23 Nov 2026

ބްރެއިން ފޮގް: މިއީ ކޮން ހާސްކަމެއް؟

ބްރެއިން ފޮގް: މިއީ ކޮން ހާސްކަމެއް؟

By: Asima Nizar

ބައްޔެއް ނޫނެވެ. އެކަމަކު، ބްރެއިން ފޮގްގެ ސަބަބުން ވިސްނުމާއި ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރަ އެވެ. އޭގެ ނަތީޖާއަކީ ކަންކަމާ މެދު ސާފުކޮށް ވިސްނުމާއި ސަމާލުކަން ދިނުން އަދި ހަނދާން ބަހައްޓަން އުނދަގޫވުމެވެ. 

ބްރެއިން ފޮގު ނުވަތަ "މެންޓަލް ފޮގް" އަކީ ބައްޔެއް ނުވަތަ ބޭހެއްގެ ނޭދެވޭ އަސަރަކުން މެދުވެރިވާ ކަމެކެވެ. ނަމަވެސް، އަދި އުއްމީދުކަނޑާލާކަށް ނުވެ އެވެ.

ސިއްހީ ތަޖުރިބާކާރެއްގެ އެހީއާއެކު އެކަން މެދުވެރިވާ ސަބަބު ހޯދައި، ކުރީގެ ހާލަތަށް ދިއުމަށް މަސައްކަތް ކުރެވިދާނެ އެވެ. 

އަލާމާތްތައް

ސަބަބުތައް

ސިއްހީ ދިރާސާތައް ހަދާ ކްލެވެލެންޑު ކްލިނިކުން ބުނީ ކޮވިޑު ޖެހުމަކީ ބްރެއިން ފޮގުވެދާނެ ސަބަބެއް ކަމަށެވެ. ކޮވިޑް-19 އާ ގުޅޭގޮތުން ހެދި ދިރާސާތަކާ ހަވާލައިދީ އެ ކްލިނިކުން ބުނީ ބަލިން ފަސޭހަވުމަށްފަހު ވެސް ބައެއް މީހުންގެ ގޮހޮރުގައި ވައިރަސް ހުރުމުން ގޮހޮރުގެ މައިކްރޯބަޔޯމްއަށް ބަދަލު އަންނަ ކަމަށެވެ. އޭގެ ސަބަބުން ހަށިގަނޑުގައި އުފައްދާ ސެރޮޓޯނިން މަދުވެ، ސިކުނޑީގެ މަސައްކަތްތަކަށް އަސަރުކޮށް ބްރެއިން ފޮގް މެދުވެރިވެ އެވެ.

އޭގެ އިތުރުން ކީމޯތެރަޕީ އަދި ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދިނުމަކީ ވެސް އެއް ސަބަބެވެ. 

ފަރުވާ އާއި ރައްކާތެރިކަން

ބްރެއިން ފޮގްވުމުން ސަލާމަތްވާން ވަކި ހާއްސަ ފަރުވާއެއް ނޯވެ އެވެ. އެކަމަކު، ސިއްހީ މާހިރުން އާއްމުކޮށް އިރުޝާދު ދީފައިވަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރާށެވެ. އޭގެ އިތުރުން؛

މި އުނދަގޫ ދެމިހުންނާނީ ކިހާ މުއްދަތަކަށް ކަމެއް ނޭނގެ އެވެ. ބައެއް މީހުންނަށް ކުޑަ ދުވަސްކޮޅަކު ނޫނީ އަނެއްބައި މީހުންނަށް އަހަރުތަކަކަށް ވެސް ދެމިގެން ދެ އެވެ. އާންމު ދިރިއުޅުމަށް މީގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިއްމެވެ.

 

ދުޅަހެޔޮ ދިރިއުޅުން މެންޓަލް ހެލްތް

Popular