By: Aishath Maaha
ސާނަވީ ތައުލީމަށް އަމީނިއްޔާ ސްކޫލަށް ގޮސް އާޓް ސްޓްރީމް ނެގުމުގެ ކުރިން އާމިނަތު ޝިމާނީ ޝަރީފް (މާނީ) އަކަށް ކުރަހާކަށް ނޭނގެ އެވެ. ކުރަހަން ޝައުގުވެރިކަން ހުރި ނަމަވެސް އޭނާ ކުރެހި އެއްވެސް ކުރެހުމެއް ޓީޗަރުންނަށް ރީއްޗެއް ނުވި އެވެ. ނުވަތަ ކޮމްޕޮޒިޝަން އެއް ކުރަހާއިރު މާގިނަ އެއްޗެހި އިތުރަށް ކުރަހާފަ ހުންނާތީ އެ ކުރެހުންތައް ހަޑިވަނީ އެވެ. އެކަމަކު އޭރު ވެސް މާނީ ބޭނުންވީ ބޮޑުވެގެން އާޓިސްޓަކަށް ވާށެވެ.
އޭރު ކުރަހަން ނޭނގުނަސް ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމް އަދި މާކެޓިން ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށް ނިންމާލިއިރު އިލަސްޓްރޭޓް އާޓްވެސް ހުރީ ދަސްވެފަ އެވެ. ޔޫޓިއުބް ޓިއުޓޯރިއަލް އާއި އެހެނިހެން އަމިއްލަ ގޮތްގޮތުން ދަސްކޮށްގެންނެވެ. ރަނގަޅަށް އިލަސްޓްރޭޓާ ދަސްވީ ކިޔަވާ ނިންމާލުމަށްފަހު 2008 ވަނަ އަހަރު ސްރީލަންކާގައި އޮތް ކޮލަމްބޯ ފެޝަން ވީކުގައި އިލަސްޓްރޭޓާއެއްގެ ވަޒީފާ އަދާކުރުން ވީ މާނީއަށް ނިކަން ރަނގަޅަށް ދާއިރާގެ ތެރެއަށް ވަދެވުނު ކަމަށެވެ.
އެހެން ނަމަވެސް މާލެއަށް އުފަން އުމުރުން 30 އަހަރުގެ މާނީގެ ޕްރައިމަރީ ޖޮބަކީ އަދިވެސް މާކެޓިން އެވެ. މާލެ އައިސް ސީގަލްގައި އެތައް އަހަރެއް ވާންދެން މަސައްކަތްކުރުމަށްފަހު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ ނަދާ ސެލޫންގަ އެވެ. އިލަސްޓްރޭޓާ އަދި މާކެޓިން މަސައްކަތްތަކުގަ އެވެ.
މާކެޓިން އަދި ގްރެފިކް ޑިޒައިނިން ވަޒީފާތަކުގައި އުޅުނުއިރު ލިބުނު ފުރުސަތުތަކުގައި ހަދަމުންދިޔަ އިލަސްޓްރޓް އާޓް ވޯކްތަކުން މަޑުމަޑުން މީހުންނަށް އެނގި އަދި ސޯޝަލް މީޑިއާގެ ސަބަބުން ލިބުނު އެކްސްޕޯޝާގައި މިއަދު އާޓުން ގިނަ ފުުރުސަތުތަކެއް މާނީ އަންނަނީ ހޯދަމުންނެވެ.
ޝިމާނީ އާޓިސްޓަކަށް ނިންމި ހިސާބަކީ ކޮބައިތަ؟
"ވަރަށް ކުރިންސުރެ ބޭނުންވޭ އާޓިސްޓަކަށް ވާން. ވަކި ހިސާބަކުން ޑިޓާމިންކުރި އެއްޗެއް ނޫން އެއަކީ. އެއީ އަބަދުވެސް ހޮބީ އެއްގޮތަށް ކުރަން ބޭނުންވި ކަމެއް. އެންމެ ފުރަތަމަ ވަޒީފާ އަކަށް ވަތް އިރުވެސް ވަނީ މާކެޓިންގް ޖޮބަކަށް. އެހެންވީމަ އޮފިޝަލީ ކެރިއާ އެއް ބިލްޑް ކުރަން ފެށިފަ އިންނާނީ މާކެޓިންގް ގަ. އެކަމަކު ގްރެފިކްސް ޑިޒައިނާއެއް ގޮތުގަޔާ އާޓިސްޓެއް ގޮތުގަވެސް ހުންނާނެ ވޯކް ކޮއްފަ ހުންނާނެ ބައެއް ޕްރޮޖެކްޓް ތަކުގަ."
ޝިމާނީ ދެކޭގޮތުގައި ރާއްޖެ ކަހަލަ ތަނެއްގައި ފުލްޓައިމް އާޓިސްޓަކަށް ވުމަކީ ކިހާ ވަރެއްގެ ރިސްކެއްތަ؟
"ފައިނޭންޝިއަލީ އެހާ ފީޒެބަލް ކަމަކަށް ނުވެދާނެ ރާއްޖޭގަ. އާޓް މާކެޓިންގް އަދި ޑިވެލޮޕް ކުރާ އެއްޗަކަށް ވީމަ. އެކަމަކު މިހާރު ކުރިއަށްވުރެ ގިނަ. މިހާރު ފުދޭވަރަކަށް އާޓް ކަލެކްޓާސް ގިނަ. އެއަށް ވެލިއު ކޮށް ޕޭކުރުން ގިނަވެ މާކެޓެއް އުފެދެމުން ކަންނޭގެ ދަނީ."
އާޓިސްޓަކަށް ވެވުމަކީ ކެރިއަރުގައި ކުރެވުނު ގޯސްކަމެކޭ ހިތަށް އަރާތަ؟
"ހިތަކަށް ނާރާ. ދެން ކިޔަވަންޔާވެސް ބޭނުންވަނީ ހަމަ މިދާއިރާ އިން އިތުރަށް ކިޔަވަން. އެއީ މިހާރު ފުދޭވަރަކަށް ޖޮބްވެސް އެބަހުރި އާޓްގެ ދާއިރާއިން. ދެން ބޭނުންވޭ މީހުން ހޭލުންތެރި ކުރުވަން. މިއީ ވަރަށް މަސައްކަތް ކަމާ ވަރަށް ވަގުތު ހޭދަވާ ކަމެއްކަން މީހުންނަށް އަންގައިދޭން. އެކަމަކު ދުވަހަކުވެސް ހިތަކަށް ނާރާ މީމޮޔަކަމެކޭ. ވަރަށް ކުރާ ހިތުން ކުރާކަމަކަށް ވީމަ ކަންނޭގެ."
އަހަރެމެންނަށް ކިޔައިދީބަލަ ޝިމާނީގެ ސްޓައިލް އޭޒް އޭން އާޓިސްޓް؟
"މިހާރު އުޅޭނީ ދެގޮތެއް ކުރަހާ. އެތަނުން އެއްގޮތަކީ ވަރަށް ކަލްޗާބޭސް އެއްޗިހި. އެއެއްޗިހި ހުންނާނީ ވަރަށް އިލުސްޓްރޭޓިވް ގޮތަކަށް. އަނެއްހެން ރިއަލިޒަމް އަކަށް ނުކުރަހަން. ދެން ހުންނާނީ ކުޑަކުދިންގެ ފޮތްތަކަށް ހާއްސަ އިލުސްޓްރޭޝަންސް. އެދެ ސްޓައިލް ގެންގުޅެނީ. އެކަމަކު ޑިޒައިން ކުރާއިރު ޖެހޭ އެހެން ސްޓައިލްތައް ވެސް ޓްރައި ކުރަން. އެއީ ކްލައިންޓް ބޭނުންވާ ގޮތަށް."
ޝިމާނީ އެންމެ ފުރަތަމަ ކުރަހަން ފަށައިގަތްއިރު ގެންގުޅުނު ސްޓައިލް ބަދަލުވެ އާ ކަންކަމާއި ޓެކްނީކްސް ދަސްވެ ލިބުނު ތަޖުރިބާ އާއި އަމިއްލަ ސްޓައިލް ބަދަލުވެގެން އައި ގޮތް ކިޔައިދީބަލަ؟
"އެންމެ ކުރިން ގެންގުޅުނު ސްޓައިލް އާ މިހާރު ގެންގުޅޭ ސްޓައިލް ވަރަށް ތަފާތުވާނެ. އަނެއްގޮތަށް ސެލްފް ޓޯޓް ހުރިހާ އެއްޗެއްވެސް. އަނެއްހެން ކިޔަވަން ފުރުސަތު ނުލިބުނީމަ ކުރިމަތިވާ އުނދަގޫތަށްހުރޭ. އެކަމަކު މިހާރު އިންޓަނެޓް ތްރޫކޮށް އެކްސެސިބަލް ދޯ ހުރިހާ އެއްޗެއްވެސް. ނޭނގޭ އެއްޗެއްވިއްޔާ ސާޗް ކޮއްގެން ޓިއުޓޯރިއަލް ބަލައިގެން ޕޮލިޝް ކުރެވޭތޯ ބަލަން. އަދިވެސް އެންމެ ބޭނުންވާ ވަރަށް ޕްރެކްޓިސްއެއް ނުކުރެވޭ ފްރިކުއެންސީއަކު. އެކަމަކު ބަލަން ވަރަށް ކޮންސިސްޓެންޓްލީ ޕްރެކްޓިސް އެއްނުކުރެވޭ އަދިވެސް ފްރިކުއެންސީ ދަމަހައްޓަން. ދުވަހަކުވެސް މިއީ އޭ އެންމެ ޕާފެކްޓް އެއްޗެކޭ ބުނެވޭ ވަރުގެ އެއްޗެއް ނުކުރެހޭ ކަންނޭގެ. އަބަދުވެސް ހިތްހަމަ ނުޖެހޭ ތަންކޮޅެއް ފެނިގެން އެތަންކޮޅު ރަނގަޅު ކުރެވޭތޯ އުޅެނީ. އެއް ވޯކް އަކުން ދެވަނަ ވޯކް އަކަށްދާއިރު ވަރަށް ބޮޑު އިމްޕްރޫވު ވެފަ އިންނާނީ."
ޝިމާނީގެ ކުރެހުމެއް ނުވަތަ އާޓްވޯކެއްގައި މަސައްކަތްކުރާއިރު މުޅި އެ ކްރިއޭޓިވް ޕްރޮސެސް އިންނަ ގޮތް ކިޔައީދީބަލަ؟
"އެންމެ ކުރީގަ ކުރަހަނީ އަބަދުވެސް މައިންޑަށް އަންނަ އެތި އެއީ ފައިނަލް އެއްޗަށް. ދެން ހަޑިވެއްޖެއްޔާ ހަޑިވީ. އެކަހަލަ ގޮތަކަށް. އެކަމަކު އައިބީ ހެދި އިރު ވަރަށް ބޮޑަށް ރީސާޗް އާއި ސްކެޗިން އާއި ބޮޑު ޕްރޮސެސް އެއްގެ ދަށުން ފައިނަލް އެއްޗަށްދާ ގޮތް ކިޔައިދިން. އޭރުންސުރެ އެ ޕްރޮސެސްގެ ދަށުން ރިސާޗްއާއި ސްކެޗިން އާއި ހުރިހާކަމެއް ކޮއްފަ ފައިނަލް އެތި ކުރަހަނީ. ބައެއްފަހަރު ވަރަށް މަދު ސްކެޗިން އިންވެސް ފައިނަލް އެއްޗަށް ދެވިދާނެ. ގިނަފަހަރު އަނެއްކާ ސްކެޗްކޮށް އެހެން އޭންގަލް އަކުން އޭތި ރިސާޗް ކޮއްފަ ފައިނަލް އެއްޗަށްދަނީ. އަންނާނީ އަބަދުވެސް ރީސާޗް ކުރުމާއި ސްކެޗިން ފައިނަލް އެތިކުރަހަން."
މިއަދު ކުރަހާނީ މިވެނި އެއްޗެކޭ، ދެން ކުރަހާނީ މިއޭ. އެގޮތަށް ނިންމަނީ ކިހިނެތް؟
"އަމިއްލައަށް ކުރަހާއެއްޗެހީގަ ވިއްޔާ މައިންޑް ތެރޭގަ ދެތިން ދުވަހު އުޅޭ އެއްޗަކަށް ބޭސްކޮށްގެން ކުރަހަނީ. އެކަމަކު ކްލައިންޓެއް ދީފަ އިންނަ ބްރީފިން އެއް ވެއްޖެއްޔާ އެބްރީފިން އަށް ބޭސް ކޮށްގެން ކުރަހަނީ."
ވަކި މީޑިއަމްއަކަށް ހިތް ޖެހުނު ގޮތާއި އެމީޑިއަމް އަކީ އެންމެ ރަނގަޅު މީޑިއަމްކަން ދެނެގަނެވުނު ހިސާބާއި ގޮތަކީ ކޮބައިތަ؟
"ވަރަށް ގިނަ ވައްތަރު އެކްސްޕެރިމެޓްކުރިން. އެންމެ ކޮންފޮޓެބަލް އީ އެކަމަކު ވޯޓާ ކަލާ އާ އިންކްސް އާ އެކަހަލަ އެއްޗެހި. ފުލުއިޑް ޕޭސްޓް އެއްޗެހި. އެކަމަކު މިހާރު އެންމެ ފަސޭހައީ ޑިޖިޓަލީ ކުރަހަން. ފަސޭހައިން އެއްޗެހި އެންމެ އެކްސެސިބަލްވަނީ އެގެން ކަންނޭގެ. އެއްޗެއް ހުސްވިޔަސްވެސް ތާކށް ގަންނަންދާން ނުޖެހުމާއި އެއްޗެހި."
ޝިމާނީގެ އަލްޓިމޭޓް ގޯލަކީ ނުވަތަ އަމިއްލަ އާޓު މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟
"އަލްޓިމޭޓް ގޯލް އަކީ މައިންޑަށް އަންނަ އެތި އެންމެ ޕާފެކްޓްކޮށް ކުރަހާލަން. އެވަރަށް ޕްރެކްޓިސް ކުރުން އަސްލު. ރިފަރެންސް އެއްޗިއްސަށް ނުބަލާ. ދެން ކުރަހާ އެކި އެއްޗެހިން އެކި މެސެޖް ލިބޭނީ. ވަރަށް ގިނަ އެއްޗެހިން އިނގޭނެ ރާއްޖޭގެ ހިޒްޓްރީ އާއި އެކަހަލަ އެއްޗިއްސަށް ހައިލައިޓް ކުރާ އެއްޗަހި ހުންނާނެ. އަނެއްބައި އެއްޗެހީގަ ހުންނާނެ އެކިކަހަލަ ކޯސެސް އަށް ކުރަހާފަހުރި އެއްޗެހި. އޭތި ޑިޕެންޑްވާނީ އެކިކަހަލަ ކޯސެސް އަށް."
އެހެން އާޓިސްޓެއްގެ ފަރާތުން ދަސްވި އެންމެ ސަޅި ޓެކްނީކަކީ ނުވަތަ ލިބުނު ޓިޕަކީ ކޮބައިތަ މިހާތަނަށް؟
"ވަރަށް ބައިވަރު އާޓިސްޓުންގެ އެއްޗެހި ރީސާޗްކޮށް ހަދަން. އަބަދުވެސް ކޮންމެ މިހެއްގެވެސް އެޑްވައިސް އަށް ގިނައިން ޕްރެކްޓިސް ކުރުން ކަންނޭނގެ ޕާފެކްޓް އެއްޗެއް ގެނެވޭނީ."
ޝިމާނީގެ އަމިއްލަ ތަޖުރިބާއިން އެހެން އާޓިސްޓަކަށް ދޭން ބޭނުންވާ ދެ ތިން ޓިޕްސްއެއް ކިޔައިދީބަލަ؟
"ޕްރެކްޓިސްކޮށްފަ ރިސާޗްކުރިވަރަކަށް އިމްޕުރޫވް ވާނީ. އެހެންވީމަ ބުނާނީ ގިނަ ގިނައިން ޕްރެކްޓިސް ކޮއްފަ އެކްސްޕެރިމެންޓް ކުރާށޭ. ޕްރެކްޓިސްކުރުން އެއީ އެންމެ ބޮޑަށް އެހީވެދޭނެ އެއްކަމަކީ."
ރާއްޖޭގައި އާޓިސްޓުންނަށް ބަރޯސާވެވޭ ކަހަލަ އާމްދަނީއެއް ހޯދަން ފުރުސަތު އެބަހުރިތަ؟
"މިހާރު ވަރަށް ގިނައިން އެބައޮތް. ދެން ޕްލެޓް ފޯމްސްވެސް ކްރިއޭޓްވޭ ކަންނޭނގެ އެބަ. ބައިވަރު އެން.ޖީ.އޯސްވެސް އުފެދިފަ ހުރީ. ދެން އެކަހަލަ މީހުންނާ ކަނެކްޓުވެ ވީހާވެސް ގިނައިން ޕްރެކްޓިސް ކޮށްގެން ރަނގަޅު އެއްޗެއް ނެރެވުނީމަ ރަނގަޅު މާކެޓެއް ލިބުން ކަންނޭނގެ އެންމެ ރަނގަޅު ކަމަކަށްވާނީ. މިހާރު ދެން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީވެސް އެބައިން، އަވަށްޓެރި ގެލެރީވެސް އެއީ ވަރަށް ގިނަ އާޓިސްޓުންނަށް ޕްލެޓްފޯމްސްތަށް ކްރިއޭޓް ކޮށްދޭ ތަންތަން. ދެން ޓުއަރިޒަމް އިންޑަސްޓްރީވެސް އެއޮތީ. ބައިވަރު ރިސޯޓްސް އާ ތަންތަންވެސް ވަރަށް ގިނަ ލޯކަލް އާޓިސްޓުން ސާޗް ކުރޭ. އެހެންވީމަ އެކަހަލަ ތަންތަނަސް އެކްސްޕޯޒް ވުން ކަންނޭނގެ އެންމެ ބޮޑު ހެލްޕަކަށްވާނީ އިނަކަމް އެއް ހޯދަން ބޭނުމިއްޔާ. މިހާރު އާދައިގެ ބޮޑެތި ކޮމްޕެނީ ތަކުގަވެސް ހުރޭ ޑިޒައިނާޒް ބޭނުންވެގެން އިއުލާން ކޮއްފަ. އެހެންވީމަ އެކަހަލަ އެއްޗިހި ތްރޫކޮށް ކަންނޭގެ އިންކަމް ހޯދަން ޖެހޭނީ."
ކުރެހުމެއް ނިންމައި، ފްރޭމްކޮށް، އޭތި ވިއްކާލާ އަގު ކަނޑައަޅާ ގޮތާއި ވިއްކާލާ ކުރެހުން ހިފައިގެން އެހެން މީހަކު ދިއުމާއި އޭގެ އަގު ލިބޭ ވަގުތު ހިތަށް އަރަނީ ކީކޭތަ؟
"އެކިފަހަރު އެކިގޮތަށް. ވަރަށް ގިނަ ދުވަހުން ސެޓިސްފައިވާ އަގެއްގެ އެއްޗެއް ނެރެވެނީ. އެންމެ ފުރަތަމަ ނޭމް އެއް ކްރިއޭޓް ނުކުރެވެންޏަކާ އެކަށީގެންވާ އަގެއް ނުލިބިދާނެ ކުރިމަސައްކަތާ ބަލާފަ. އެކަމަކު މިހާރު އެކަށީގެންވާ އަގެއްގަ ވޭދޯ. އެހެންވީމަ ވަރަށް އުފާވޭ އެލެވެލްގަ ވޯކް ކުރެވޭތީވެ."
އަމިއްލަ އެގްޒިބިޝަނެއްގެ މުހިންމުކަމާއި އެކަމަށް ޝިމާނީ ތައްޔާރުވާ ގޮތަކީ ކޮބައިތަ؟
"އަސްލު އަދިއެއް ގަބޫލެއް ނުކުރަން ސޯލޯ އެގްޒިބިޝަން އެއް ބޭއްވޭވަރުގެ ފެންވަރަށް ގޮއްސި ކަމަކަށް. އެކަމަކު މެކް އިން ދިން ޗާންސް އަކުން އިންނާނެ ޖެނުއަރީގަ ބާއްވާފަ. ދެން އޭގެންވެސް އެންމެ ސެޓިސްފައިވާވަރެއް ނުވޭ. އެހެންވިމަ އަދި އެލެވެލް އަކަށް ނުދޭ. އެހެންވީމަ ވަރށް ބޮޑަށް ޕްރިޕެއާ ވެގެން އެހިސާބަށް ދާން ބޭނުންވަނީ."
ތައުރީފަކީ ވަރަށް ފަސޭހައިން ހަޖަމުކުރެވޭ އެއްޗެއް. އެކަމަކު ފާޑުކިޔުން، ވަކިން ހާއްސަކޮށް ނެގެޓިވްކޮށް ފާޑުކިޔުން ބަލައިގަންނަން ވަރަށް އުނދަގޫވެދާނެ. ކިހިނެތްތަ އެފަދަ މީހުންނާއި ފާޑުކިޔުމާ ކުރިމަތިލަނީ؟
"ކޮންސްޓްރަކްޓިވް ކްރިޓިޒަމްގެ ގޮތުގަ ބަލައި ގަންނަނީ. އަދި އެއީ ބޮޑަށް ފީލްޑްގަ އުޅޭ ބައެއްގެ ފީޑްބެކް ވެއްޖެއްޔާ ވަރަށް ބޮޑަށް އެކްސެޕްޓް ކުރަން. ދެން ބަލަން އެކަމަށް ވޯކް ކުރެވޭތޯ. އެކަމަކު ދުވަހަކުވެސް ސަކަރާތެއްނުވޭ މީހަކު އެގޮތަށް ފީޑްބެކް ދީގެންނެއް."
މިހާތަނަށް މީހެއްގެ ފަރާތުން ލިބުނު އެންމެ ރަނގަޅު ފާޑުކިޔުމަކީ ކޮބައިތަ؟
"އެހެންވަކި އެންމެ މީހެއްގެ އެއްޗެއް ބުނާކަށްނޭންގެ. ހުރޭ ވަރަށް ގިނަމމީހުންގެ އެޑްވައިސް ވެސް ލިބިފަ.އަދި ކޮމްޕްލިމެންޓްވެސް ލިބިފަ. އެހެންވީމަ ވަކި މިވެނި އެއްޗެކޭ ބުނާކަށްނޭންގެ. އެހެންވީމަ އެޑްވައިސް ކަންނޭންގެ އެންމެބޮޑަށް އެޕްރިޝިއޭޓް ކުރެވެނީ."
އަމިއްލަ މީހާގެ ޓެލެންޓް އިތުރަށް ކުރިއަރުވައި ދަސްކުރަން އަމިއްލަ އަށް ކުރާ ޝިމާނީ ކުރަނީ ކަންތައްތަކެއް؟
"ޓިއުޓޯރިއަލް ބެލުމާއ، އެކިކަހަލަ އާޓިސްޓުންގެ އެއްޗިހި ރިސާޗް ކުރުމާއި، ދެން ޕްރެކްޓިސް ގިނަގިނައިން ކުރުން."
އެކި ވައްތަރުތަކުގެ ކުރެހުން ހުންނައިރު، ވަރަށް އާދައިގެ ކަމެއްހެން ހީވާ ކުރެހުމެއް ވަރަށް އަގުބޮޑުކޮށް ވިކިދާނެ. އެ ވަނީ ކީއްކަން، އެކަން ނޭނގޭ މީހަކަށް ކިޔައިދީބަލަ އާޓިސްޓެއްގެ ޕޮއިންޓް އޮފް ވިއުގައި؟
"އަސްލު އާޓްގަ ހުންނާނެ ކަލާސް ބޭނުންކުރަންޖެހޭނެ ގޮތަކާއި، ދެން އޭގެ ބައިވަރު ތިއަރީސް ތަކެއްހުންނާނެ. ކޮންމެ އާޓްވޯކްއެއްގަ ބައިވަރު ސްޓޯރީޒްތަށްވެސް ހުންނާނެ. އެކަހަލަ ބައިވަރު ކަންތައްތަކަށް ބަލާފަ އަގު ކަނޑައަޅާފަ ހުންނާނީ."
އާޓަކީ އާމްދަނީއެއް ހޯދަން ރަނގަޅު ކަމެއް ނޫނޭ ބުނާ މީހުންނަށް އެއީ ގޯސް ވިސްނުމެއްކަން ޝިމާނީ ކޮންވިންސް ކޮށްދީބަލަ؟
"މިހާރު ބަލާލީމަ ފެނަނާނެ ކަންނޭންގެ އާޓިސްޓުން ވޯކް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދާ ތަންތަން. ދެން އެމީހަކަށް އަމިއްލަ މީހާގެ ސްޓޯރީ ކިޔައިދޭނީ. ބުނާނަން މިހިރީ އޭ އާދެވިފަ ހުރި ހިސާބު. ކުރިން އުޅުނީ މިވެނި ލެވެލް އެއްގައޭ. މިހާހިސާބަށް އަންނަން ކިޔައިދޭންވި ކަންތައްތަކާ އެއްޗެހި ކަންނޭންގެ ކިޔައިދޭނީ."
އާޓިސްޓުންނަށް ރާއްޖޭގައި ހުރި ގޮންޖެހުންތައް އަދި ބަދަލުވާން ބޭނުންވާ ކަންކަމަކީ ކޮބައިތަ؟
"ވަރަށް ބައިވަރު ކަންކަން އެބަހުރި. ފުރަތަމަ ކަމަކށް އާޓް ކޯސްތަކާއި އެކަމާބެހޭ އެޑިއުކޭޝަން ލިބެން ހުންނާނެ ގޮތް ރާއްޖޭގަ ވުމަކީ ވަރަށްބޯޑު ގޯލް އެއް. އާޓް އެޑިއުކޭޝަން އިމްޕްރޫވް ވުން. އާޓް އިކުއިޕްމެންޓް ހޯދަން ފަސޭހަވުން. ދެން މިހާރަށްވުރެ ގިނަ ޕްލެޓްފޯމްސް މީހުންނަށް ލިބުން މީހުންނަށް. ދެން ލޯކަލް އާޓް މާކެޓެއް ކްރިއޭޓްވުން ދިވެހި ރާއްޖޭގަ."
ބައެއް މީހުން ކުރަހާއިރު ވަރަށް މިއުޒިކް އަޑުއަހާނެ. ނުވަތަ ބައެއް މީހުންނަށް ބޭނުންވާނީ ކޮމްޕްލީޓް ސައިލެންސް. ޝިމާނީ މަސައްކަތްކުރާއިރު ކޮން ކަހަލަ މާހައުލެއްތަ ބޭނުންވަނީ؟
"އެކަން އޮންނާނީ މޫޑް ހުރިގޮތަކަށް. ބައެއްފަހަރު ކޮމްޕްލީޓް ސައިލެންސް ހަމަ. ވަރަށް މަދުން ލަވަޖަހައިގެން މަސައްކަތް ކުރަނީ. އާންމުކޮށް ސައިލެންސްގަ. އެއީވަރަށް ފޯކަސް ބޭނުންވާ ކަމަކަށްވީމަ."
އާޓިސްޓެއްގެ ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ފަސްއެނބުރި ބަލައިލާއިރު ކީކޭތަ ހިތަށް އަރަނީ މިއަދު؟
"ވަރަށް ކޮންޓެންޓް އާދެވިފަ ހުރިހިސާބު. އެކަމު އަދިވެސް ވަރަށް ދުރަށް ދާންބޭނުން. ވަރަށް މަސައްކަތް ކުރަންބޭނުން އަސްލު. އަމިއްލައަށް ކުރެވިފަ ހުރި މަސައްކަތެއް ވީމަ މިހުރި ހިސާބާމެދު ހިތްހަމަ ޖެހޭ. ވަރަށް އުފާވެސް ވޭ. އެކަމަކު މިބުނާހެން ހަމަ ވަރަށް ބައިވަރު ގޯލްސް އެބަހުރި އެޗީވް ކުރަންބޭނުންވާ."
ދެން ކޮންކަމެއްތަ ހާސިލުކުރަން ބޭނުންވަނީ އާޓިސްޓެއްގެ ގޮތުގައި؟
"އަދިބޭނުންވޭ މިއަށްވުރެ އޯވަރޯލް ކޮށް ރަނގަޅުވާން. މިހާރު މިވޯކް ކުރާ ހުރިހާ ފީލްޑްއެއްގަވެސް. އިލަސްޓްރޭޓިން އާއި ޕެއިންޓިން އާ ހުރިހާ ކަމެއްގަވެސް. ދެން ބޭނުންވަނީ އާޓް އެޑިއުކޭޝަން އިމްޕްރޫވް ކުރަން. ހަޔާ ލެވެލްގެ އާޓްކޯ ސްތަކެއް އިންޓްރޮޑިއުސް ކުރަން. އެއީ މިހާރު އެންމެ ބޮޑަށް އެޗީވްވާން ބޭނުންވާ ކަންތައްތައް."