By: Aishath Jazlee
ހަޖަމްކުރުމުގެ ނިޒާމަށް އެހީވެދީ، ބްލޯޓިން އާއި ގޭހުގެ އުނދަގޫ ކުޑަކޮށްދޭ އެންޓި އިންފްލެމޭ ޓްރީ "ޝޮޓެއް"ގެ ގޮތުގައި "ޖިންޖާ ޓިއުމަރިކް ޝޮޓް" އަކީ ވަރަށް މަގުބޫލު އެއްޗެކެވެ. މިއިން ލިބޭ ފައިދާތަކުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި މި ބުއިން މަގުބޫލެވެ. ރާއްޖޭގައި ވެސް މި އާންމުވާން ފަށައިފި އެވެ.
"ޖިންޖާ ޓިއުމަރިކް ޝޮޓް" އަކީ އިނގުރު، ރީނދޫ، ލުނބޯ އަދި އޮރެންޖަކާ އެކު ތައްޔާރު ކުރާ ބުއިމެކެވެ. މިއަށް "ޝޮޓް" އޭ ކިޔަނީ އާއްމުކޮށް ދެ އައުންސް (4 މޭތުމަތީ ސަމުސާ) ހުންނަ ވަރުގެ ކުޑަ ތައްޓެއްގައި ނުވަތަ ފުޅިއަކުން އެއްފަހަރުން ބޯލާތީ އެވެ.
މި ކިޔައިދެނީ އަމިއްލަ އަށް މި ޝޮޓް ތައްޔާރުކުރާ ގޮތެވެ. ބާރަ ވަރަކަށް ދުވަހަށްވާ ވަރަށް މި ބުއިން ތައްޔާރު ކުރެވޭނެ އެވެ.
މި ބުއިން ތައްޔާރުކުރުމަށް ބޭނުން ވާނީ 70 ގްރާމުގެ އިނގުރާއި ތޮށި މަށާފައިވާ ދެ އޮރެންޖު، 1 ބޮޑު ލުނބޯ، 1/3 ސައިސަމުސަލުގެ ރީނދޫ އަދި ކުޑަ އަސޭމިރުސް ކޮޅެކެވެ. މި ހުރިހާ އެއްޗެއް ދެ ޖޯޑު ފެނާ އެކު މިކްސަރުން ރަނގަޅަށް ބްލެންޑު ކުރުމަށް ފަހު ފުރާނާލުމުން އެ ހުރީ ޝޮޓް ހެދިފަ އެވެ.
މި ތައްޔާރު ކުރުމަށް ފަހު ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުސްކުރަން ވާނެ އެވެ. އަދި މި ބަހައްޓަން ވާނީ ފްރިޖުގަ އެވެ. މި ބުއިމުގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭނީ ހެނދުނު ހުސްބަނޑާ ބޭނުން ކުރުމުން ކަމަށް ބޭރުގެ ނިއުޓްރަޝިނިޓުން ބުނެ އެވެ.