ދިވެހި ތަރިންގެ އެކި ސްޓައިލްތަކާއި ޑިޒައިނަރުންގެ ހުނަރު "ލިލީ" ގެ ރެޑް ކާޕެޓުން ފެނުނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ އިވެންޓުގެ ތީމަކީ "މޯލްޑިވިއަން ރޯޔަލް ވިތު އަ މޮޑާން ޓަޗް" އެވެ.
ދިވެހި ތަރިންގެ އެކި ސްޓައިލްތަކާއި ޑިޒައިނަރުންގެ ހުނަރު "ލިލީ" ގެ ރެޑް ކާޕެޓުން ފެނުނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ އިވެންޓުގެ ތީމަކީ "މޯލްޑިވިއަން ރޯޔަލް ވިތު އަ މޮޑާން ޓަޗް" އެވެ.
ރާއްޖޭގެ ޝާހީ ހެދުންތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސްގެން ހެދުން އަޅަންޖެހޭ މި އިވެންޓުގައި ފެނުނީ އެ ހުނަރެވެ.
މިއީ ފާހަގަކޮށްލެވުނު ރީތި ބައެއް ހެދުންތަކުގެ ލިސްޓެކެވެ.
ލިލީގެ ރެޑްކާޕެޓް އިވެންޓުގައި ފިލްމީ ތަރި ވާޝިޔާ ބައިވެރިވަނީ-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް
ވާޝިޔާ ހުރީ ދަނބު ކުލައިގެ މާމެއިޑު ހެދުމެއްގަ އެވެ. ހެދުން އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ރިހި ކުލައިގެ ހޭންދާ ބޭނުންކޮށްފައި ހުއްޓެވެ. މިއީ އައްމު ޑިޒައިންސްގެ ހެދުމެކެވެ.
ލިލީގެ ރެޑްކާޕެޓް އިވެންޓުގައި ބައެއް ތަރިން ބައިވެރިވަނީ.-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް
ވަރަށް ޒަމާނީ ގޮތަކަށް އެންމެންގެ ހެދުންތައް ވެސް ހުރި އިވެންޓުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ އިހުގެ ގޮތްގަނޑު ގެނައުމުގެ ގޮތުން ފައްޓަރު ބައި ބޭނުންކޮށްފަ އެވެ.
ލިލީގެ ރެޑްކާޕެޓް އިވެންޓުގައި މަޝްހޫރު ޓިކްޓޮކް ތަރި ޔޫއީ ބައިވެރިވަނީ.-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް
އިންފްލުއެންސާ، ޒަހާ ރެޑް ކާޕެޓް އިވެންޓުގައި ބައިވެރިވަނީ: ރަތް ކުލައިގެ އެ ހެދުމަކީ އަލްމީރާގެ ޑިޒައިނެއް-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް
ލިލީގެ ރެޑްކާޕެޓް އިވެންޓުގައި ދެ ތަރިއަކު ބައިވެރިވަނީ: މި ދެ ހެދުމަކީ ވެސް ޔުޝާ މޯލްޑިވްސްގެ ޑިޒައިނެއް-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް
ލިލީގެ ރެޑްކާޕެޓް އިވެންޓުގައި ފިލްމީ ތަރި އާޝާ ބައިވެރިވަނީ: އޭނާ ލައިގެން ހުރީ މުނީޒް ޑިޒައިންސްގެ ހެދުމެއް.-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް
ލިލީގެ ރެޑްކާޕެޓް އިވެންޓުގައި ޑިޒައިނަރު ޖާދުﷲ އާއި ފިލްމީ ތަރި ޝިފާ ބައިވެރިވަނީ-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް
ލިލީގެ ރެޑްކާޕެޓް އިވެންޓުގައި ބައެއް ތަރިން ބައިވެރިވަނީ-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް
މީގެ ތެރެއިން ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ފެނުނީ ފޭއްޔަކުން ފަހާފައިވާ ހެދުމެއްގަ އެވެ. އަދި ކްލަޗެއްގެ ގޮތުގައި އޭނާ ބޭނުންކުރީ ރާބައްޖެކެވެ.
ލިލީ ފިލްމަކީ ކްރައިމް ތްރިލާއެކެވެ. އޭގައި ދައްކުވައިދެނީ ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ އެކި މައްސަލަތަކެވެ.
ހަގީގީ ހާދިސާއަކަށް ބިނާކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަރީހެވެ. ފިލްމު ލިޔެ، ޑައިރެކްޓްކުރީ އަޒްހާން އިބްރާހިމް އެވެ.