29 Jul 2026

ރައްޓެހިވެގެން އުޅޭއިރު، މެސެޖަކަށް ޖަވާބުނުދީ ގަޑިއެއްހާއިރު ވެއްޖެ ނަމަ އިންތިހާއަށް ކަންބޮޑުވެ، ބާކީވެދާނެތީ ބިރުގަންނަނީ ކީއްވެގެން ހެއްޔެވެ؟ އަދި އަނެއްބަޔަކު، ގުޅުން މާ ބޮޑަށް ބަދަހިވާން ފެށުމުން އެކަމާ މާ ބޮޑަށް ވިސްނި ދުރުހެލިވެ، އެކަނިވެގަންނަން މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟

މިއީ ސޯޝަލް މީޑިއާ އަދި ހާއްސަކޮށް ޓިކްޓޮކާއި ޑޭޓިން ދުނިޔޭގައި މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަކަ އެވެ. ސައިކޮލޮޖީގެ މިއުސޫލަށް ކިޔަނީ "އެޓޭޗްމަންޓް ތިއަރީ" އެވެ.

އެޓޭޗްމަންޓް ތިއަރީއަކީ ކޮބާ؟

އެޓޭޗްމަންޓް ތިއަރީއަކީ 1950 ގެ އަހަރުތަކުގައި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރު ސައިކޮލޮޖިސްޓެއް ކަމަށްވާ ޖޯން ބޯލްބީ އުފެއްދެވި ތިއަރީއެކެވެ. 

މި ތިއަރީ ބަހާލެވިފައިވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ:

  1. ސެކިއޯ (Secure): މިއީ ގުޅުންތަކުގައި ހަމަޖެހޭ މީހުންނެވެ. ލޯބި ދީ، ލޯބި ބަލައިގަންނަން އިތުބާރު އޮވެ އެވެ. އަދި އަމިއްލަ މިނިވަންކަމާއި ގުޅުންތައް ހަމަހަމަކޮށް ހިފަހައްޓަ އެވެ.
  2. އެންކްޝަސް (Anxious): މިއީ ބާކީވެދާނެތީ ނުވަތަ ލޯބިނުލިބިދާނެތީ އަބަދު ކަންބޮޑުވާ މީހުންނެވެ. ބައިވެރިޔާގެ ކިބައިން އަބަދު އިތުބާރާއި ޔަގީންކަން ބޭނުންވެ އެވެ.
  3. އެވޮއިޑަންޓް (Avoidant): މިއީ މީހުންނާ މާ ބޮޑަށް ގާތްވާން ނުވަތަ ގުޅުން ބަދަހިވާން ބިރުގަންނަ މީހުންނެވެ. ގުޅުން މާ ސީރިއަސްވާން ފެށުމުން، އަމިއްލަ މިނިވަންކަން ގެއްލެނީކަމަށް ހީކޮށް ދުރުހެލިވާން މަސައްކަތްކުރެ އެވެ.
  4. ފިއަފުލް-އެވޮއިޑަންޓް (Fearful-Avoidant / Disorganized): މިއީ ކައިރިވާން ބޭނުންވިޔަސް، އަނިޔާއެއް ނުވަތަ ދެރައެއް ލިބިދާނެތީ ބިރުން އުޅޭ މީހުންނެވެ.

ޑޭޓިން ދުނިޔޭގައި އެންމެ ގިނައިން ދިމާވާ އެއްކަމަކީ "އެންކްޝަސް" މީހަކާއި "އެވޮއިޑަންޓް" މީހަކު ރައްޓެހިވުމެވެ. އެކަކު ކައިރިވާން އުޅޭވަރަކަށް އަނެކަކު ދަނީ ދުރަށެވެ. މިއީ ސައިކޮލޮޖީގައި އެންކްޝަސް-އެވޮއިޑެންޓް ޓްރެޕް ގެ ގޮތުގައި މަޝްހޫރުވެފައިވާ ހާލަތެކެވެ.

ނަފްސާނީ ކަންކަމުގެ މާހިރެއް ކަމަށްވާ  ޑރ. އަމިރް ލެވީން ބީބީސީއަށް ވިދާޅުވެފައިވާ ގޮތުގައި، ތިމާގެ އެޓޭޗްމަންޓް ސްޓައިލަކީ މުޅި އުމުރަށް ބަދަލުނުވެ ހުންނާނެ ކަމެއް ނޫނެވެ.

އިތުރަށް ސެކިއޯ ނުވަތަ ހަމަޖެހޭ މީހަކަށް ބަދަލުވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް:

މި ތިއަރީގެ ސަބަބުން، ގުޅުންތަކުގައި ދިމާވާ މައްސަލަތަކުގެ ސަބަބު ދެނެގަންނަން ފަސޭހަ ވިޔަސް، ތަޖުރިބާކާރުން އިރުޝާދު ދެނީ މީހުންގެ އުޅުމަށް އެކަނި ބަލައި "ލޭބަލް" ނުކުރުމަށެވެ. މިއީ އެކަކު އަނެކަކު ދެނެގަނެ، ގުޅުން އިތުރަށް ފުރިހަމަކުރުމަށް ބޭނުންކުރެވިދާނެ އަގުހުރި ޓޫލް އެކެވެ.

އަމިއްލަ އެޓޭޗްމަންޓް ސްޓައިލް  ދެނެގަތުމަށްޓަކައި، ލޯބީގެ ނުވަތަ އެހެނިހެން ގުޅުންތަކުގައި އަމިއްލަ އިހުސާސްތަކާއި އަމަލުތައް ހުންނަ ގޮތާ މެދު ވިސްނާލުން މުހިންމެވެ.

ތިރީގައިވާ ސުވާލުތަކަށް "އާނއެކޭ" ނުވަތަ "ނޫނެކޭ" ބުނެ އަމިއްލަ ނަފްސާ ސުވާލުކޮށްގެން ތިމާ އަކީ އެޓޭޗްމަންޓުގެ ކޮން ސްޓައިލެއްތޯ ބަލާށެވެ:

1. އެންކްޝަސް ސްޓައިލް

ބާކީވެދާނެތީ ނުވަތަ ލޯބިނުލިބިދާނެތީ ކަންބޮޑުވާ ނަމަ:

2. އެވޮއިޑަންޓް ސްޓައިލް

މީހުންނާ މާ ބޮޑަށް ގާތްވާން ނުވަތަ އިތުބާރުކުރަން އުނދަގޫވާ ނަމަ:

3. ފިއަފުލް-އެވޮއިޑަންޓް / ޑިސްއޯގަނައިޒްޑް (ފިއަފުލް-އެވޮއިޑަންޓް) ސްޓައިލް

ލޯބި ބޭނުންވިޔަސް އަނިޔާއެއް ލިބިދާނެތީ ބިރުގަންނަ ނަމަ:

4. ސެކިއޯ ސްޓައިލް

ގުޅުންތަކުގައި ނަފްސާނީ ހަމަޖެހުން އޮންނަ ނަމަ:

ގިނަ މީހުންގެ ކިބައިގައި މީގެ ތެރެއިން އެއް ސްޓައިލަށް ވުރެ ގިނަ ސިފަތައް މަސްހުނިވެފައި ވެސް ހުރެދާނެ އެވެ. ނަމަވެސް، އެންމެ ގިނައިން "އާނއެކޭ" ބުނެވުނު ބަޔަކީ މީގެ ތެރެއިން ތިމާގެ މައިގަނޑު އެޓޭޗްމަންޓް ސްޓައިލް އެވެ.

ސައިކޮލޮޖީ

Popular