެވެ. ރަސްމީކޮށް ދެބައިވެރިންގެ ގުޅުން ހާމަނުކޮށް ދެތަރިން މިވަނީ މިއަދު ކައިވެނީގެ ގޮތުން ގުޅިފަ އެވެ.

އެނގިފައިވާ ގޮތުގައި ދެ ތަރިން ކައިވެނިކޮށްފައިވަނީ މިއަދު އެވެ. ކައިވެނީގެ ކުޑަ ހަފްލާއެއް ވެސް މިއަދު ވަނީ ބާއްވާފަ އެވެ. އެހެން ނަމަވެސް ރަސްމީކޮށް އެކަން އަދި އިއުލާނެއް ނުކުރެ އެވެ.

This woman!!! Happy 25th! I love you @rishmyyr

A post shared by Ravee Farooq (@raveefarooq) on

ރިޝްމީ އާއި ރަވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީނާ ގާތަށް އެނގުނީ ސޯޝަލް މީޑިއާގައި ދެ މީހުން އެކަކު އަނެކަކަށް ހާއްސަކުރަމުން ދިޔަ ފޮޓޯތަކުންނެވެ. އަދިނރަވީ ވަނީ އެކަން ފަހުން ކަށަވަރުކޮށްދީފަ އެވެ.

@rishmyyr loabivey ingey ❤😚

A post shared by Ravee Farooq (@raveefarooq) on

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ވެސް ދެ މީހުން ރައްޓެހިވެގެން ގިނަ ދުވަސް ތަކެއް ވަންދެން އުޅުނެވެ. އޭރު ދެ މީހުން ރައްޓެހިވެގެން އުޅުނު ނަމަވެސް ކައިވެންޏަކާ ހަމައަށް ދިއުމުގެ ކުރިން ދެ މީހުންގެ ގުޅުން ނިމުނީ އެވެ. ރަވީ އާއި ރިޝްމީ ކުރިން ބުނެފައިވަނީ އެ ދެ މީހުންގެ ގުޅުން ނިމުމަކަށް އައީ އުންމީދުކުރި ގޮތަށް އެ ގުޅުން "ވޯކްއައުޓް" ނުކުރުމުންނެވެ.

ރަވީ އާއި ރިޝްމީ އެންމެ ފުރަތަމަ ރައްޓެހިވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. މީގެ ކުރިން ރަވީ ވަނީ ދެ ކައިވެންޏެއްކޮށްފަ އެވެ. އަދި ފަހުން ކުރި ކައިވެންޏަށް ދެ ދަރިން ވަނީ ލިބިފަ އެވެ. ރިޝްމީ ވެސް ވަނީ މީގެ ކުރިން ކައިވެންޏެއްކޮށް ދަރިޔަކު ލިބިފަ އެވެ. ރިޝްމީ ކުރިން ކައިވެނިކޮށްފަނީ ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) އާ އެވެ.

Popular