ބޮލުގައި ހަމަ ރިއްސާއިރަށް ބޭސް ކަން ހެއްޔެވެ؟ އަދި އެ ބޭސް ކެއުމުން ބޮލުގެ ރިހުން އިތުރަށް ގަދަވާހެން ހީވޭ ހެއްޔެވެ؟
ބޮލުގައި ހަމަ ރިއްސާއިރަށް ބޭސް ކަން ހެއްޔެވެ؟ އަދި އެ ބޭސް ކެއުމުން ބޮލުގެ ރިހުން އިތުރަށް ގަދަވާހެން ހީވޭ ހެއްޔެވެ؟
މިއީ ވެސް ވެދާނެ ކަމެކެވެ.
މާޔޯ ކްލިނިކުން ބުނާ ގޮތުގައި މައިގްރޭން ފަދަ ބޮލުގައި ރިހުމުގެ މައްސަލަ ދިމާވާ މީހުންނަށް، ތަދު ކެނޑުވުމަށް ބޭނުންކުރާ ގިނަ ބޭސްތަކުން އެފަދަ އަސަރެއް ކޮށްފާނެ އެވެ. އެކަމަކު، ބޮލުގައި ނުރިއްސާ މީހުންނަށް އެހެން ދިމާވުމުގެ ފުރުސަތެއް ނެތެވެ. ނަމަވެސް، އާއްމުކޮށް ބޮލުގައި ރިއްސާ މީހުން، އާތުރައިޓިސް ފަދަ އެހެން ބައްޔަކަށް، ތަދުކަނޑުވާ ބޭސް އާންމުކޮށް ބޭނުންކުރުމަކީ ބޭސް ގިނައިން ބޭނުންކުރުމުގެ ސަބަބުން ބޮލުގައި ރިހުން ދިމާވެދާނެ ހާލަތެކެވެ.
ގިނައިން ބޭސް ކެއުމުގެ ސަބަބުން ކުރިމަތިވާ ބޮލުގައި ރިހުން އާންމުކޮށް ރަނގަޅުވަނީ ވެސް ތަދުކަނޑުވާ ބޭސް ބޭނުންކުރުން ހުއްޓާލުމުންނެވެ.
"މިކަމުގެ ސަބަބުން، ކުރު މުއްދަތަކަށް ތަދު ކޮންޓްރޯލްކުރުމަށް ދަތިތަކާ ކުރިމަތިވެދާނެ. ނަމަވެސް، ބޭސް ގިނައިން ބޭނުންކުރުމުގެ ސަބަބުން އަންނަ ބޮލުގައި ރިހުން ހުއްޓުވަން ސިއްހީ އެހީތެރިއަކަށް މަގުދައްކައިދެވިދާނެ،" އެމެރިކާގައި ހޮސްޕިޓަލުތަލާއި ސިއްހީ ދާއިރާގެ އެކި ދިރާސާތައް ހަދާ ސެންޓަރުން ބުނެފައިވެ އެވެ.
އަލާމާތްތައް
ގިނައިން ބޭސް ބޭނުންކުރުމުގެ ސަބަބުން އަންނަ ބޮލުގައި ރިހުމުގެ އަލާމާތްތައް ހުންނަނީ ފަރުވާކުރެވޭ ބޮލުގައި ރިހުމުގެ ބާވަތާއި ބޭނުންކުރާ ބޭހުގެ މައްޗަށެވެ. އެފަދަ ބޮލުގައި ރިހުންތަކުގައި އާންމުކޮށް؛
އެހެނިހެން އަލާމާތްތަކުގެ ތެރޭގައި:
ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟
ބައެއް ފަހަރު ބޮލުގައި ރިހުމަކީ އާންމު ކަމެކެވެ. އެކަމަކު، ބައެއް ބާވަތުގެ ބޮލުގައި ރިހުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމަކަށް ވާތީ ސަމާލުވާށެވެ.
އެހެންވެ، ކުއްލިއަކަށް އަދި ވަރަށް ބޮޑަށް ބޮލުގައި ރިހުމާ އެކު ހުން އައުމާއި ކަރު ހިކުމާއި ވާހަކަދައްކަން އުނދަގޫވުން އަދި ގައިން ބާރު ދެރަވުމަކީ ސިއްހީ މާހިރެއްގެ އެހީ ހޯދަން ޖެހޭ ހާލަތެކެވެ. އޭގެ އިތުރުން؛
ސަބަބު
ބޭސް ގިނައިން ބޭނުންކުރުމުގެ ސަބަބުން ބޮލުގައި ރިހުން ދިމާވާ ސީދާ ސަބަބެއް ތަޖުރިބާކާރުންނަށް ވެސް އަދި ސާފެއްނުވެ އެވެ. އެކަމަކު، މި ފަދަ ބޮލުގެ ރިހުމުގައި ނުރައްކާ ބިނާވަނީ ބޭނުންކުރާ ބޭހުގެ މައްޗަށެވެ.
ރައްކާތެރިކަމަށް ކުރެވިދާެނެ ކަންތައް
ބޭސް ގިނައިން ބޭނުންކުރުމުން އަންނަ ބޮލުގައި ރިހުން އުފެދުމުން ރައްކާތެރިވާން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ބޭސް ބޭނުންކުރުން މުހިއްމެވެ. އޭގެ އިތުރުން
އަމިއްލަ ސިއްހަތަށް ބަލައިގެން އުޅުމަކީ ގިނަ ބާވަތްތަކުގެ ބޮލުގައި ރިހުމުން ރައްކާތެރިވުމުގެ އެހީތެރިއެކެވެ.
އެ ހުރިހާ ކަމެއްގައި ވެސް އެންމެ މުހިއްމު ފިޔަވަޅަކީ ބޮލުގައި ރިއްސާ ކަންކަމާ ދުރުވުމެވެ. އެކަމަކު، ރިހުން އުފައްދަނީ ކޮން ކަމެއްކަން ޔަގީން ނުވާނަމަ ޑައިރީއެއް ގެންގުޅުން ނޫނީ ބޮލުގައި ރިއްސާ ކޮންމެ ފަހަރަކު ޑައިރީގައި ލިޔާށެވެ. އޭރުން، ބޮލުގެ ރިއްސުމުގެ ޕެޓާން ދެނެގަންނަން ފަސޭހަވާނެ އެވެ.
އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާއަކީ ރަނގަޅަށް ނިދި ހަމަކުރުމެވެ. ބަންދު ދުވަހަކަށް ވިއަސް، އެއް ވަގުތެއްގައި ނިދައި އެއް ވަގުތެއްގައި ހޭލާށެވެ.
އިތުރަށް ކުރެވޭނެ ކަންކަން؛
ބޮލުގައި ރިއްސާ ކޮންމެ ފަހަރަކު ބޭސް ނުކާށެވެ. އެއީ އާދައަކަށް ހަދައިފިނަމަ ރިއްސާނީ ބޮލުގައި އެކަންޏެއް ނޫނެވެ. ބޭހަށް ވެސް ނުގުޑަފާނެ އެވެ.
މައުލޫމާތު: މާޔޯ ކްލިނިކް