1 Nov 2024

އެންމެން އެއްކޮށްލައިގެން ބަލަންވީ އޮލިވިއާގެ "ގަޓްސް" ޓުއާ

އެންމެން އެއްކޮށްލައިގެން ބަލަންވީ އޮލިވިއާގެ "ގަޓްސް" ޓުއާ

By: Aishath Jazlee

ދާދި ފަހުން މިއުޒިކް އިންޑަސްޓްރީއާ ގުޅުނު އަދި ބްރޭކަޕް ލަވަތަކަކުން އަހަރެމެންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދި އޮލިވިއާ ރޮޑްރީގޯ ވަނީ އޭނާގެ ވޯލްޑް ޓުއާ ފަށައިފަ އެވެ. މި ޓުއާގައި އަހަރެމެންނާ ހަމަޔަށް ނަޔަސް ގޭގައި ތިބެގެން ވެސް މި ޓުއާ މި އޮތީ ބަލައިލެވޭށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އޮލިވިއާގެ ފޭނުންނަށް މި ޓުއާގައި އެމެރިކާގެ އެލްއޭގައި ދިން ޝޯތައް ކޮންސަޓް ފިލްމެއްގެ ގޮތުގައި ވަނީ ނެޓްފްލިކްސްއަށް ލައިފަ އެވެ. އޮލިވިއާ ބުނެފައި ވަނީ އެލްއޭގެ ޝޯތައް ދީފައި ވަނީ ނެޓްފިލްކްސްގެ ކޮންސަޓް ފިލްމަށް އެންމެ ކަމުދާނެ ގޮތަށް ވެސް ބަލައިގެން ކަމަށެވެ. އެހެންވެ، މި ފިލްމުން، އެ ޕާފޯމަންސްތަކާއި މުޅި ތަނުގައި އޮތް ވައިބް ވަރަށް ސަޅިކޮށް އިހުސާސްކުރެވޭނެ ކަމަށް ބުންޏެވެ.

އޮލިވިއާ އެދެނީ ގޭގެ އެންމެ އަރާމު ސީޓުގައި ރައްޓެހިންނާ އެކު ތިބެގެން މި ކޮންސާޓް ފިލްމު އެންޖޯއިކޮށްލުމަށެވެ.

މި ކޮންސާޓް ފިލްމުގައި އޮލިވިއާ ޓުއާގައި ޕާފޯމްކުރާ 24 ލަވަ ހިމެނެ އެވެ. އޭގެ ތެރޭގައި އޭނާގެ "ސަވާ" އަދި "ގަޓްސް" އަލްބަމްގެ އެންމެ ބޮޑު ހިޓުތައް ހިމެނެ އެވެ.

މި ކޮންސަޓް ފިލްމުގައި "ޑްރައިވާސް ލައިސަންސް", "ވެމްޕްޔާ", "ޓްރެއިޓާ", "ގުޑް ފޯ ޔޫ" އަދި "ޑޭޖާވޫ" ފަދަ ލަވަތައް އޮލިވިއާއާ އެކު އަޑުގެ ކޮޅަށް ކިޔާލަން ލިބޭނެ އެވެ.

މި ކޮންސާޓް ފިލްމަށް ހާއްސަ ސަޕްރައިޒެއްގެ ގޮތުގައި އެލްއޭ ޝޯގައި ބައިވެރިވި ސްޕެޝަލް ގެސްޓު، ޗަޕެލް ރޯޯންގެ "ހޮޓް ޓު ގޯ" ލަވަ ވެސް ހިމެނެ އެވެ.

މި ވީކެންޑުގައި ހުރިހާ ރައްޓެހިންނާ އެކު ޑްރެސްއަޕް ކޮށްލައިގެން ލަވަ ކިޔާލަން މި ކޮންސާޓް ފިލްމު ބަލަންވީނުން ހެއްޔެވެ؟

"ގަޓްސް" އަކީ އޮލިވިއާގެ ދެ ވަނަ ޓުއާ އެވެ. މި ޓުއާގައި އެކި ގައުމުތަކުގައި، އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް އޮލިވިއާ ޝޯތައް ދޭނެ އެވެ.

Popular