18 Feb 2020

By: Ifraz Ali

މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކޮށް ގެނެސްދިން "ހެޕީ ބާތުޑޭ" އަކީ ސިނަމާގައި އެޅުވި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފުރަތަމަ ފިލްމެވެ. ސިނަމާގައި ނާކާމިޔާބުވި ނަމަވެސް، އެވޯޑުތަކުގައި އެ ފިލްމު ވަރަށް ފޯރިގަދަކޮށްލި އެވެ. އެއީ ހަމަ މޮޅު ފިލްކެވެ. އޭގެ ކުރިން ޑާކްރެއިނުން ހެދީ ޓީވީ ޑްރާމާތަކެވެ. މިހާރު އޭގެ ފަހުން 13 އަހަރުވެއްޖެ އެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި އެކި ވައްތަރުގެ ފިލްމުތައް އެމީހުން ގެނެސްދިންއިރު، ޑާކްރެއިންގެ އިންސްޓަގްރާމް ޕޭޖުގައި އެ މީހުންގެ ކުރީގެ ބައެއް ހަނދާންތައް އަންނަނީ އާކުރަމުންނެވެ.

"ހެޕީ ބާތުޑޭ" ގެ އިތުރުން އެމީހުންގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކަށް އޮތީ، ރާއްޖޭގެ ފުރަތަމަ ތްރީޑީ ފިލްމު "ފަތިސްހަނދުވަރުގެ ފެށުން" އެވެ. އޭގެ ފަހުން އަދިވެސް ދިވެހި ސިނަމާ އަށް ތްރީޑީ ފިލްމެއް ނާދެ އެވެ. އެހެން ފިލްމުތަކުގެ ތެރެއިން، "ހުޅުދާން" އާއި "މިކޮއެ ބައްޕަ ބައެބައެ" އަދި "ވޫޑޫ" ފަދަ ފިލްމުތަކަކީ އެމީހުންގެ ސަޅި މަސައްކަތްތަކެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

އޮލިމްޕަހުގެ ފާރުގައި ހަރުކޮށްފައި ހުރި "ހެޕީ ބާތުޑޭ" ގެ ޕޯސްޓަރެއް ބަލަން ބިދޭސީ މީހަކު ހުއްޓިލައިގެން.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

"ފަތިސްހަނދުވަރުގެ ފެށުން" ގެ ޝޫޓިންގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތިމަތު ފަރީލާ.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

"ފަތިސްހަނދުވަރުގެ ފެށުން" ގެ މަންޒަރެއް ގްރީން ސްކްރީނުގައި ނަގަނީ.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

"ފަތިސްހަނދުވަރުގެ ފެށުން" ގެ ޝޫޓިންގައި ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ).
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

"ފަތިސްހަނދުވަރުގެ ފެށުން" ގެ މަންޒަރެއްގައި ލަވަކިޔުންތެރިޔާ ރާފިއަތު ރަމީޒާ.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ޝީލާ ނަޖީބް، އަލީ ސީޒަން އަދި ނިއުމާ މުހައްމަދު އުޅުނު "ޒަހަރު" ފިލްމުގެ ޕޯސްޓަރު ފޮޓޯޝޫޓްގައި.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

"ވާށޭމަށާއެކީ" ގެ ޕޯސްޓަރެއް މާލޭގެ އިޝްތިހާރު ބޯޑެއްގައި ހަރުކޮށްފައި.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

"ފަތިސްހަނދުވަރުގެ ފެށުން" ގެ މަންޒަރެއްގައި ޔޫއްޕެ އާއި އަހްމަދު ނިމާލް.
ޑާކް ރެއިން އެންޓަޓެއިންމެންޓް ފިލްމު މޮގާ

Popular