13 Nov 2017

ތޭރަ އަށް އެންމެ ސަޅި 13 ލަވަ: ވަރަށް ޕާސަނަލް ލިސްޓެއް

މިއީ މި އަހަރު، ލަވަ ކިޔުމާއި މީހުން ތަމްރީން ކުރުމުގެ ދާއިރާއިން، ހިތްވަރު ދިނުމުގެ އިނާމު ލިބުނު ތޭރަގެ އެންމެ ސަޅި 13 އެވެ. އޭނާގެ ކުލަގަދަ ކެރިއަރުން އޭނާ އަށް އެންމެ ކަމުދާ 13 ލަވަ އެވެ.

މިއީ މި އަހަރު، ލަވަ ކިޔުމާއި މީހުން ތަމްރީން ކުރުމުގެ ދާއިރާއިން، ހިތްވަރު ދިނުމުގެ އިނާމު ލިބުނު ތޭރަގެ އެންމެ ސަޅި 13 އެވެ. އޭނާގެ ކުލަގަދަ ކެރިއަރުން އޭނާ އަށް އެންމެ ކަމުދާ 13 ލަވަ އެވެ.

By: Ahmed Nadym

މުހައްމަދު އަބްދުލްޣަނީ ނުވަތަ ސްޓޭޖު ނަމުން ނަމަ ތޭރަވާ އަކީ ރާއްޖޭގެ ފަހުގެ ޖީލު ދުށް އެންމެ ހުނަރުވެރި ނުވަތަ އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރެއިން އެކަކެވެ. އޭނާގެ މި ހުނަރާއި ހިދުމަތަށް ސަރުކާރުން އެ ވަނީ އެންމެފަހުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް އަރުވައިފަ އެވެ. އެ މަންޒަރަށް އަތްޖަހަން ތިބި އެންމެން ވެސް ބުނީ "ތޭރަ އަށް މި ޝަރަފް ލިބުން މާ ބޮޑަށް ވެސް ލަސްވެއްޖެ" ކަމަށެވެ.

ތޭރަވާގެ މި ހުނަރުވެރިކަމާ އެއްވަރަކަށް އޭނާގެ ސްޓޭޖު ނަން ވެސް އައީ ބަދަލުވަމުން ތަރައްގީވަމުން ކުރިއަރަމުންނެވެ. ލަވައިގެ ދުނިޔެ އަށް މިހާރު އޭނާ އެންމެ މަޝްހޫރީ "ތޭރަ" ގެ ގޮތުގަ އެވެ. އެހެންކަމުން އޭނާގެ ހުނަރާއި ޓްރޭޑްމާކް ނަމާއި ގައުމީ އިނާމުގެ އުފަލާ ގުޅުވައިގެން އަހަރެމެން މި ގެނެސްދެނީ ތޭރަ އަށް އެންމެ ކަމުދާ ތޭރަގެ، 13 ލަވަ އެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި ތޭރަވާ ދިވެހިންނަށް ތައާރަފްކޮށްދިނީ ރަންޒަމާނުގައި މާލޭގައި ބޭއްވި ފަންނާނުންގެ ޝޯއެކެވެ. އެ ޝޯގައި ޒީރޯ ޑިގްރީ ބޭންޑާއެކު އޭނާ ހުށަހަޅައިދިން "އަތުވާނެ ބާއޭ ތޭރަވާ" ލަވައާ އެކު އަތުނުވާހާ ބާރަށް ދިވެހި ލަވައިގެ އުޑަށް އޭނާ އަރައިގެން ދިޔައީ އެވެ.

ތޭރަވާގެ ކާމިޔާބީ އަށް މަރުހަބާކިޔައި ސެލެބްރޭޓްކުރަމުން ދެން މި އޮތީ "އެންމެ ސަޅި 13" އެވެ. މިއީ ސީދާ ތޭރަ އަޅުގަނޑުމެންގެ އެދުމަކަށް ތޭރަ އޭނާގެ ކެރިއަރުން ހޮވާލާފައިވާ 13 ލަވައިގެ ލިސްޓެކެވެ.

ހުރި ކަންތަކާ ދުރުވާށެ ޑަރް

މިއީ ރާއްޖޭގެ މިއުޒިކް ލެޖެންޑް، ނައިފަރު ދޮހޮއްކުގެ ހަނދާނުގައި ސަންއެފްއެމް އިން ގެނެސްދިން "ވާހަނދާނަކުން" ގެ ޝޯގައި ތޭރަވާ ހުށަހަޅައިދިން ކަވާ ލަވައެކެވެ. ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނައިފަރު ދޮހޮއްކުގެ ލަވަތައް އެންމެ ފުރިހަމަ އަށް ހުށަހަޅައިދޭ މި ޖީލުގެ ލަވަކިޔުންތެރިޔަކީ ތޭރަވާ އެވެ.

ބީހިލާށޭ

މިއީ މި އަހަރު ޑައިރެކްޓަރު އަބްދުލް ފައްތާހު ގެނެސްދިން "ރިކޯޑް ބްރޭކިން މޫވީ" ހައްދުގައި ހިމެނޭ ލަވަތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް ލަވަ އެވެ. މި ލަވައިގައި ތޭރަވާގެ ބައިވެރިޔަކީ އޭނާގެ ޒަވާޖީހަޔާތުގެ ވެސް ބައިވެރިޔާ އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ.

ތައުބާ

މިއީ ވެސް "ހައްދު" ގެ ރިކޯޑް ބްރޭކިން ލަވަތަކުގެ ތެރެއިން ހޮވާލެވޭ ލަވައެކެވެ.

ބޯވެހޭ ވާރެއާ

މިއީ ޓީވީއެމްގެ މަގްބޫލު އެހަނދާނުގައި ސިލްސިލާގެ "ސްޓާސް" ޝޯގައި 2015 ވަނަ އަހަރު ތޭރަވާ ހުށަހަޅައިދިން ލަވައެކެވެ. މި ހިތްގައިމު ލަވައަކީ މަޝްހޫރު ތަމަޅަ ފިލްމެއް ކަމުގައިވާ "ރޯޖާ" އަށް އޭއާރް ރަހްމާން "ޕޫދު ވެއްލައި މަޅައި" ގެ އަސްލަށް އުފައްދާފައިވާ ނިކަން ރީތި ލަވައެކެވެ. ތޭރަވާ މި ލަވަ ޕާފޯމްކޮށްފައި ވަނީ ޒުވާން ލަވަކިޔުންތެރިޔާ އަޝްރާއާ އެކުގަ އެވެ.

އަހަރެންގެ ހިތް ހިމޭންވާން

މިއީ މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ އައިޝަތު ރިޝްމީގެ ފިލްމު، "ބޮސް" ގައި ހިމެނޭ އެންމެ އަސަރުގަދަ ލަވަތަކުގެ އެއް ލަވަ އެވެ. މި ލަވައިގެ އެންމެ ހިމަ ނާރުތަކަށް ކުރާނެ ކަމާ މެދަކު ޝައްކެއް ވެސް ނުއުފެދެ އެވެ.

ނޭދެން އުފާ އަދު ޔާރުނޫން

މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރި ފިލްމު "ހެޔޮނުވާނެ" އަށް ތޭރަވާ ރިކޯޑްކޮށްފައިވާ ލަވައެކެވެ. ޔޫއްޕެ އާއި އޭނާގެ ކުރީގެ އަންހެނުން ފަރީލާ އެކުގައި ނިކަން "ވެޓުކޮށް" ފެނިގެންދާ މި ލަވައަކީ ބައެއް މީހުން ބުނާ ގޮތުން ނަމަ ތޭރަވާ ރިކޯޑްކޮށްފައިވާ އެންމެ ފުރިހަމަ އެއް ލަވަ އެވެ.

ތޭރަވާ

މިއީ މުހައްމަދު އަބްދުލްޣަނީ ލަވަކިޔުންތެރިޔާ ތޭރަވާ އަށް ބަދަލުކޮށްލި ލަވައެވެ. މި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ އޭނާގެ އާއިލާގެ އެންމެން ހިއްސާވެގެންނެވެ. އެންމެ ފުރަތަމަ މި ލަވަ އެގޮތަށް ލިޔުނީ ތޭރަ ސްކޫލްގައި އުޅެމުން ބައިވެރިވި ލަވަ މުބާރާތެއްގައި ކިޔާނެ ލަވައެއްގެ ގޮތުގަ އެވެ. އެއަށް ފަހު ޒީރޯ ޑިގްރީއާ އެކު މި ލަވަ ކިޔައި، އޭރަށް ކުޑަކުޑަ ތޭރަވާ، ބޮޑު ބޮޑު ތަރިއަކަށް ބަދަލުވީ އެވެ.

އޭނާގެ ފުރަތަމަ ލަވައަކީ މިއީ އެވެ.

ދަންދަންދަން ދަންވަރު ދަންވަރު ދަން

ބަތަލާ ނިއުމާ މުހައްމަދު އާއި ރަވީ ފާރޫގަށް ނުނިދިގެން އުޅޭ މި ލަވަ އަކީ އަޝްފާއާ އެކު ތޭރަވާ ރިކޯޑްކުރި ފުރަތަމަ ލަވައެވެ. އެހެންކަމުން މި ލަވަ އެ ދެމަފިރިންނަށް ހާއްސަވާނެ ވަރު ވިސްނާލާށެވެ. ދަންވަރު ހޭލާ ތިބެގެން ތޭރަ އާއި އަޝްފާ ވެސް މި ލަވަކިޔާނެކަން ޔަގީނެވެ. މިއީ އެހާ ވެސް ހިތްގައިމު މުސްކުޅިވުމެއް ނެތް ލަވައެކެވެ.

ވެހޭ ވާރޭ ތެރެއިން، ކަނޑޫފާ ކުޅިތެރެއިން

އަނެއްކާވެސް ލެޖެންޑެއްގެ ލަވައެކެވެ. މި ލަވައިގެ އޮރިޖިނަލް އާޓިސްޓު ކަމުގައިވީ މޭނާ ހައްސާނަކީ ތޭރަވާ ލަވަކިޔުންތެރިއެއްގެ ގޮތުގައި ތަރައްގީވުމަށް އެއްގޮތަށް ވުރެ ގޮތްގޮތުން ނުފޫޒު ފޯރުވި އާޓިސްޓެކެވެ. ތޭރަވާ ބުނެފައި ވަނީ ކުޑައިރު މޭނާ ހައްސާ ބައްދަލުވެ އޭނާގެ ރައިވަރުކިޔުމުގެ ހުނަރުވެރިކަން ގާތުން ފެނި އަޑުއިވުމަކީ ލަވަކިޔަން ފޯރި ހިއްޕި ކަމެކެވެ. މޭނާގެ މި ލަވައިގެ ޒަމާނީ ކަވާއެއްގެ ގޮތުގައި ތޭރަވާ މި ލަވަ ހުށަހަޅައިދިނީ ޓީވީއެމްގެ އެހަނދާނުގައި ރިމިކްސްގައި 2008 ވަނަ އަހަރު އެވެ.

ހައިރާން ވާހާ ޗާލޭ ތިލޯ

އޮލިމްޕަހުގެ ބޮކްސް އޮފީސް ހަފުސްކޮށްލި ފާތިމަތު ނަހުލާގެ ފިލްމު "ޔޫސުފް" ގައި ހިމެނޭ މި ލަވަ އަކީ 2009 ވަނަ އަހަރަށް ފަހު އަދިވެސް އެތައް ބައެއްގެ ހިތާއި އިހްސާސާއި ލޮލާ ކުޅެމުންދާ ލަވައެކެވެ. ހައިރާންވާހާ ޗާލު ލަވައެކެވެ.

ހަނދު ނާރާ ނަމަ

ތޭރަވާ ހުށަހަޅައިދިން ނައިފަރު ދޮހޮއްކުގެ ކަވާ ލަވަތަކުގެ ތެރެއިން ޔަގީނަށް ވެސް އެންމެ ގިނަ ބަޔަކު ސިއްސުވާލި އަދި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ލަވައަކީ މިއީ އެވެ. މި ޕާފޯމަންސަށް ފަހު ބައެއް މީހުން ބުނަން ފެށީ ތޭރަވާ އަކީ ޒަމާނީ ދޮހޮއްކުބެއެއް ކަމަށެވެ.

ވެވުނީ ލޯތްބޭ ޔާރު ހުވާ

މި ލަވަ އަކީ ޑައިރެކްޓަރު އަމްޖަދު އިބްރާހިމްގެ ބިރުވެރި ފިލްމު "ހަ ފަރާތް" އަށް ތޭރަވާ ރިކޯޑްކޮށްފައިވާ ލަވައެކެވެ. އެ ލަވައިގެ ނިކަން ހިތްގައިމު އެހެން ވާޝަންއެއް ތޭރަވާގެ އަންހެނުން އަޝްފާ އާއި ޝަލަބީ މިދިޔަ އަހަރު ހުށަހަޅައިދިނެވެ.

ފެނުނީމާ ބެލޭ، ނުބަލާ ނުހުރެވޭ

މިއީ އަނެއްކާވެސް އަންހެނުން އަޝްފާއާ އެކު ތޭރަ ރިކޯޑްކޮށްފައިވާ ލަވައެކެވެ. ދެ މީހުން މި ލަވަ ހުށަހަޅައިދިނީ ދިޓީވީގެ "ތަރިންގެ ރޭ" ގެ ޝޯއެއްގަ އެވެ.

Popular