30 Mar 2026

ހޫނުއިރު ހޫނު ބުއިމަކުން މާ އަވަހަށް ފިނިކޮށްލާނެ

ހޫނުގަދަ ދުވަހެއްގައި ފިނި އެއްޗެއް ބޯލުމަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ނޯވޭ ދޯ އެވެ. އެކަމަކު މިއީ ވަގުތީ ހިތްހަމަޖެހުމެކެވެ. މާ ކުރީގެ ވިސްނުމެކެވެ. ހޫނު ދުވަހެއްގައި ހޫނު ބުއިމެއް ބުއިމުން މާ އަވަހަށް ހަށިގަނޑު ފިނިކޮށްދޭނެ އެވެ.

ހޫނުވެފައި ހުންނަ ވަގުތެއްގައި ހޫނު އެއްޗެއް ބުއިމަކީ ބުއްދިއަށް ގަބޫލުކުރަން ދަތި ކަމަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ސައިންސުގެ ވިސްނުމުން ބަލާއިރު ރަނގަޅު ވާހަކައެއްކަން ފަހުގެ ދިރާސާތަކުން ހާމަވެ އެވެ.

އޮޓާވާ ޔުނިވާސިޓީގެ ޑރ. އޮލީ ޖޭ ވަނީ ލެބޯޓްރީގައި މިކަން ތަޖުރިބާކޮށްފަ އެވެ. އެންމެ ފުރަތަމަ، އޭނާގެ ޓީމުން، ބައިސްކަލް ދުއްވާ މީހުންގެ ހަށިގަނޑުގައި ހޫނުމިން ބަލާ ސެންސަރުތަކާއި އޮކްސިޖަން އަދި ކާބަންޑައިއޮކްސައިޑް ބަލާނެ އާލާތްތައް ހަރުކުރި އެވެ. އެއަށްފަހު، ލެބްގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިގެން، ބައިސްކަލު ދުއްވަމުން ދިޔަ މީހުންނަށް ހޫނު ބުއިން ނުވަތަ ފިނި ބުއިން ދިނެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ހޫނު ފެން [ގާތްގަނޑަކަށް 50 ޑިގްރީ ސެލްސިއަސް] ބުއި މީހުންގެ ހަށިގަނޑުގައި، އެހެން މީހުންނަށްވުރެ މަދުން ހޫނު ހިފެހެއްޓިފައި ހުއްޓެވެ.

ނަމަވެސް، މި ހޯދުމުގައި ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ އަހަރެމެންގެ ހަށިގަނޑުން ހޫނު ބޭރުކުރާ ގޮތެވެ؛ އެއީ ދާހިއްލުމުގެ ޒަރީއާއިންނެވެ. ޑރ. ޖޭ ވިދާޅުވި ގޮތުގައި "ހޫނު ބުއިމެއް ބުއިމުން ހަށިގަނޑުގެ އެތެރޭގައި ހޫނު ހުންނަ މިންވަރު ދަށްވެ އެވެ. ނަމަވެސް އެކަން އެގޮތަށް ވާނީ، ހޫނު އެއްޗެއް ބުއިމުން އިތުރަށް އުފެދޭ ދާ، ހަންގަނޑުން ހިކިގެން [އެވަޕޮރޭޓް ވެގެން] ދާނަމައެވެ.

އެހެންވެ، ތެތްފިނި ތަނެއްގައި ނުވަތަ ދާ ހިކެން އުނދަގޫ މާހައުލެއްގައި ހޫނު ބުއިމަކުން ފިނިކަމެއް ނުލިބޭނެ އެވެ. ނަމަވެސް، އަހަރެމެން އާންމުކޮށް އުޅޭ ހިކި، ހޫނު މޫސުމުގައި، ފިނި ސައިތައްޓަކަށް ވުރެ ހޫނު ސައިތައްޓަކުން ދިގު މުއްދަތަކަށް ހަށިގަނޑު ފިނިކޮށްދޭނެ އެވެ.

އެހެންވެ، ހޫނުވީމާ ބޯންވީ ފިނި ފެނެއް ނޫނެވެ. ހޫނު ބުއިމަކުން ހަށިގަނޑު މާބޮޑަށް ވެސް ހަމަޔަކަށް އަޅުވާލަދޭނެ އެވެ.

މޫސުން ދުނިޔެ ހޫނުވުން

Popular