އައިޖީއެމްއެޗްގައި މި ފަހުން ހުޅުވި އައިނު ފިހާރާގައި ދަމާލި ކިއު އަކީ ވެސް އަހަރެމެންގެ ތެރޭގައި ލޮލުގެ މައްސަލަތައް އޮތް ވަރު ދައްކައިދިން ކަމެކެވެ.
އައިޖީއެމްއެޗްގައި މި ފަހުން ހުޅުވި އައިނު ފިހާރާގައި ދަމާލި ކިއު އަކީ ވެސް އަހަރެމެންގެ ތެރޭގައި ލޮލުގެ މައްސަލަތައް އޮތް ވަރު ދައްކައިދިން ކަމެކެވެ.
ލޮލުގެ ގިނަ މައްސަލަތައް ވެސް، ދިރިއުޅުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި މިހާރު ހިމެނެ އެވެ. މިހެން ބުންޏަސް ބައެއް ފަހަރު އާއިލީގޮތުން ވާރުތަވާ މައްސަލަތައް ވެސް ހުރެ އެވެ.
ލޮލުގެ ޑޮކްޓަރު، ޑރ. މަންދޫފު މޫސާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ލޮލުގެ މައްސަލަތައް އެންމެ ގިނައިން ތަހައްމަލުކުރަނީ ކުޑަކުދިންނެވެ. ފެނުން ނުސާފުވުން ފަދަ ކަންތައްތަކާ ހެދި ލޮލުގެ ފަރުވާ ހޯދުމާއި އައިނު އަޅަންޖެހޭ ކުދިން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ފުރާވަރު އުމުރުގެ ކުދިންގެ ލޮލުގެ މައްސަލަތައް ވެސް މިހާރު މަޑުމަޑުން އިތުރުވަމުންދާކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
އެންމެ އާއްމު ތިން މައްސަލައަކީ؛
- ލޯ ފުސްވުން
- ލޯ ހިކުން
- ލޮލަށް މަސްއެރުން
ލޮލުގެ މައްސަލަތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ގިނަ ވަގުތު ސްކްރީނަށް ބެލުމުގައި ހޭދަކުރުމާއި ލޯ ކައިރިކޮށްގެން ގިނަ ވަގުތު މަސައްކަތްކުރުމާއި ބޭރު ތެރޭގައި ހޭދަކުރާ ވަގުތު މަދުވުން ހިމެނެ އެވެ. އޭގެ އިތުރުން ޖެނެޓިކްސް ވެސް މި މައްސަލައިގައި ހިއްސާވެ އެވެ.
ނަމަވެސް، އެކަންތައްތަކީ ވެސް އަމިއްލަ ދިރިއުޅުމަށް ގެނެވޭ ބަދަލުތަކުން ރަނގަޅުކުރެވިދާނެ ކަންކަމެވެ. އޭގެ ތެރެއިން؛
- ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތު މަދުކުރުން (ބޭނުންކުރާއިރު ވެސް އަވަސް އަވަހަށް ބްރޭކް ނެގުން)
- ގުދުރަތީ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުން
- ވިޓަމިން އާއި މިނަރަލްސް އިން މުއްސަނދި އަދި ފައިދާހުރި ކާނާ ކެއުން. އޭގެ ތެރޭގައި ފަތްޕިލާވެލީގެ ބާވަތްތަކާއި މަހާއި އޮށް އަދި ތަފާތު އެކި ކުލައިގެ މޭވާ
- ލޯ ކެހުން މަދުކުރުން