20 Nov 2026

By: Maaidha Mohamed Rashad

ދޭތެރެއަކުން، އެކިކަހަލަ މީރު ކާއެއްޗެހި ސޯޝަލް މީޑިއާގައި ވައިރަލްވެ އެވެ. މިފަހަރު ވައިގައި ހިފައިގެން މިއުޅެނީ "ކްލައުޑް ކޭކް" އެކެވެ. މިއީ ބްރެޒިލުން އުފެދިގެން އައި އެއްޗެކެވެ. 

ސޯޝަލް މީޑިއާގައި އޭގެ ފޮޓޯ އާއި ވީޑިއޯ އާންމުކުރުމާ އެކު އޭގެ ރެސިޕީ ހޯދަން އެންމެން އަހަން ފަށައިފި އެވެ. އެހެން ގޮސް އެކި މީހުންގެ މި ކޭކު ތައްޔާރުކޮށް އެންމެ ފަހުން، އަހަރެމެންނާ ހިސާބަށް ވެސް މި ކޭކު އަތުވެއްޖެ އެވެ. ބައެއް ދިވެހި ކޭކް ވިޔަފާރިތަކުން ވެސް މި ރެސިޕީ ނަގައި މިހާރު މި އެ މީހުންގެ މެނޫގައި ހިމަނައިފި އެވެ.

ކްލައުޑް ކޭކް.

އެހާ ބޮޑަށް ވައިރަލްވެފައިވާ މި ކޭކު، ކޮންމެ ފްލެވާއެއްގައި ވެސް ހެދިދާނެ އެވެ. އާންމުކޮށް ފެންނަނީ ޗޮކްލެޓް ކޭކެއްގެ މައްޗަށް ކްރީމް އަޅާ މަންޒަރެވެ. އެހެންވީމާ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމީހަކަށް އެންމެ ކަމުދާ ކަހަލަ ކޭކެއްގެ ފުށްގަނޑެއް ތައްޔާރުކޮށް، ކޭކު ފިހެލުމެވެ. 

އޭގެ ފަހުގައި އާންމުކޮށް މި ބޭނުންކުރާ ބަޓަކްރީމް ނުވަތަ ޗޮކްލެޓް ކްރީމްގެ ބަދަލުގައި އޭގެ މައްޗަށް ވަރަށް ދިޔާ ކްރީމެއް އަޅަ އެވެ. އޭގައި މާބޮޑު ޑެކަރޭޝަނެއް ވެސް ކުރަން ނުޖެހެ އެވެ. 

އެހެންވެ، މި ކޭކަކީ އެމީހަކު އަމިއްލައަށް ވެސް ތައްޔާރުކޮށްލައިގެން ރަހަ ބަލާލެވިދާނެ ކޭކެކެވެ. މި ކިޔައިދެނީ މި ކޭކު ހަދާނެ ގޮތެވެ. 

ކޭކުގެ ތެރެއަށް އެޅުމަށް ބޭނުންވާ ޗޮކްލެޓް ކްރީމް: 

ވައިޓް ކްލައުޑް ކްރީމް ތައްޔާރުކުރަން ބޭނުންވާ ތަކެތި:  

ކްލައުޑް ކޭކް.

 ތައްޔާރުކުރި ކޭކުގެ ފުރަތަމަ ލޭޔާގެ މައްޗަށް ފުރަތަމަ ޗޮކްލެޓް ކްރީމް އަޅާށެވެ. އޭގެ ފަހުގައި ކޭކުގެ އަނެއް ބައި އޭގެ މަތީގައި އެޅުމަށް ފަހު، ކޭކުގެ މައްޗަށް ކިރު ކޮޅެއް އަޅައި ކޭކު ތެތްކޮށްލާށެވެ. އޭގެ ފަހުގައި ދެން އޭރު ތައްޔާރުކުރި ވައިޓް ކްލައުޑް ކްރީމް ކޭކުގެ މައްޗަށް އަޅާލާށެވެ. އަދި ހިކި ކިރުކޮޅެއް އޭގެ މައްޗަށް ފުރާނާލުމުން އެހެރީ މިހާރު މި ވައިރަލް ވެގެން އުޅޭ ކްލައުޑް ކޭކު ތައްޔާރުކޮށް ނިމިފަ އެވެ. 

ކޭކް ޑެކޮރޭޝަން

Popular