27 Oct 2024

By: Aishath Mihna Nasih

ޓިކްޓޮކުން ލައްކަ ގިނަ ކޮފީ ރެސިޕީތައް ގެނެސްދީފި އެވެ. މަޝްހޫރު ސްޓާބަކްސްގެ އެކި ނަކަލުތައް ގޭގައި އަމިއްލަ އަށް ތައްޔާރުކުރާނެ ގޮތްތަކާއި މުޅިން އާ ރެސިޕީތައް ކަމަށްވާ ޑަލްގޯނާއަކުން އަދިވެސް އެއްބަޔަކު މިތިބީ އަރައި ނުގަނެވިފަ އެވެ. މިހެން ތިއްބާ މިހާރު މިއޮތީ އަނެއްކާވެސް އާ ކޮފީއެއްގެ ރަހަ ބަލަންވެފަ އެވެ. މިކޮފީ ހާއްސައީ ޕްރޮޓީންޝޭކް ބޭނުންކުރާ މީހުންނަށެވެ. މި ކޮފީ އަކީ ޕްރޮޓީން ކޮފީ ނުވަތަ "ޕްރޮ-ފީ" އެވެ.

ފަހަރުގައި ކޮފީތައްޓަށް އިތުރު ޕްރޮޓީންއެޅުމަކީ އެއްބަޔަކަށް އާ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް މިހާރު ވައިރަލް ވަމުންދާ ގޮތަށް، އައިސްކިއުބްތައް ތެރެއަށް ކޯލްޑް ބްރޫ ނުވަތަ އެސްޕްރެސޯ ޝޮޓެއް އަޅާލުމަށް ފަހު ކިރު ނުވަތަ ކްރީމާގެ ބަދަލުގައި ޕްރޮޓީން ޝޭކް ޕެކެޓެއް އަޅާލުން މިއީ އެހާ އާންމުކަމެއް ނޫނެވެ. ސޯޝަލް މީޑިއާގައި މަގްބޫލުވެފައިވާ ވީޑިއޯތަކުގައި އިންފްލުއެންސަރުން ބުނަމުންދަނީ ޕްރޮފީގެ ރަހައެކޭ އާންމު އެހެން ކޮފީތަކެކޭ މާ ބޮޑު ތަފާތެއް ނެތްކަމަށެވެ. އެކަމަކު އިތުރު ޕްރޮޓީންކޮޅެއް ބޭނުންވާ މީހުންނަށް މި ރެސިޕީއަކީ "ރަންގަނޑެކެވެ".

ޕޮޕްޝުގަ އަށް ދިން އިންޓަވިއުއެއްގައި ރެޖިސްޓާޑް ޑައިޓީޝަނެއް ކަމަށްވާ އެމެންޑާ ލީ ވަނީ ޕްރޮޓީން ކޮފީއާ ބެހޭގޮތުން މުހިންމު ދެތިން ކަމެއް ފާހަގަކޮށްފަ އެވެ.

@_kennedynicole

i get this question a lottt so here it goes! 😘

♬ original sound - Kennedy Nicole
ޕްރޮފީ ރެސިޕީ ކިޔައިދެނީ

މިއީ ސިއްހަތަށް ފައިދާހުރި ބުއިމެއްތަ؟

މި ވީޑިއޯތަކުގައި އާންމުކޮށް ބޭނުންކުރާ ޕްރޮޓީން ޝޭކަކީ ޕްރިމިއާ ބްރޭންޑް ޕްރޮޓީން ޝޭކް އެވެ. އެހެން ޕްރޮޓީން ޝޭކްތަކާ އަޅާބަލާއިރު، މި ބްރޭންޑްގައި އޯޓްސްއެއް ނުހިމެނެ އެވެ. އެހެންވެ އެންމެ ހަތަރު ގްރާމް ކާބްސްއާ އެކު މިއީ ގްލޫޓަން ފްރީ އަދި ކީޓޯ ފްރްންޑްލީ ބުއިމެކެވެ. ސުވާލަކީ މި އެޅުމުން ކޮފީ ސިއްހަތަށް ފައިދާހުރި އެއްޗަކަށް ވެދާނެތޯ އެވެ. މި ސުވާލުގެ ޖަވާބުގައި އެމެންޑާ ބުނެފައިވަނީ އާންމު އެހެން ކްރީމާ އަޅައިގެން ތައްޔާރުކުރާ ކޮފީއަށްވުރެ މި ކޮފީ ރަނގަޅުވާނެ ކަމަށެވެ. ހާއްސަކޮށް މީގައި ހިމެނޭ ވޭ ޕްރޮޓީން އިން ހަށިގަނޑަށް ޕްރޮޓީން ހަޖަމުކުރަމުންދާނީ ލަސްލަހުންނެވެ. މާނައަކީ ބަނޑުހައިނުވެ ގިނަިއރު ހުންނާނެ އެވެ. އެހެން ރެޑީމޭޑް ކޮފީތަކާއި، ހަކުރު އަޅަިއގެން ގޭގައި ނުވަތަ ކެފޭއަކުން ދޭ ކޮފީއަކުންވެސް ލޭގައި ހުންނަ ގުލްކޯޒްގެ މިންވަރު ކުއްލިއަކަށް މަތިކޮށް ދެން ކްރޭޝް ކޮށްލާނެއެވެ. އެހިސާބުން އަދި އިތުރަށް ބަނޑުހައިވެ، ހަކުރު ނުވަތަ ކާބްސް ކާހިތްވެ އެވެ. އެހެންކަމުން މި ކޮފީގެ ސަޅީކަމަކީ ހަކުރު ނުހިމެނުމެވެ.

އެކަމަކު ނަމަނަމަ ނުކައި ނުހުންނާތި!

ޕްރޮޓީން ޝޭކްސްތަކަކީ އަބަދުވެސް ސަޕްލިމެންޓެކެވެ. އެހެންކަމުން އެއްވެސް ގަޑިއެއްގެ ކެއުމުގެ ބަދަލުގައި މި ބުއިން ބޯނެ ކަމެއް ނެތެވެ. ހަށިގަނޑަށް އެންމެ ރަނގަޅުވާނީ ކާނާއިން ވީހާވެސް ގިނަ މާއްދާތައް އެކަށީގެންވާ މިންވަރުތަކަށް ހޯދުމެވެ. ޕްރޮޓީން ޝޭކެއް ނުވަތަ ޕްރޮފީއެއް ބޭނުންކުރަންވާނީ ކާނާއިން ބޭނުންވާ މިންވަރަށް ޕްރޮޓީން ނުލިބޭ ނަމަ އެވެ. އެހެންވެ ޕްރޮފީއެއް ހިޔާރުކުރުމުގެ ކުރިން، ކުކުޅު، ބިސް، މަސް މިފަދަ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރާށެވެ.

ޕްރޮފީ ރެސިޕީއެއް

ޕްރޮފީއެއް ބޯންވީތަ؟

ނިއުޓްރިޝަނަލް ފައިދާތަކަށް ބަލާއިރު ޕްރޮފީ ކަމުދެ އެވެ. އެކަމަކު އެއްވެސް އެއްޗެއް މިނުން ކަޓައިފި ނަމަ އޭގެ ފައިދާއަށްވުރެ ގިނަވާނީ ގެއްލުމެވެ. ހާއްސަކޮށް، ކާއެއްޗެހި ހަޖަމުވުން ލަސްކަމަށް ފާހަގަކުރެވޭ ނަމަ 200 މިލިގްރާމަށްވުރެ އިތުރަށް ދުވާލަކަށް ބޭނުންކުރުން އެދެވިގެންނެއް ނުވެ އެވެ. ސަބަބަކީ ބައެއް ޕްރޮޓީން ޝޭކްތަކުގައި ވެސް ކެފެއިންގެ މާއްދާތައް އެކުލެވިގެންވުމެވެ.

ނަމަވެސް މިފަދަ އާ ބުއިންތައް ބޭނުންކުރުމުގެ ކުރިން އެމީހެއްގެ ސިއްހީ ހާލަތަށާއި ބޭނުންތަކަށް ބަލައި ސިއްހީ މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ.

ކޮފީ

Popular