4 Aug 2026

ގާތުން ދިނުން: ޅަފަތުގައި ދަރިފުޅަށް އޮތް އެންމެ ބޮޑު ރައްކާތެރިކަން

By: Asima Nizar

ތުއްތު ދަރިފުޅު ހެދިބޮޑުވުމަށާއި، ހާއްސަކޮށް ފުރަތަމަ 6 މަސްދުވަހު އެންމެ މުހިންމު އެއްޗަކީ މައިމީހާގެ ކިރެވެ. އޭގެފަހުން، އިތުރު ކާނާ ދޭން ފެށުމާއެކު 2 އަހަރުވަންދެން ގާތުން ކިރުދިނުމަކީ ދަރިފުޅަށާއި މައިމީހާއަށް ވެސް ލިބޭ އަގުނުކުރެވޭނެ ފައިދާތަކެކެވެ.

މައިމީހާގެ ކިރުގައި ހިމެނޭ މުހިންމު މާއްދާތައް:

ދިރާސާތަކުން ދައްކާގޮތުގައި، ގާތުން ކިރުދިނުމުގެ ބަދަލުގައި ތައްޔާރީ ކިރު (ފޯމިއުލާ) ދިނުމުން، އުމުރުގެ ފަހުކޮޅުގައި ކުއްޖާ މާބޮޑަށް ފަލަވުމާއި ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެ އެވެ. އެހެންކަމުން ގާތުންދޭ ކިރަކީ ކުއްޖާއަށް އެންމެ ފުރިހަމަ ކާނާއެވެ.

ގާތުން ކިރުދިނުމުން ލިބޭ ފައިދާތައް

ދަރިފުޅަށް:

މައިމީހާއަށް:

ކިރު އުފެދޭ މިންވަރު ދެނެގަންނާނީ ކިހިނެއް؟

ޑަބްލިއުއެޗްއޯ އަދި ޔުނިސެފްގެ އިރުޝާދު: ވިހެއުމަށްފަހު ފުރަތަމަ 1 ގަޑިއިރުގެ ތެރޭގައި ގާތުން ދޭން ފަށާށެވެ. އަދި ފުރަތަމަ ދުވަސްކޮޅު ފުޅިއާއި ތުން ބޭނުންނުކުރުމަށް ލަފާދެ އެވެ.

ދިމާވެދާނެ އާންމު މައްސަލަތަކާއި ހައްލު

ވައްގަނޑު ފާރުވުން ނުވަތަ ކަނޑައިގެން ދިއުން: މިއީ އާންމުކޮށް ވިހާތާ 3-5 ދުވަހުގެ ތެރޭގައި، ދަރިފުޅު އުރަމަތީގައި ރަނގަޅަށް ނުހިފެހެއްޓުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

އުރަމަތި ފުރުން (ކިރު ގަނޑުވުން): ކިރު ގިނަވުމުން އުރަމަތި ހަރުވެ، ތަދުވާގޮތް ވެއެވެ. މިއީ ކިރު އުފެދޭ މިންވަރާއި ދަރިފުޅަށް ބޭނުންވާ މިންވަރު ހަމަހަމަވަންދެން ދިމާވެދާނެ ކަމެކެވެ. (އަދި 6 މަސްވެގެން އިތުރު ކާނާ ދޭން ފެށުމުން ވެސް މިހެން ދިމާވެދާނެއެވެ).

އާދަކާދަތަކާއި ސިއްހީ ހަގީގަތް

ކުށްހީ: ކިރު ގިނަކުރުމަށްޓަކައި މައިމީހާއަށް ގިނައިން ތެލާއި ހަކުރު ހުންނަ ކާނާ ކާންދިނުން.

ހަގީގަތް: މިފަދަ ކާނާގެ ސަބަބުން ކިރު އިތުރުވުމުގެ ބަދަލުގައި މައިމީހާގެ ބަރުދަން އިތުރުވެ މައްސަލަތައް ދިމާވެ އެވެ. ކިރު އިތުރުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާ އެކު ގިނަގިނައިން ދަރިފުޅަށް ގާތުން ދިނުމެވެ!

ސިއްހަތު

Popular