By: Aishath Jazlee
        
      
  
        
        އޮފީހުގައި މަސައްކަތްތައް ބުރަވެ, އޮފީހުގެ ކަންކަން ފިޔަވައި އިތުރު ކަމަކަށް ވަގުތު ނުވާ މީހުން އުޅެ އެވެ. ހެނދުނުން ފެށިގެން އޮފީހުގެ މަސައްކަތްތަކަށް އެޓެންޑުވެ, ރޭގަނޑު ނިދަންވަންދެން ބޮސްގެ ކޯލުތަކަށް ޖަވާބުދޭން ޖެހޭ މީހުން ވެސް އުޅެ އެވެ. އާއިލާއާ އެކު ކޮލިޓީ ވަގުތުކޮޅެއް ނުލިބޭ އިރު ރައްޓެހިންނާ އެކު ކޮފީއެއް ބޯލާނެ ވަގުތު ނުލިބެ އެވެ. 
       
  
  
      
    
  
        
        މިއީ މަސައްކަތުގައި ކޮންމެ ކަމަކަށް އާއެކޭ ބުނުމުގެ ނަތީޖާ ކަމަށް ވެދާނެ އެވެ.
       
  
  
  
        
        އޮފީހުގައި ބައުންޑްރީއެއް ސެޓުނުކުރުމުން، ތިން ހަތަރު މީހުންގެ މަސައްކަތްކުރަންޖެހޭ ހިސާބަށް ވެސް ދެ އެވެ. މިއީ އޭގެ ނުރަނގަޅު އަސަރު އެތައް ގޮތަކަށް ކުރާނެ ކަމެކެވެ. މި ކިޔައިދެނީ އޮފީހުގައި ކަންކަމަށް ނޫނެކޭ ނުބުނެ، ކުރަން ނުޖެހޭ އެތައްކަމަކާ ހަވާލުވުމުން ކުރާނެ ބައެއް ނޭދެވޭ އަސަރުތަކެވެ.
       
  
  
  
  		  
  
  
  
        
        އޮފީހުގެ މަސައްކަތްތައް ބުރަވެ, "ވޯކް ސްޓްރެސް" މާ ބޮޑަށް ބޮޑުވުމަކީ މީހާ އޯވާވެލްމްވެ, އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވާ ކަމެއްގެ ގޮތުގައި ސައިކޮލޮޖިސްޓުން ފާހަގަކުރެ އެވެ. އަބަދު "އޮން ކޯލް"ގައި ދެން އަންނާނެ ޓާސްކެއްގެ އިންތިޒާރުގައި ހަތަރުދަމު ހުންނަން ޖެހުމަކީ ސިކުނޑި އަރާމުކޮށްލަން ވަގުތު ނުލިބި އަބަދު މަސައްކަތުގެ ހާސްކަމުގައި ސިކުނޑި ތާށިވާ ކަމެކެވެ.
       
  
  
  
        
        އޮފީހުގައި ބައިންޑްރީޒް ސެޓުކުރުމަކީ އަމިއްލަ ދުޅަހެޔޮކަމަށް އެތައް ގޮތަކުން އަސަރުކުރާނެ ކަމެކެވެ.
       
  
  
  
  		  
        އަމިއްލަ އޮފީސް މަސައްކަތްތައް ރަނގަޅަށް ކުރުމަށް
       
  
  
  
        
        ދޭތެރެ ދޭތެރެއިން، އޮފީސް މަސައްކަތްތައް ކުރަން ފޫހިވެ އޮފީހަށް ދާން ފޫހިވޭ ދޯ އެވެ؟ މިއީ އާއްމުކޮށް "ބާންއައުޓް" ވުމުން ދިމާވާ ކަމެކެވެ. މީހާ ނަފްސާނީ ގޮތުން ވަރުބަލިވުމުން ކްރިއޭޓިވިޓީ އާއި ޕްރޮޑަކްޓިވިޓީއަށް އަސަރުކުރެ އެވެ. މަސައްކަތްތައް ނަމަކަށް ނިންމޭ ގޮތް ވަނީ އެހެންވެ އެވެ.
       
  
  
  
        
        ހަވާލުކުރާހާ ކަމެއް ނިންމަން ހަދައިގެން ކުރަން ހުރި ކަންކަން ގިނަވެ, އަމިއްލަ މަސައްކަތްތައް ނިންމުމުގައި ވެސް ފަރުވާ ކުޑަކޮށްލެވެނީ އެވެ. ބައުންޑްރީޒް ސެޓުކުރުމަކީ މަސައްކަތްތައް އެންމެ ފުރިހަމައަށް, އެންމެ ރަނގަޅަށް ނިންމުމަށް އެހީވެދޭނެ ކަމެކެވެ.
       
  
  
  
  		  
        ވޯކް ލައިފް ބެލެންސް ކުރުމަށް
       
  
  
  
        
        އަހަރުމެންގެ ރިލޭޝަންޝިޕްތަކުގައި މި ދިމާވާ ޓައިމް ދިނުމުގެ މައްސަލަ އާއި އަމިއްލަ ކަންކަން ކުރުމަށް އެއްވެސް ވަގުތެއް ނޯންނަނީ ވޯކް-ލައިފް ބެލެންސެއް ނެތުމެވެ. އޮފީހަށް ހުރިހާ ވަގުތެއް ހުސްކޮށްލުމަކީ ރައްޓެހިންނާ ވެސް ދުރުވެ, އާއިލާއާ އެކު ވެސް އޮންގުޅުން ހީނަރުވެ, ޕާޓްނަރާ އެކު ވެސް އެތައް މައްސަލަތަކެއް ޖެހުމަށް މެދުވެރިވާ ކަމެކެވެ.
       
  
  
  
        
        ވޯކް ލައިފް ބެލެންސެއް ހޯދުމަކީ އަހަރުމެންގެ ހިތްހަމަޖެހުން ވެސް އިތުރުވެ, ގުޅުންތައް އިތުރަށް ދުޅަހެޔޮވާނެ ކަމެކެވެ.
       
  
  
  
        
        އޮފީހުގައި ބައުންޑްރީ ސެޓުކުރަން އެންމެ މުހިންމު ކަމަކީ ރަނގަޅަށް ކޮމިއުނިކޭޓުކުރުމެވެ. ކޮމިއުނިކޭޓްކުރުމުގައި ގެންގުޅެންވާނީ ރެސްޕެކްޓިވް ގޮތްތަކެވެ. އަދި އޮފީހުގައި މަސައްކަތްތައް ކުރާ ގަޑީގެ ބޭރުން ކޮންމެ ގަޑި އަކީ އެވައިލަބަލް ވާނެ ގަޑިއެއް ނޫންކަމާއި, އޮފީސް ގަޑީގެ އިތުރުން މަސައްކަތް ކުރަން ޖެހޭ ނަމަ އެކަން ކުރެވޭނީ ކޮންކޮން ވަގުތުތަކެއްގައިކަން ވެސް ސާފުކޮށްދޭށެވެ. އަދި ވަކި ވަގުތުތަކަކަށް ފަހު އޮފީހުގެ ކަންކަމުގައި ފޯނުކޯލުތަކަށް ޖަވާބުދިނުން މަދުކުރާށެވެ. އޭރުން މަޑުމަޑުން ދާނީ ބައުންޑްރީ ސެޓުވަމުންނެވެ.
       
  
  
  
        
        ކޮންމެ ވަގުތަކު، ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށް ހުންނަ މީހަކަށް ނުވާށެވެ. އެއީ މާ މޮޅު ކަމެއް ނޫނެވެ.