ބައެއް މީހުން އަވިއައިނު އަޅަނީ ފެޝަން ސްޓޭޓްމަންޓަކަށެވެ. ސްޓައިލް އެސްތެޓިކްސްއާ ގުޅޭތީ އެވެ. އެކަމަކު ގަދަ އަވީގައި ދެލޯ ހުޅުވާނުލެވޭތީ ވެސް އެތައް ބަޔަކު އަވިއައިނު ބޭނުން ކުރަން ފަށަ އެވެ.
ބައެއް މީހުން އަވިއައިނު އަޅަނީ ފެޝަން ސްޓޭޓްމަންޓަކަށެވެ. ސްޓައިލް އެސްތެޓިކްސްއާ ގުޅޭތީ އެވެ. އެކަމަކު ގަދަ އަވީގައި ދެލޯ ހުޅުވާނުލެވޭތީ ވެސް އެތައް ބަޔަކު އަވިއައިނު ބޭނުން ކުރަން ފަށަ އެވެ.
މިއިން ކޮންމެ ބޭނުމަކަށް އައިނު ގަންނަ އިރު ވެސް އާއްމުކޮށް ސަމާލުކަން ނުދެވެނީ އެއީ ޕޮލޮރައިޒްޑް އެއްޗެއްތޯ ބެލުމަށެވެ. އައިނު ގަންނަ އިރުގައި އޭގެ ރީތިކަމާއި ޑިޒައިނަށް ވުރެ މުހިންމީ ޕޮލޮރައިޒްޑްވުމެވެ. އެއީ އަހަރެމެންނަށް އަވިން ލޮލަށް ލިބެން އޮތް ގެއްލުމުން ހަމައެކަނި ލިބެން އޮތް ރައްކާތެރިކަމަކީ އެއީ ކަމަށް ވާތީ އެވެ.
ޔޫވީ ރޭ އިން ރައްކާތެރިކަން ކޮންމެހެން ބޭނުން ވަނީ އެއިން ދިދު މުއްދަތަށް އަދި ހަމަ ވަރަށް އަވަހަށް ވެސް ގެއްލުންތައް އަހަރުމެންގެ ލޮލަށް ލިބޭތީ އެވެ. ދިގު މުއްދަތަކަށް އަވީގެ ތެރޭގައި އުޅެން ޖެހުމަކީ ކެޓެރެކްސް, މަކިއުލާ ޑީޖެނެރޭޝަން ފަދަ ލޮލުގެ ބަލިތަކަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ސިއްހީ މައުލޫމާތު ޝާއިއުކުރާ ވެބް އެމްޑީގައި ވެސް ވަނީ ބުނެފަ އެވެ. މިއީ ލޮލުގެ ސީރިއަސް ބަލިތަކެކެވެ. އަދި މިކަމުގެ ގެއްލުން ބޮޑަށް އިހުސާސްކުރެވޭނީ ވެސް އުމުރުން ދުވަސްވުމުންނެވެ.
އަވީގައި ގިނަ ވަގުތު އެއްވެސް ރައްކާތެރިކަމެއް ނެތި އުޅުމުން އަވަހަށް ލިބޭ ގެއްލުމުގެ ތެރޭގައި އެންމެ އާއްމު ކަމަކީ "އައި ސްޓްރެއިން" ވުމެވެ. އަވީގައި އެތައް އިރަކު އުޅުމުން ބޮލުގައި ރިއްސަން ދިމާވާ އެއް ސަބަބަކަށް މިކަން ވެ އެވެ. އަވީގައި އުޅުމުން ހަންގަނޑު ހަލާކުވާހެން ލޮލަށް ވެސް ހަމަ އެގޮތް ދިމާވެ އެވެ. މި އަށް ކިޔާ މެޑިކަލް ޓާމް އަކީ "ފޮޓޯކެރެޓެޓިސް" އެވެ. މިއީ ދެ ލޯ ރަތްވެ, ފުސްވެ, ލޮލުގެ ބޭނުން ކުރަން އުނދަގޫވާ މިންވަރުގެ ކޮންޑިޝަނެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.
އަވިއައިނަކީ ލޮލުގެ އިތުރުން ލޮލުގެ ވަށައިގެންވާ ހަމުގެ ބައި ވެސް ރައްކާތެރިކޮށްދޭނެ އެއްޗެކެވެ. މިއީ ލޮލުގެ ހަމަށް އަވީގެ ސަބަބުން ކުރިމަތިވެދާނެ އެކި މައްސަލަތަކުން ވެސް ރައްކާތެރިކޮށްދޭނެ އެއްޗެކެވެ.
ރާއްޖެ އަކީ ޓްރޮޕިކަލް ގައުމަކަށްވުމުން އަބަދު މި އުޅެން ޖެހެނީ އަވީގަ އެވެ. އަހަރުމެންނަށް އަވީގައި ނުޖެހި އުޅެވޭކަށް ނެތެވެ. އެހެންވެ އަވިން ރައްކާތެރިވާން ލިބެން ހުރި ވަސީލަތެއް އެބަ ބޭނުންކުރަން ޖެހެ އެވެ. އައިނަކީ އަހަރުމެންނަށް ފެޝަނަށް ވެސް, ރައްކާތެރިކަމަށް ވެސް ބޭނުން ކުރެވޭނެ އެސަސަރީއެކެވެ.