16 Sep 2024

ސަމާސާއެއް ނޫން؛ މި ފާމަސީން ބޭހަށް ދެނީ ޅެމެއް!

ސަމާސާއެއް ނޫން؛ މި ފާމަސީން ބޭހަށް ދެނީ ޅެމެއް!

By: Aishath Mihna Nasih

ޅެމުން ފަރުވާ ހޯދުމުގެ ވާހަކަ ވީ އަހަރެމެންނަށް ބޮޑު ޖޯކަކަށެވެ. އެކަމަކު ގުޅަ ބޭސް އަޅާ ފުޅިތަކާއި ކާޑުތަކުން ފުރިފައިވާ މި ފާމަސީން ދޫކުރަނީ ގުޅަ ބޭހެއް، ސިރަޕެއް ނުވަތަ ފަތްޕިލާވެއްޔެއް ވެސް ނޫނެވެ. ބިއްލޫރި ފުޅިތަކާއި ބޭސްކޮތަޅުތަކުގައި އެ މީހުންދެނީ ޅެމެކެވެ. މިއީ ލަންޑަންގެ އޮކްސްފޯޑު ސްޓްރީޓްގައި ހުންނަ "ޕޮއެޓްރީ ފާމަސީ" އެވެ.

View this post on Instagram

A post shared by Becky | Book Blogger (@uptownoraclebooks)

ފާމަސީގައި ވިއްކަންހުންނަ ބޭހުގެ ވާހަކައިގެ ކުރިން ފާމަސީގެ ވާހަކައެވެ. ހިތްގައިމު މި ހާއުލުން ފާމަސީއަށް ވަދެލެވުމާ އެކު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނާނީ ފާރުތަކުގައި ހުރި ފޮތް ހަރުގަނޑުތަކެވެ. އަހަރެމެންނަށް ދިމާވެދާނެ ކޮންމެ ފަދަ ހާލަތަކަށް، ނަފްސާނީ ބަލިކަމަކަށް މިތަނުގައި ފޮތެއް ވާނެ އެވެ.

View this post on Instagram

A post shared by Poetry Pharmacy (@poetry_pharmacy_)

މީގެއިތުރުން މި ހިތްގައިމު މާހައުލުގެ ފުރިހަމަކަން އިތުރަށް ފަޅުފިލުވައިދެނީ ޑިސްޕެންސަރީ ކެފޭއިންނެވެ. އެކި ކަހަލަ ކޮފީ އާއި ސަޔާއި ސަރުބަތުތަކުގެ ވަސް މުޅި މާހައުލުގައި ހިއްޕާލާފައި ހުންނައިރު، ހަމައެކަނި ކެފޭއަކަށްވުރެ ބޮޑަށް ހީވާނީ "ތެރެޕިއުޓިކް" ދަތުރެއްގެ މަތީ އުޅެވެހެންނެވެ.

View this post on Instagram

A post shared by Poetry Pharmacy (@poetry_pharmacy_)

ދެން ހުރީ ފުޅި ބޭސްތަކެވެ. ދެރަވުން، އުފާވުން، ހަމަޖެހުން، އިމްޕޮސްޓާ ސިންޑްރޮމް މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ލިޔުންތެރިންނަށް އަންނަ "ރައިޓާސް ބްލޮކް" އަށް ވެސް މި ފާމަސީން ފަރުވާ ލިބެން އެބަހުއްޓެވެ. ނުވިތާކަށް ތަނެއް ކަނޑައިގެން ދިޔުމުން އަޅާލާނެ ބެންޑޭޖްކޮޅެއް ހޯދުން ފަސްޓް އެއިޑް ބޮކްސް ބޭނުންވާހެން، ޖަޒުބާތާއި އިހްސާސްތަކަށް ބޭނުންވާނެ ފަސްޓް އެއިޑް ކިޓްތައް ވެސް ތައްޔާރުކޮށްފައި ހުރެ އެވެ.

View this post on Instagram

A post shared by Poetry Pharmacy (@poetry_pharmacy_)

އެންމެ ހިތްގައިމު ކަމަކީ ހުރިހާ ޅެމެއް ވެސް ލިޔެ ތައްޔާރުކޮށްފައި ހުންނަނީ ސީދާ ބޭސްގުޅައެއް ގޮތަށް ކަމަށް ވާތީ އެވެ. އަދި އަޅާފައި ހުންނަނީ މި ހިސާބުތަކުގައި ބޭސް ގުޅަތައް އަޅާފައި ހުންނަ ވަރުގެ ކުދި ބިއްލޫރި ފުޅިއަށެވެ. އެހެންވެ މި ފާމަސީއަށް އަންނަ ބަލިމީހަކަށް ހަމަ އަސްލަށް ވެސް މިދެވެނީ ބޭހެއް ނޫނެވެ. ޅެމެކެވެ.

Popular