By: Aishath Maaha
ހަސަން އިރުފާން (ޒަކިއްޓެ) އާއި ފާތުމަތު ނަބްއަތު މިއީ ސެލެބްރިޓީ އާ ޖޯޑެވެ. ސޯޝަލް މީޑިއާގައި ދެ ޒުވާނުން އެކުގައި ނަގާފައިވާ ފޮޓޯތައް ޕޯސްޓުކުރުން ގިނަ އެވެ. ޒަކިއްޓެ އާއި ނަބްއަތު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ އެވެ. އެކަން އަހަރެމެންނަށް ޒަކިއްޓެ ޔަގީންކޮށްދިނެވެ.
"އާނ ޒަކިއްޓެ އާއި ނަބްއަތު މިއުޅެނީ ރައްޓެހިވެގެން، އަދި ނުވާނެ ދެ މަސް ވެސް، އެކަމަކު ވަރަށް ވަރަށް އުފާވޭ ނަބްއަތު ލިބުނީމަ، ވަރަށް ރަނގަޅު ވަރަށް ލޯބި ކުއްޖެއް ނަބްއަތު އަކީ،" ޒަކިއްޓެ އާއި ނަބްއަތުގެ ގުޅުމުގެ ވާހަކަ އަހާލުމުން ޒަކިއްޓެ ކިޔައިދިނެވެ.
ޒަކިއްޓެ ބުނީ ޒަކިއްޓެ އާއި ނަބްއަތުއަކީ ވަރަށް ގިނަ ދުވަސްވީ އެކުވެރިކަން ކަމަށެވެ. އަދި އެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް ލޯބީގެ ގޮތުން ގުޅުމަކީ ކުރިން ޕްލޭންކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ.
ޒަކިއްޓެ އާއި ނަބްއަތު ލޯބީގެ ގޮތުން ގުޅުނުފަހުން ދެ މީހުން އެކުގައި އަންނަނީ ޝޯތައް ދެމުން
"އަސްލު ވީގޮތަކީ ޝޯއަކަށް އަންހެން ވޯކަލިސްޓެއް ބޭނުންވެގެން ޒަކިއްޓެ ގުޅީ ނަބްއަތުއަށް، ދެން އެ ޝޯއަށް ފަހު ދެ މީހުން ޑިނާއަކަށް ގޮސް ދުއްވާލަން ގޮސް މިހެން ވާހަކަ ދައްކާލާފަ ހަމަ ބޭނުންވީ ރައްޓެހިވާން."
"ޒަކިއްޓެ ވެސް ސިންގަލް، ނަބްއަތު ވެސް ސިންގަލް، ދެ މީހުން ވެސް މެންޓަލީ ހަމަ ވަރަށް ރެޑީގައި ހުރީ ނިއު ރިލޭޝަންޝިޕަކަށް، ސޯ ހިތަށް އެއީ ވިލް ގޯ ފޯ އިޓް އޭ."
ޒަކިއްޓެ އާއި ނަބްއަތުގެ ގުޅުމަށް އަދިވީ މަދު ދުވަސްކޮޅެއް
ޒަކިއްޓެ އާއި ނަބްއަތުގެ މި ގުޅުމާ އެކު ގިނަ ދެ މީހުން އެކުގައި ޝޯތަކުން ވަނީ ފެންނަން ފަށައިފަ އެވެ. ޒަކިއްޓެ ބުނީ ކުރިއަށް އޮތްތަނުގައި ދެ މީހުން އެކުގައި އާ ލަވަތައް އަދި ކަވާ ލަވަތައް ނެރެން ޕްލޭންކޮށް އޭގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު ދެ މީހުން ވެސް ވަރަށް ބިޒީ އޮފީހުގައި، އެކަމަކު ޓައިމް ހޯދައިގެން ދެ މީހުންގެ ލަވަތައް ނެރެން މަސައްކަތް ކުރާނަން. މި ދާއިރާގައި އުޅެންޏާ ދެ މީހުންގެ އަޑު ވެސް ލަވަތަކުން އިވޭނެ."
ނަބްއަތު ވިދާލީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުންނެވެ. އޭގެފަހުން ޓީވީއެމުން ގެނެސްދޭ "އެހަނދާނުގައި" ޝޯތަކުންނާއި އެހެން ބައެއް ޝޯތަކުން ވސް ނަބްއަތުގެ އަޑު އިވުނެވެ.