25 Jul 2025

By: Asima Nizar

ކައިވެނި ހަފުލާއެއް ނަމަ ކޮންމެހެން ހުންނަންޖެހޭ އެކައްޗަކީ ކޭކެވެ. އެ ނެތް ނަމަ ޑިޒާޓު ޓޭބަލް ފުރިހަމައެއް ވެސް ނުވެ އެވެ. އެހެންވެ، އެ ވެޑިންގެ ތީމަކާ ގުޅުވާލައި އެކި ފެންވަރުގެ ކޭކު އަޅަ އެވެ. ބަައެއް ފަހަރު އުސްވަމުން ގޮސް، ކައިވެނި ކުރާ ދެ މީހުންގެ އިސްކޮޅަށް ވުރެ ކޭކު ދިގުވެ އެވެ.

އެކަމަކު، ވެޑިން ކޭކުގެ މި ޓްރެންޑަށް ބަދަލުތަކަށް މި ވަނީ އަންނަން ފަށައިފަ އެވެ.

View this post on Instagram

A post shared by HanBun (@hanbunmv)

ކޭކު އެޅުމުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މަރިޔަމް ޝަފާ ބުނިގޮތުގައި، ތިރިކޮށް ދިގުކޮށް ހުންނަ ކޭކަށް މިހާރު ޑިމާންޑު ބޮޑުވެއްޖެ އެވެ. އޭގެ ތެރެއިން ވެސް ބެރީސް އަޅައިގެން ހަދާ ކޭކަށް އާއްމުންގެ ޝައުގު ބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

View this post on Instagram

A post shared by what lulu makes 🍅 (@whatlulumakes)

ނަމަވެސް، ރާއްޖޭގައި ބެރީސްގެ އަގު ބޮޑުވުމުން، އެ ޑިޒައިނަށް ކޭކު އެޅުމަކީ އުނދަގުލެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

View this post on Instagram

A post shared by Shuu (@shuuphotato)

"އާއްމުކޮށް ޓިއަ ކޭކެއް އެޅޭ ވަރަށް، ފްލެޓުކޮށް ދިގުކޮށް މި އެޅެނީ. ވަރަށް ގިނައިން ބެރީސް ބޭނުންވޭ،" "ކޭކްސް ބައި ޝަފާ"ގެ ނަމުގައި ސޯޝަލް މީޑިއާގައި ޕޭޖެއް ހަދައިގެން ކޭކު އެޅުމުގެ ވިޔަފާރިކުރާ ޝަފާ ބުންޏެވެ.

"ބެރީސް އަގުބޮޑުވީމަ، އުސްކޮށް ހަދާ ކޭކުގެ އަގަށް މި ހެދެނީ އޭގެ ކޭކު ވެސް. އެހެންވެ، ގިނަ ފަހަރަށް މި ބަދަލުކުރަނީ ޑިޒައިން."

View this post on Instagram

A post shared by Hawwan Cakes - Customized Cakes in Male’ (@hawwancakes)

ބެރީސް ބޭނުންކުރާ ނަމަ ކޭކުގެ އައިސިންގަނޑު އާއްމުކޮށް ހުންނަނީ ހުދުކުލައިގަ އެވެ. އޭގެ މައްޗަށް އެ ބެރީސްތައް އަޅަނީ، ކައިވެނި ކުރާ ދެ މީހުން، ޕާޓީގެ ތެރޭގަ އެވެ. ބޭރުގެ ގައުމުތަކުގައި ވައިރަލްވަމުންދާ މި ޓްރެންޑު، ރާއްޖޭގައި މި ފަހުން ބޭއްވި ޕާޓީތަކުން ވެސް ފެނިފައިވެ އެވެ.

ވެޑިންގެ ތީމާ ގުޅުވާލައި ނުވަތަ އެކި ވައްތަރުގެ މަލުން ވެސް، ދިގުކޮށް ހުންނަ ކޭކުތައް ޖަރީކޮށްފައި ހުރެ އެވެ. މިއީ، ހަމަ ގައިމު ވެސް ވެޑިންތަކުން މި ފަހުން ފެންނަން ފެށި ތަފާތެކެވެ.

ކޭކް ޑެކޮރޭޝަން

Popular