31 Jan 2021

އުއްމީދީ ތަރިން: ފުރަތަމަ ނަތާޝާގެ ވާހަކަ

ޓިކްޓޮކް ސްޓާރެއްގެ ގޮތުގައި މަޝްހޫރުވި ނަތާޝާ އެންމެ ފުރަތަމަ ކުޅުނީ ބައިސްކޯފުގެ ސިޓްކޮމް ސީރީޒް "ތިން ބިބީ". އޭގެ ފަހުން ވަރަށް ގިނަ ސީރީޒާއި ފިލްމުތައް ކުޅެފި.

ޓިކްޓޮކް ސްޓާރެއްގެ ގޮތުގައި މަޝްހޫރުވި ނަތާޝާ އެންމެ ފުރަތަމަ ކުޅުނީ ބައިސްކޯފުގެ ސިޓްކޮމް ސީރީޒް "ތިން ބިބީ". އޭގެ ފަހުން ވަރަށް ގިނަ ސީރީޒާއި ފިލްމުތައް ކުޅެފި.

By: Ifraz Ali

މީހުން ދަންނަ މޫނަކަށް އައިޝަތު ނަތާޝާ ޖަލީލް (ނަތާ) ފުރަތަމަ ވީ ޓިކްޓޮކުންނެވެ. ހަމަ އެ ދުވަސްވަރު ދިވާސްގެ މޮޑެލްއަކަށް ވެސް ނަތާ އުޅުނެވެ. ދިވެހި ޓިކްޓޮކް ސްޓާރެއްގެ ގޮތުގައި ލިބުނު މަޝްހޫރުކަމާ އެކު އިޝްތިހާރު ކުޅެން ވެސް ނަތާއަށް ފުރުސަތުތައް ލިބެން ފެށި އެވެ. އެކަމަކު ފިލްމީ ދާއިރާއަށް ނުކުމެ، އެކްޓުކުރުމުގެ މާ ބޮޑު ވިސްނުމެއް އޭރަކު ނެތެވެ. -- މިހާރު ނަތާ އަކީ ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، ހުނަރުވެރި އެކަކެވެ.

ކުރިއަރަމުން އަންނަ ފިލްމީ ތަރިންގެ ވާހަކަ ގެނެސްދޭ "ދޯ" ގެ މުޅިން އާ ސެގްމަންޓް، "އުއްމީދީ ތަރިން" ގައި އެންމެ ފުރަތަމަ މި ގެނެސްދެނީ ނަތާގެ ތަޖުރިބާ އެވެ.

ފިލްމީ ދާއިރާ މީހުންގެ މެދުގައި "ފަޖުރު ތަރި" ގެ ނަމުން މިހާރު މަޝްހޫރުވެފައި ނަތާގެ ބޮލަށް އެކްޓުކުރުމުގެ ވިސްނުން ފުރަތަމަ ފަހަރަށް ވަނީ، އެކްޓަރު/ޑައިރެކްޓަރު މުހައްމަދު މުންތަސީރު (މުންކޮ) ބައިސްކޯފަށް ހެދި ސީރީޒަކުން އޭނާއަށް ފުރުސަތު ދިނުމުންނެވެ. އެއީ 2019 ގައި ގެނެސްދިން "ތިން ބިބީ" ކިޔާ ސިޓްކޮމް ސީރީޒެކެވެ. އޭގެ ކުރިން މުންކޮއާ އެކު އެކްޓިން ދަސްކޮށްދޭ ވޯކްޝޮޕެއްގައި ވެސް ނަތާ ބައިވެރިވެފައިވެ އެވެ. މި ސީރީޒުން ފުރުސަތު ލިބުނީ ވެސް އެ ވޯކްޝޮޕް ނިމުނުތަނާހެންނެވެ.

View this post on Instagram

A post shared by naTasha 💫 (@tashajaleel)

ނަތާޝާ ޖަލީލްއާއެކު "ތިން ބިބީ" ގައި އުޅުނު ބައެއް ތަރިން.

މުންކޮ ދިން ފުރުސަތުގެ ބޭނުންހިފައި، އެކްޓުކުރަން ފެށި މި ދަތުރުގައި ނަތާއަށް މިހާތަނަށް ވަރަށް ގިނަ ފިލްމާއި ސީރީޒްތަކުން ތަފާތު ރޯލުތައް ލިބިއްޖެ އެވެ. މިހާތަނަށް ހަތަރު ސީރީޒެއް ކުޅެފި އެވެ. އެއީ "ތިން ބިބީ" ގެ އިތުރުން ބައިސްކޯފުގެ "އެހެނަސް،" އާއި "ގަމިނި" އަދި "ހުވާކޮށްފައި ބުނަން" އެވެ. ނަތާ ވަނީ ދެ ކުރު ފިލްމަކާއި އެއް ފީޗާ ފިލްމުގައި ވެސް ތަފާތު ރޯލުތައް ކުޅެފަ އެވެ. އެ ކުރު ފިލްމުތަކަކީ ޑައިރެކްޓަރު ޝާމިން ނިޒާމްގެ "ތަދު" އާއި މޫމިން ފުއާދުގެ "ފީހާލި" އެވެ.

ފީޗާ ފިލްމަކުން ނަތާ އެންމެ ފުރަތަމަ ފެންނާނީ، އިލްޔާސް ވަހީދުގެ ކުރިއަށް އޮތް އެކްޝަން ތުރިލާ "ނީނާ" އިންނެވެ.

ނަތާޝާ ޖަލީލް: އެކްޓުކުރުމުގެ އިތުރުން މޮޑެލިންގައި ވެސް އުޅޭ.

1. އެކްޓުކުރަން ފުރަތަމަ ފަހަރަށް ފުރުސަތު ލިބި، ކުރަން ޖެހުނު ތަފާތު ތަޖުރިބާ ކިޔާދީބަލަ؟

ނަތާ: ދިވާސް އިން ހެދި ދިރާގު އިޝްތިރާހެއް ކުޅެން ހުއްޓާ މުންކޮ އެއް ދުވަހު ނަތާ ގާތުގައި ބުނީ، އޭނަ ހަދާ ސީރީޒެއް އެބަ އިނޭ، ސިޓްކޮމް އެއްޗެކޭ، ނަތާ އޭތި ކުޅެންވީނުންހޭ. ދެން އައި ސެއިޑް މުންކޮގެ އެއްޗެއް ވީމަ، އޭނާއަށް ނަތާގެ އެކްޓިން ވެސް ފެނިފައި ހުރީމަ، މިއީ ރަނގަޅު އޮޕޮޗިއުނިޓީއެކޭ، އައި ވިލް ޓްރައި އިޓްއޭ. އެގޮތުން "ތިން ބިބީ" އިން ފުރަތަމަ މި ދާއިރާއަށް ނުކުތީ.

އަސްލު ނަތާއަށް އިންޓަވިއުއެއް ދޭ ދިނުމަށް ވުރެ، އެކްޓުކުރަން މާ ފަސޭހަ. ކެމެރާތަކުގެ ފަހަތުގައި މީހުން ތިބެފައި އެކްޝަންއޭ ބުނީމަ މާ ފަސޭހަ އޭތި ގެންނަން. އެކަމަކު އިންޓަވިއުއަކަށް ގޮސް ސުވާލުކުރީމަ މީހާ ފިނިވާގޮތްވޭ، ބުނަން ބޭނުންވާ އެތި ވެސް ނުބުނެވޭ ބައެއް ފަހަރު. އެކްޓުކުރާއިރު އެހެނެއް ނުވޭ. ދެން އެކަމަކު ބައެއް ފަހަރު ސްކްރިޕްޓް ލިބުން ލަސްވެއްޖެއްޔާ ނަގައިގަންނަން ވަގުތުކޮޅެއް ގޮސްފާނެ. މީދެން ވަރަށް ބޮޑު ޓީމް ވޯކެއް ވެސް ވީމަ، އަސްލު ވަރަށް ސަޅި ކުރާއިރު.

View this post on Instagram

A post shared by naTasha 💫 (@tashajaleel)

2. "ތިން ބިބީ" އަކީ ނަތާގެ ފުރަތަމަ މަސައްކަތް. މީހުންގެ ފަރާތުން ލިބުނީ ކޮން ކަހަލަ ފީޑްބެކްތަކެއް؟

ނަތާ: "ތިން ބިބީ" އަށް ފަހު އަސްލު މާ ބައިވަރު ފީޑްބެކްތަކެއް ނުލިބޭ. އެކަމަކު "ތިން ބިބީ"ގައި އިންނާނެ ނަތާ އާއި ވާޝިއާ އަބަދު ކިޔާ އުޅޭ "ޑޯންޓް ސްޓޮޕް" އޭ ކިޔާ ތަންކޮޅެއް، އޭތި ވަރަށް ކަމުގޮސްގެން ވަރަށް ގިނަ މީހުން އެ ވާހަކަ ދެއްކި. އޭތި ކިޔާ ގޮތް މީހުނަށް ވަރަށް މަޖާވެގެން އުޅުނު.

އަސްލު "އެހެނަސް" ގެ ފަހުން ބޮޑަށް ފީޑްބެކްތައް ލިބެން ފެށީ.

ނަތާޝާ ޖަލީލްއާއެކު "އެހެނަސް" ގެ އުފެއްދުންތެރިޔާ އަހްމަދު އިގުބާލް (އައިކިއު).

2. ފިލްމާއި ސީރީޒް ކުޅެނީ ލިބޭ ހުސްވަގުތުގަތަ؟ ނުވަތަ މިހާރު ހަމަ މި ދާއިރާއަށް އެއްކޮށް ހުސްވެލީތަ؟

ނަތާ: މިހާރު ނަތާގެ ވޯކަކީ މިއޭ ބުނެވިދާނެ. ނަތާ އަކީ ސިންގަލް މޮމްއެއް، 10 އަހަރުގެ ކުއްޖެއް ހުރޭ. އެހެންވެ، ދަރިފުޅުގެ ކަންކަން ވެސް ކުރަމުން މިކަމުގައި މި އުޅެނީ.

ނަތާޝާ ޖަލީލް އޭނާގެ 10 އަހަރުގެ ދަރިފުޅާއެކު.

3. ކުރިއަށް ވެސް ނަތާގެ ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަހުރި. އެހެންވެ، މި ދުވަސްކޮޅު ތި ކުރަމުން އަންނަ މަސައްކަތްތަކުގެ ކުޑަ އަޕްޑޭޓެއް ދީބަލަ!

ނަތާ: މި ދުވަސްކޮޅު ކުރަމުން މި ދަނީ "ސަފަރު" ކިޔާ ސީރީޒެއްގެ މަސައްކަތް. ދެން އިއްލެގެ ވެބް ސީރީޒް "ބިރުވެރި ވާހަކަ" އަދި އެކަމަކު ޝޫޓްކުރާކަށް ނުފަށާ، އެވެސް މިހާރު ލިބިފައި އިން އެއްޗެއް ނަތާއަށް. އަދި ނަން ހާމަކުރެވެން ނެތް ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް މި އަންނަނީ ކުރަމުން. އަދި މުންކޮގެ "ސްޓޯރީ އޮފް މޯލްޑިވްސް" ކިޔާ އެހެން އެއްޗެއްގެ ވެސް ޝޫޓިން ނިމިފައި އޮތީ މިހާރު.

View this post on Instagram

A post shared by naTasha 💫 (@tashajaleel)

4. މިހާތަނަށް ނަތާ ކުޅުނު ރޯލުތަކުގެ ތެރެއިން އެންމެ ތަފާތު ތަޖުރިބާއެއް ކުރަންޖެހުނު ރޯލަކީ ކޮބާ؟

ނަތާ: "ތަދު" ގައި ނަތާ ކުޅުނީ ޑޮކްޓަރެއްގެ ރޯލު. މަދޮޝިޕުން ޝާމިން ގުޅައިފައި ނަތާ ގާތުގައި ބުނީ ޑޮކްޓަރެއްގެ ރޯލު ކުޅެން އޭނާގެ ބޮލަށް ފުރަތަމަ ވެސް އައީ ނަތާއޭ. އޭނާއަށް އެ ޕްރޮޖެކްޓު ލިބުނުއިރު ވެސް އެހެން ވިސްނި ކަމަށް. އެހެންވެގެންނޭ މި ގުޅީ ބުނީ.

އެއީ [ތަދު އަކީ] ވަރަށް އެހެން ކަހަލަ އެކްސްޕީރިއަންސެއް. ޕީޕީއީއެއް ލައިގެން ހޮސްޕިޓަލު ތެރޭ ސީންތައް ނަގަންޖެހުނީމަ، އެންމެ ފުރަތަމަ ވަރަށް ބިރު ވެސް ގަތް އެތަނަށް ވަދެފައި. އެކަމަކު ނަތާއަށް އެތަނުގައި ވާ ކަންކަން ކިޔައިދޭން ހުރި ޑޮކްޓަރެއް. ނަތާއަކަށް ކުރިއަކުން ނޭނގެ އަސްލު ޑޮކްޓަރުން ބުނެ އުޅޭ ބަސްބަސް އެއްޗެހި އެމީހުން އެ ބުނާގޮތަށް ބުނުދޭކަށް ވެސް. އެ ކަހަލަ އެއްޗެހި މި ޑޮކްޓާ ކިޔައިދިން.

View this post on Instagram

A post shared by naTasha 💫 (@tashajaleel)

ނަތާޝާ ޖަލީލް، "ތަދު" ގެ ޝޫޓިންގައި.

އެ ޑޮކްޓާ ބުނި ހަނދާނެއްވޭ، އެންމެ ސޭފް ވާނީ މި ތަނޭ، އަދި ތި [ޕީޕީއީ] ލައިގެން ހުންނައިރު.

5. "ގަމިނި" ގައި ނަތާ ކުޅުނު ރޯލު ވެސް ވަރަށް ޚާއްސަ. ޑައިލޮގުތައް މަދު ނަމަވެސް، އެ ރޯލުގައި ނަތާއަށް ލިބުނު ސްކްރީން-ޓައިމްގައި ދެއްކި އެކްޓިންނަށް ވަރަށް ގިނަ މީހުން ތައުރީފުކުރި. އެވެސް ވަރަށް ތަފާތު ތަޖުރިބާއެއް ކުރަންޖެހުނު ރޯލެއްތަ؟

ނަތާ: "ތިން ބިބީ" ގެ ޝޫޓިންގައި ތިއްބާ ނާ، ނާ ކުރިން ވެސް މޫމިން ފުއާދުމެންނާ އެއްކޮށް ވޯކްކޮށްފައި ހުރީ. އެގޮތަށް ނާއަށް އެންގީ އޭގެ ސައިޑް ރޯލްސްތައް ކުޅެލާނެ ކުދިންކޮޅެއް ހޯދަން. އެއީ ހަމަ ކުޑަ ރޯލެއް. އެކަމަކު ނަތާ ހިތަށް އެރީ، އަސްލު ކޮންމެހެން މާ ހައިލައިޓް ނުވިއަކަސް، އެއްޗެއްގައި އުޅެންޏާ އަދި އުޅެވިފައި ހުރިއްޔާ އިތުރަށް އެހެން ފުރުސަތުތައް ވެސް ލިބޭނޭ.

View this post on Instagram

A post shared by naTasha 💫 (@tashajaleel)

"ގަމިނި" ގެ ޝޫޓިންގައި ޔޫސުފް ރަފީއު (ޔޫސޭ) އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާ އެކު ނަތާޝާ ޖަލީލް އާއި އެހެން ބައެއް އެކްޓަރުން.

އެކަމަކު ލަކިލީ އައި ގޮޓް ޔޫސުފްބެގެ [އިސްމާއިލް ރަފީއު، ޔޫސޭ] އަނބިމީހާގެ ރޯލު ކުޅެލަން. ސައިޑް ރޯލަކަށް ވިޔަސް، އެއީ ވަރަށް ޚާއްސަ ރޯލަކަށްތާ އެވީ. އެގޮތަށް ނަތާ ހިތަށް އެރީ، އައި ކޭން ޑޫ އިޓްއޭ، މާ ބައިވަރު ޑައިލޮގުތަކެއް ނެތަސް މައްސަލައެއް ނެތޭ. މުހިންމީ ކިތައްމެ ކުޑަ ތަންކޮޅަކުން ވިޔަސް، އެންމެނަށް ފެންނަ، ހައިލައިޓްވާނެ އެއްޗެއް ކުޅުމޭ. ކޮންމެހެން އޭގެ ލީޑް ބައި ނޫނަސް.

"ގަމިނި" ގައި ވެސް ނަތާއަށް ވަރަށް ގިނައިން އައިސްފައި ހުރީ ރަނގަޅު ފީޑްބެކްތައް. އެއް އެޕިސޯޑެއްގައި ޝަކިއްތަ އައިސް ނަތާ ގާތުން މައާފަށް އެދޭ ސީންއެއް އިންނާނެ. އޭރު ނަތާ ހުންނާނީ ވަރަށް ބޮޑަށް މުސްކުޅިވެފައި. އެ ސީންގައި ނަތާ ޝަކިއްތައާ ދިމާލަށް ބަލައިލާ ގޮތާއި އޭތި ޑެލިވާކޮށްފައި އިން ގޮތުން، އެ ރޯލުގައި ހަމަ ދައްކަން ޖެހޭ ގޮތަށް، ޝަކިއްތައަށް ވުރެ ނަތާ މުސްކުޅިކަން ދައްކައިދިނޭ މީހުން ބުނި.

View this post on Instagram

A post shared by naTasha 💫 (@tashajaleel)

"ގަމިނި" ގެ ޕްރިމިއާ ނައިޓްގައި ނަތާޝާ ޖަލީލް، ޔޫސުފް ރަފީއު (ޔޫސޭ) އާއި މަރިޔަމް ޝަކީލާއާއެކު.

6. ކުޅުނު ރޯލުތަކުގެ ތެރެއިން ނަތާއަށް ޕާސަނަލީ އެންމެ ޚާއްސަ ރޯލަކީ ކޮބާ؟ އަދި ކުރިއަށް އޮތްތަނުގައި އެންމެ ބޭނުންވަނީ ކޮން ކަހަލަ ރޯލެއް ކުޅެލަންތަ؟

ނަތާ: "އެހެނަސް" ގައި ކުޅުނު ރޯލު ވެސް ވަރަށް ޚާއްސަ، އެކަމަކު ބުނާނީ "ގަމިނި" ގައި ކުޅުނު ރޯލޭ. ސަބަބަކީ، އަސްލު މި ދާއިރާއަށް އަލަށް ނިކުތް މީހަކަށް ވެފައި، ޔޫސޭ އާއި ކޮޕީ އިއްސެ އާއި ޝަކިއްތަ ކަހަލަ ބައިވަރު މޮޅު އެކްޓަރުންތަކާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުނީމަ.

މިހާރު އެންމެ ކުޅެލަން ބޭނުންވަނީ "ޒުލޭޚާ" ފިލްމުގައި ޝީލާ ކުޅެފައި އިން ކަހަލަ ރޯލެއް. ވަރަށް ރުޅިގަދަ، ޒީލަގަދަ މީހެއްގެ ބައި.

View this post on Instagram

A post shared by naTasha 💫 (@tashajaleel)

"ގަމިނި" ގެ ޝޫޓިން ދުވަސްވަރު ނަތާޝާ ޖަލީލް، ޔޫސުފް ރަފީއު (ޔޫސޭ) އާ އެކު ނަގާފައިވާ ފޮޓޯއެއް.

7. މިހާރު ދިވެހި ފިލްމީ ދާއިރާގައި ތިބި މީހުންގެ ތެރެއިން، އެންމެ މަސައްކަތްކޮށްލަން ބޭނުންވަނީ ކޮން ބަޔަކާ އެކުގައިތަ؟ އަދި އެންމެ ބޮޑު އިންސްޕިރޭޝަނަކީ ކޮބާ؟

ނަތާ: ޝީލާއާ އެކު ވަރަށް ބޭނުން ރޯލެއް ކުޅެލަން. ނަތާ އެންމެ ކުރިންސުރެ ވެސް އަބަދު ވެސް ބަލަން ޝީލާގެ ފިލްމުތަކާއި ޑްރާމާތައް. ޝީލާ އަކީ ވަރަށް މޮޅު ތަރިއެއް.

ބޭނުންވި ވަރަށް ގިނަ މީހުންނާ އެކު މިހާރު ވެސް ވޯކް ކުރެވިއްޖެ. އެހެން ތަރިއަކަށް ބުނާ ނަމަ، ސީޒަންއާ އެކުގައި ވެސް ވަރަށް ބޭނުން އެކްޓުކޮށްލަން.

View this post on Instagram

A post shared by naTasha 💫 (@tashajaleel)

އަލީ ސީޒަންއާ އެކު ނަތާޝާ ޖަލީލް ނަގާފައިވާ ފޮޓޯއެއް: ސީޒަންއާ އެކު ވެސް ރޯލެއް ކުޅެލަން ނަތާ ވަރަށް ބޭނުންވޭ.

8. އެކްޓުކުރުމަކީ ކެރިއަރެއްގެ ގޮތުގައި މިހާރު ނަތާ ހިޔާރުކޮށްފައި ވާތީ، ކޮބައިތަ މިހާރު މި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ؟ ނުވަތަ ހާސިލުކުރަން ބޭނުންވާ ކަމަކީ ކޮބައިތަ؟

ނަތާ: ސީރީޒަކުން ވިޔަސް އަދި ފިލްމަކުން ވިޔަސް އެވޯޑެއް ލިބޭނެ ދުވަހެއް. މިހާރު ވެސް ބައެއް މީހުން ބުނެފައި އެބަހުރި އެވޯޑެއް ލިބެންޖެހޭވަރުވެއޭ ނަތާއަށް. އެހެންވެ، އެ އުއްމީދު ވަރަށް ބޮޑަށް އެބަ އޮތް.

ދިވެހި ފިލްމް އިންޑަސްޓްރީ ދިވެހި ފިލްމް އެކްޓްކުރުން ޓީވީ ސިލްސިލާ

Popular