ރިހާކުރު ލިބެންޏާ ދިވެހިންނަށް ކޮންމެ ވަގުތެއްގެ ކޮއްތަށް ވެސް އެ ބޭނުންކުރެވޭނެ އެވެ. ކޮންމެ ކަމެއްގައި ގައުމުން ބޭރަށް ފުރިޔަސް ފޮށިން އަބަދު ވެސް ޖާގަ ލިބޭ އެކައްޗަކީ ރިހާކުރެވެ.
ރިހާކުރު ލިބެންޏާ ދިވެހިންނަށް ކޮންމެ ވަގުތެއްގެ ކޮއްތަށް ވެސް އެ ބޭނުންކުރެވޭނެ އެވެ. ކޮންމެ ކަމެއްގައި ގައުމުން ބޭރަށް ފުރިޔަސް ފޮށިން އަބަދު ވެސް ޖާގަ ލިބޭ އެކައްޗަކީ ރިހާކުރެވެ.
ރިހާކުރާއި ރޮށި ނުވަތަ ޑިސްކަކީ ހެނދުނު ސަޔަށް ހާއްސަ އެއްޗަކަށް ވިޔަސް މިހެން ވިއްސާރަވެއްޖެ ނަމަ މިއީ ކޮންމެ ވަގުތަކަށް ވެސް ކަމުދާ އެއްޗަކަށް އޮންނަނީ ވެފަ އެވެ. މިއީ މިކަހަލަ ދުވަހެއްގެ 'ކޮމްފަޓް ފުޑް' އެވެ.
އެ މީހަކަށް ކަމުދާ ގޮތަކަށް ރިހާކުރު ހަދައިގެން ރޮއްޓާ އެކީ ނުވަތަ ޑިސްކަކާ އެކީ ކާލަން މިއީ އެއްވަނައިގެ ދުވަހެކެވެ.
ޑިސްކާއި ރިހާކުރު
ހުނިރޮއްޓާއި ރިހާކުރު ނުވަތަ ޑިސްކާއި ރިހާކުރު ކަމަށް ވިޔަސް މީގެ ރަހަ އެންމެ މީރުހެން ހީވަނީ ވެސް މިހެން ވިއްސާރަ ދުވަސްތަކުގަ އެވެ. ކުޅި ރިހާކުރާ އެކު ރޮށި ކަމުން ހޫނު ކަަޅު ސައި ބުއިމުން އެ ލިބޭ ހިތްހަމަޖެހުން ހަމަ ބޮޑީ އެވެ.
ހިތްހަމަޖެހުމަށް މި ކާލުމުގެ އިތުރުން މިއީ އިންސްޓްގްރާމްކޮށްލަން ވެސް ކުރާ ކަމަކަށް މިހާރު އޮންނަނީ ވެފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރާ ބޯ ވިއްސާރައާ ހެދި ގޭގައި ތާށިވެފައި ތިއްބަސް ހިތްހަމަޖެހިގެން ކައިގެން ތިބޭށެވެ. އަދި މިކަހަލަ ހާއްސަ ކެއުންތަކުން އެކުވެރިކަމާއި އާއިލީ ގުޅުންތައް ވަރުގަދަކޮށްލާށެވެ.