19 Oct 2026

މިކަހަލަ ލުއި ކަސްރަތު ގޭގައި ކޮށްލަންވާނެ

މިކަހަލަ ލުއި ކަސްރަތު ގޭގައި ކޮށްލަންވާނެ

By: Asima Nizar

ސިކުނޑިއަށް ވެރިވެފައިވާ ބުރަކަމުން ލުއެއް ހޯދަންޖެހޭނެ އެވެ. ގޭތެރޭގެ ޒިންމާތައް ބޮޑުވިއަސް ހައްޓަށް ބަލަންޖެހެ އެވެ. އެހެންވެ، ދަރިން ބަލަމުން ޖިމަށް ނުވަތަ ދުވަން ނުދެވުނަސް ގޭގައި ކޮންމެ ވެސް ވަރަކަށް ކަސްރަތުކުރާށެވެ. 

މި ލިޔުމުގައި ކިޔައިދެނީ ކޮންމެ ދުވަހުގެ ދިރިއުޅުމަށް މުހިއްމު އަދި އޭގެ ފައިދާ ދިގު މުއްދަތަކަށް ކުރާނެ ކަސްރަތުތަކެކެވެ. 

ދެ ފަރާތަށް ކަރު ހަރަކާތްކުރުން

ކަރުގެ ހަރަކާތްތެރިކަން އިތުރުކުރަން ކުރާ ކަސްރަތަކީ މައިބަދަ ދުޅަހެޔޮކަންމަތީ ބެހެއްޓުމާއި ކަރު ސްޓިފްވުމުން ސަލާމަތްކޮށް ދިރިއުޅުމުގެ އާންމު ހަރަކާތްތައް ފަސޭހަކަމާ އެކު ކުރަން މުހިންމު ކަމެކެވެ.

އެ ކަސްރަތު ކުރަން 10-15 ނޫނީ 30-40 ސިކުންތު ވަންދެން ދެ ފަރާތަށް ކަރު އަނބުރާލާށެވެ. 

ފައި ސްޓްރެޗުކުރުން

ކިތައްމެ ގިނައިން ހިނގިއަސް އެ ހިސާބުން އަދި ނުނިމޭނެ އެވެ. ސްޓްރެޗްކުރަން ޖެހޭނެ އެވެ. 

ގޮނޑިއެއްގައި ހިފަހައްޓައިގެން ހުރެ ބުރަކަށި ސީދާކޮށް، ދެފައި ބިމުގައި ޖައްސައި، އުނަގަނޑު ކަކުލަށްވުރެ މަތީގައި ބަހައްޓާށެވެ. އެއަށްފަހު، ގޮނޑިއެއްގައި އިށީންނަ ގޮތަށް މަޑުމަޑުން ހަށިގަނޑު ތިރިކުރަމުން ގެންދާށެވެ.

ގްލޫޓު ސްޓެޗްކުރުން

ގޮނޑިއެއްގައި އިށީނދެ، އެއް ފައިގެ ކޮޅު އަނެއް ފައިގެ ކަކޫ މަތީގައި ބާއްވާށެވެ. ފައި ހުޅުވާލުމަށްޓަކައި ކަކުލަށް މަޑުމަޑުން ފިއްތާލަމުން ބުރަކަށި ސީދާކޮށްލާށެވެ. ފުރަގަހަށް ލުއެއް އިހުސާސްވަންދެން މަޑުމަޑުން ކުރިއަށް ގެންދާށެވެ.

ދެތިން ފަހަރު ނޭވާ ހިފަހައްޓާލާފައި އަނެއް ފައިން ވެސް އެ ކަސްރަތު ތަކުރާރުކޮށްލާށެވެ. 

އުނަގަނޑު ސްޓްރެޗް

އުނަގަނޑުގެ ފަހަތުގައި އަތްތިލަ ޖައްސައި، މަޑުމަޑުން ފަހަތަށް ލެނބޭށެވެ. މިގޮތަށް ލެނބޭނީ ތަދުނުވާ އަދި ހަށިގަނޑަށް ދެމުމެއް އިހުސާސްވާ ވަރަށެވެ. މިގޮތަށް ދަމާލާފައި ހާލަތުގައި ދެތިން ފަހަރު ނޭވާލެވެންދެން މަޑުކޮށްލާށެވެ.

މިކަމަށް އަތުން ހަރަދެއް ނުދާނެ އެވެ. ހަމައެކަނި ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. 

ކަސްރަތު

Popular