15 Nov 2026

އަބަދު ކަރުހިއްކުން، ހަކުރުބަލީގެ ބޮޑު އަލާމާތެއް!

އަބަދު ކަރުހިއްކުން، ހަކުރުބަލީގެ ބޮޑު އަލާމާތެއް!

By: Asima Nizar

އާދަޔާ ހިލާފަށް ކަރުހިއްކުމާއި އަބަދު ވަރުބަލިވެ، ބަނޑުހައިވެފައި ހުރުމަކީ އެއްގޮތަކަށް ވެސް ފަރުވާ ކުޑަކުރެވޭނެ ކަންކަމެއް ނޫނެވެ. މިއީ ހަކުރު ބަލީގެ އަލާމާތަށް ވެދާނެ ކަމަށް ބަލައި ޔަގީންކުރަން ޖެހޭނެ އެވެ.

ލޭގައި ހަކުރު މަތިވުމަކީ އާދައިގެ ކަމެއް ނޫނެވެ. ފަރުވާ ކުޑަކޮށްލައިގެން އުޅެނިކޮށް ހިތުގެ ބަލިތަކަށް ހުށަހެޅި ސްޓްރޯކް ޖެހި ނުވަތަ ކިޑްނީގެ މަސައްކަތަށް ހުރަސްއެޅޭ ހިސާބަށް ވެސް ހިނގައިދާނެ އެވެ. އެހާ ވެސް ނުރައްކާތެރި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާގޮތުގައި ހަކުރު ބަލީގައި 7،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިއްބެވެ.  ޓައިޕް 1 ގެ ހަކުރު ބަލީގެ 300 މީހުން އަދި ޓައިޕް 2 ގެ ހަކުރު ބަލީގެ 7،000 މީހުން މި ވަގުތު ފަރުވާކުރާ ކަމަށް އެތަނުގެ ހިސާބުތަކުން ދައްކަ އެވެ. 

މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން ވެސް އަހަރަކު 250 އެއްހާ މީހުން ފަރުވާ ހޯދަ އެވެ.

ހަކުރު ބަލި ޖެހުމުން އާންމުކޮށް ފެންނަ އަލާމަތްތައް:

ރައްކާތެރިކަމަށް ވިސްނާތި

  1. ކެއިންބުއިމުގެ އާދަތައް ރަނގަޅުކުރުން: ހަކުރު ގިނައިން އެކުލެވޭ ކެއުން އަދި ޕްރޮސެސްކޮށްފައިވާ ތަކެތި ކެއުން މަދުކޮށް، ތަރުކާރީ އާއި މޭވާ އަދި ފައިބަރު ގިނައިން ކެއުން
  2. ހެލިފެލިވެ އުޅުމާއި ކަސްރަތު: ގަވާއިދުން ކަސްރަތު ކުރުމާއި ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުން
  3. ގަވާއިދުން ޓެސްޓުކުރުން: ޑޮކްޓަރުންގެ އިރުޝާދާއެކު ލޭގައި ހަކުރު ހުރި މިންވަރު ގަވާއިދުން ބަލައި ޗެކުކުރުން

ހަކުރު ބައްޔަކީ މުޅިން ރަނގަޅުކުރެވޭ ބައްޔަކަށް ނުވިއަސް، ހޭލުންތެރިކަމާއި ރަނގަޅު އާދަތަކުން ސިއްހަތަށް ބޮޑު ބަދަލެއް ގެނެވޭނެ އެވެ. ފަރުވާ ކުޑަނުކޮށް ރަނގަޅަށް ބަލާށެވެ. 

 

ހަކުރު ބަލި

Popular