ރަޖާގަނޑެއް މުޅި ގައިގައި އަަޅައިގެން ނޫން ގޮތަކަށް ނިދި ހަނދާނެއް ވޭ ހެއްޔެވެ؟ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ރަޖާ އަޅައިގެން ނޫނީ ނުނިދޭ މީހުންނެވެ. އެކަމަކު ކިތަންމެ ހޫނަސް ރަޖާގަނޑެއް ނާޅައި ނުނިދޭންވީ ކީއްވެ ހެއްޔެވެ؟

މިއީ އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް އައިރު ވެސް ނިދާ ވަގުތުގައި ރަޖާގަނޑެއް ބޭނުންކުރާތީ ހަރުލާފައި ހުރި އާދައަކަށް ވެދާނެ އެވެ. ނިދަން އޮށޯންނަ ގޮތަށް ރަޖާގަނޑަކުން ނިވާކޮށް ނުލެވެންޏާ އަހަރެމެންގެ ހަށިގަނޑަށް، ނިދާ ވަގުތު ޖެހިއްޖެ ކަމުގެ އިޝާރާތް ވެސް ނުވަނީ އެވެ.
ޖާނަލް އޮފް ސްލީޕް މެޑިސިން އެންޑް ޑިސްއޯޑާސްގައި ޝާއިއުކޮށްފައިވާ ދިރާސާއަަކުން ދައްކާ ގޮތުގައި ބަރު ރަޖާގަނޑެއްގެ ދަށުގައި ނިދުމަކީ ކޮލިޓީ ރަނގަޅު ނިދި ހޯދުމަށް އެހީވާ ކަމެކެވެ. އިތުރު އެހެން ދިރާސާއަކުން ވެސް ދައްކަނީ ބަރު ރަޖާގަނޑެއް ގައިގައި އަޅައިގެން އޮތުމުން، ހާސްކަމާއި ނިދި ނުލިބުމުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ނިދަން ފަސޭހަކޮށްދޭ ކަމަށެވެ.
ރަޖަޔަކީ ހޫނުކަމާއި އަރާމުން ރޭގަނޑު އަހަރެމެންނަށް ރައްކާތެރިކަން ވެސް އިހުސާސްކޮށްދޭ އެއްޗެކެވެ. އަނދިރީގެ ސަބަބުން ލިބޭ ބިރުވެރިކަމުގެ ތެރެއިން، ގައިގައި ރަޖާ އެޅުމުން ލިބޭ ރައްކާތެރިކަމުގެ އިހުސާސް ބޮޑުވެ އެވެ.
އެހެންވީމާ ބޭނުންކުރާ ރަޖައަކީ ވައި ބޭރުވާ ގޮތަށް މީހާގެ ހަށިގަނޑު ދާނުހިއްލާ ކަހަލަ މެޓީރިއަލްއަކުން ހަދާފައިވާ އެއްޗަކަށް މުހިންމެވެ. އޭރުން ރޭގަނޑުގެ ނިންޖަށް ވެސް އަރާމު ލިބެ އެވެ.