By: Nurah Rasheed
ނިދަން ތައްޔާރުވާ ރޫޓިންގެ އެންމެ ފަހު ކަމަކަށް މުޅި ގަޔަށް ސެންޓު ބުރުވާލުމަކީ ބައެެއް މީހުންގެ އާދައެކެވެ. ބޭރަށް ނުކުމެލާއިރު ޖަހާލުމަށް ހޯދާފައިހުރި އަގުބޮޑެތި ސެންޓުތައް ބަހައްޓާފައި، ނިދުމުގެ ކުރިން ކޮންމެވެސް ކަހަލަ ކޯލޯނެއް ނުވަތަ ޕާފިއުމް އޮއިލްއެއް ނަމަވެސް ބޭނުން ކުރުމަކީ ބޭކާރު ކަމެކޭ ހީވިއަސް "ޕާފިއުމްޓޮކް" ހޭޝްޓެގް އިން މީ ވަރުގަދަ ޓްރެންޑެއްކަން ހާމަވެ އެވެ.
ފްރެގްރަންސް ފައުންޑޭޝަނުން ސެޓިފިކެޓް ލިބިފައިވާ ސްޕެޝަލިސްޓް އިއުޑޯރާ ވަސިކެގެ މި އަހަރުގެ ޕްރިޑިކްޝަން ލިސްޓުގައި ވެސް މި ކަންތައް ހިމެނެ އެވެ.
މީރު ވަސް ދުއްވާލައިގެން ނިދަން އެރުމުގެ ކޮންސެޕްޓަކީ އާ ކަމެއް ނޫނެވެ. ނަމަވެސް މި ފަހަކަށް އައިސް ކުރިއާ އަޅާކިޔާ ނަމަ ބްރޭންޑުތަކުންނާއި އެކި އިންްފްލުއެއްންސަރުންގެ ސަބަބުން ވެސް މިކަން މަގުބޫލޫވަމުން އަންނަނީ އެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމާއި އެކަމާ މެދު ހޭލުންތެރިކަން އިތުރުވަމުން އަންނަ އިރު މީގެ ތެރެއަށް ވެސް މި ކަންތައް އެބަ ފެތެ އެވެ. ދުވަހުގެ ސްޓްރެސް އެއްކޮށް ދުއްވާލައި ރަނގަޅު ނިންޖެއް ލިބޭތޯ ކުރާ ކަންކަމުގެ އެންމެ ފަހު ކަމަކަށް، މަޑު ވަހެއް ހުންނަ ސެންޓެއް ބޭނުން ކޮށްލުމުން މީހާ ގެ މޫޑު ހަމަޖައްސާލަދޭ ކަމެކެވެ.
"ޕާފިއުމް ފޯ ބެޑް" އަށް 122.9 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު އެންމެ ގިނަ މީހުން ބުނާ ގޮތުގައި އަރާމު ނިންޖެއް ބޭނުންވާ ނަމަ މަޑު ލެވެންޑާ، ކެލާ، ޖޭޒްމިން، ސިޓްރަސް، މާމުއި އަދި ވެނީލާ ނޯޓުތައް ހުންނަ ވަަހަށް އިސްކަންދޭށެވެ. އަގުބޮޑު ސެންޓުފުޅި ބޭނުންކުރަން ޖެހިލުންވާ ނަމަ ސްޕްރޭފުޅިން ކޮންމެވެސް ވަރަކަށް ބާލީހަށާއި އެނދަށް ބުރުވާލުމަކީ ވެސް ނިދީގެ ކޮލިޓީ އިތުރުކޮށްދޭ އަދި އެންޒައިޓީ އާއި ދުވާލު ގަޑީގައި ވަރުބަލިކަން ފިލުވާލެވިފައި ހުންނަ ވަރަށް އަރާމުކޮށް ނިދާލަން އެހީވާ ކަމެކެވެ.
ސެންޓަކީ ވަރަށް ޕާސަނަލް އެއްޗެކެވެ. ބޫޖީ ބޫޖީސް ސެންޓުގެ ކްރިއޭޓިވް ޑައިރެކްޓަރު ނިކް ގިލްބާޓް ބުނާ ގޮތުގައި ސެންޓު ޖަހަން ޖެހޭނީ އަމިއްލަ މީހާގެ ހިތްހަމަ ޖެހުމަށެވެ. އަދި އިތުރު އެހެން މީހަކަށް އެ ވަސް ނުދުވާ ނަމަ އެއީ ބޭކާރުކޮށް ސެންޓު ޖެހެނީއޭ ވިސްނާ ވިސްނުން ދޫކޮށްލަންޖެ އެވެ.