21 Jul 2026

މޫނުގައި ތި ޖެހި ބިއްސަކީ ބަނޑުގެ ކަމަކަށް ވެސް ވެދާނެ!

މޫނުގައި ތި ޖެހި ބިއްސަކީ ބަނޑުގެ ކަމަކަށް ވެސް ވެދާނެ!

By: Asima Nizar

މޫނުގައި ބިއްސެއް ނެގުމުން އެއީ ސީދާ ހަމުގެ މައްސަލައެކޭ ހީކޮށް އާ ކްރީމެއް ހޯދަން އުޅެންޖެހޭ ހެއްޔެވެ؟ ނުވަތަ މާ ބޮޑު ކަމެއް ނުކުރިޔަސް އަބަދު ވަރުބަލިވާތީ، އެއީ ލޭ ދަށްވުން ނުވަތަ ނިދި މަދުވުން ފަދަ ކަމަކުން ދިމާވާ ކަމެކޭ ވެސް ހީވެދާނެ އެވެ.

މިއީ ހަގީގަތުގައި ވެސް މިފަދަ ކަންކަން ދިމާވާ މުހިންމު ސަބަބުތަކެކެވެ. އެކަމަކު، ގިނަ ފަހަރަށް އަހަރެމެންނަށް އޮޅުންފިލާފައި ނޯންނަ މުހިންމު އަނެއް ސަބަބަކީ ބަނޑާއި ގޮހޮރުގެ ދުޅަހެޔޮކަމެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތައް ރަނގަޅުކޮށްލައިގެން މިފަދަ އުނދަގޫތަކަށް ބޮޑު ލުޔެއް ހޯދިދާނެ އެވެ. ބަނޑާއި ގޮހޮރުގެ ދުޅަހެޔޮކަން ދަށްވުމުން، އާންމުކޮށް ބަނޑު ފުއްޕުމާއި ގޭހުގެ އުނދަގޫ ދިމާވުމާއި، ބަނޑުހިކުމާއި، ބަނޑުދިޔާވުން ނުވަތަ މޭ އެންދުން ފަދަ ކަންކަން ކުރިމަތިވެ އެވެ.

ބަނޑާއި ސިކުނޑީގެ ގުޅުން 

ބަނޑާއި ގޮހޮރުގެ ނިޒާމަކީ ސިކުނޑި އަދި ހަށިގަނޑުގެ ދިފާއީ ނިޒާމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަޔެކެވެ.

އަހަރެމެންގެ ލޮލަށް ނުފެނުނަސް، ހަޖަމުކުރުމުގެ ނިޒާމު ނުވަތަ ގޮހޮރު މި އޮންނަނީ  މައިކްރޯއޯގަނިޒަމްތަކުން ފުރިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ފައިދާހުރި ބެކްޓީރިއާ އެވެ. "މައިކްރޯބަޔޯމް" ގެ ނަން ދީފައިވާ މި ނިޒާމުގައި ގާތްގަނޑަކަށް، ތަފާތު ވައްތަރުގެ 1,000 ބެކްޓީރިއާ އުޅެ އެވެ.

މި ނިޒާމުގައި ހުންނަ ފައިދާހުރި ޖަރާސީމުތަކަށް އަންނަ ބަދަލެއްގެ ސަބަބުން މުޅި ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ފޯރަ އެވެ:

ސިއްހީ ދިރާސާތައް ހަދާ މަޔޯ ކްލިނިކުން ބުނާ ގޮތުގައި، ދުޅަހެޔޮ މައިކްރޯބަޔޯމްއެއްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.

މައިކްރޯބަޔޯމް ދުޅަހެޔޮކޮށް ބަހައްޓާނީ ކިހިނެއް؟ 

މައިކްރޯބަޔޯމްގެ ދުޅަހެޔޮކަމަށްޓަކައި، އަހަރެމެން ކާ އެއްޗިއްސަށް ސަމާލުވުން މުހިންމެވެ. ސިއްހީ އިތުރު މައްސަލައެއް ނެތް ނަމަ ކޮންމެ މީހަކަށް ވެސް ކެއުމުގައި "ޕްރީބަޔޮޓިކްސް" އަދި "ޕްރޯބަޔޮޓިކްސް" ހިމެނިދާނެ އެވެ.

ގޮހޮރުގެ ސިއްހަތަށް: ދޮންކޭލާއި އޯޓްސް ޕޭންކޭކު 

ޕްރީބަޔޮޓިކްސް އަދި ޕްރޯބަޔޮޓިކްސް އެކުލެވޭ މޭވާ އާއި ތަރުކާރީ، އޯޓްސް އަދި ޔޯގަޓް ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރެވޭނެ މީރު ރެސިޕީއެއް ތިރީގައި އެ ވަނީ އެވެ.

ބޭނުންވާ ތަކެތި

 ތައްޔާރުކުރާނެ ގޮތް

1. އޯޓްސް ތައްޔާރުކުރުން:1-2 މިނެޓު.

ބޮޑު ތަށްޓެއްގެ ތެރޭގައި އޯޓްސް އަދި ހޫނުފެން އެއްކޮށްލާށެވެ. އޯޓްސްކޮޅު މަޑުވެ ކްރީމީ ގޮތެއް ވަންދެން 1-2 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު، ތެލާއި ހަކުރު އަޅައި އެއްކުރުމަށް ފަހު ހިހޫވަންދެން މަޑުކޮށްލާށެވެ.

2. އިތުރު ބާވަތްތައް އެއްކުރުން:3 މިނެޓު.

ވަކި ތައްޓެއްގައި ފުށުގެ ދެ ބާވަތާއި، ބޭކިން ޕައުޑަރު، ބޭކިން ސޯޑާ، ލޮނު އަދި ފޮނިތޮށި ކުނޑި އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ. ދެން ކުރިން ތައްޔާރުކުރި އޯޓްސްތަކުގެ ތެރެއަށް ކިރު، ޔޯގަޓް އަދި ދޮންކެޔޮ އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ބިސް އަޅައި ގިރާލާށެވެ.

3. މިކްސްޗާ އެއްކޮށްލުން:1 މިނެޓު.

ފުށް އެއްކުރި ބާވަތްތައް އޯޓްސް މިކްސްޗާއަށް އަޅައި، ހުރިހާ އެއްޗެއް ރަނގަޅަށް މިކްސްކޮށްލާށެވެ.

4. ޕޭންކޭކު ފިހުން:4-5 މިނެޓު.

ޕޭންކޭކުގެ މަތީ ފަށަލައިގައި ބޮކިޖަހައި، އަރިމަތިތައް ރަން މުށިކުލައަކަށް ބަދަލުވަންދެން ގާތްގަނޑަކަށް 2 މިނެޓު ވަންދެން ފިހެލާށެވެ. އެއަށްފަހު ޕޭންކޭކު އަނެއް ފުށަށް ޖަހައި، އަނެއްކާވެސް 2-3 މިނެޓު ވަންދެން ފިހެލާށެވެ.

ކެއުމުގެ އާދަތަކަށް ގެންނަ މިފަދަ ކުދިކުދި ސިއްހީ ބަދަލުތަކުން، ގޮހޮރުގެ ދުޅަހެޔޮކަން އިތުރުވެ، ހަމުގެ މައްސަލަތަކާއި ވަރުބަލިކަމަށް ބޮޑު ލުޔެއް ލިބިދާނެ އެވެ.

ސިއްހަތު ކާނާ

Popular