2 Sep 2026

By: Asima Nizar

ކޭކެއް ނުވަތަ އުފަން ދުވަހަށް ކޮށްލާ މޭކަޕެއް ވެސް ފުރިހަމަވަނީ މޫނުގެ ކޮންމެ ވެސް އެއް ދިމާލެއްގައި ބިޑާޒްލިނިން ތަތްކޮށްގެންނެވެ. އަދި އެ ހިސާބުން ވެސް ނުނިމެ އެވެ. އަތުގައި އުނގުޅަން ގެންގުޅޭ ލޯޝަން ފުޅި އާއި ސެންޓުފުޅި އަދި ފޯނު ވެސް ޒީނަތްތެރިކޮށްފައި ވަނީ އެއިންނެވެ. 

މި އަހަރު ޓްރެންޑުވާން ފެށި ނަމަވެސް މި ކަންތައް ވައިގައި މި ހިފީ ރިއަލީ ޓީވީ ސްޓާ ކައިލީ ޖެނާގެ 29 ވަނަ އުފަން ދުވަސް ފާހަގަކުރަން މިދިޔަ މަހު ފެޅި ކޭކާއެކުގަ އެވެ. 

ހުދު ކުލައިގެ ބަޓަކްރީމުން ހަދާފައިވާ އެ ކޭކު ރީތިކޮށްފައިވަނީ އެކި ކުލަ އާއި ޑިޒައިންތަކުގެ ބިޑާޒްލިން ބޭނުންކޮށްގެންނެވެ. 

އޭގައި ރަތް ކުލަ އާއި ނޫކުލަ އާއި ދަނބު އަދި ފެހި ފަދަ ކުލަތަކުން ހިތާއި ތަރި އަދި އަލިމަސް ކަހަލަ އެކި ބައްޓަންތައް ބޭނުންކޮށްފައި ހުރުމުން ކޭކަށް މުއްސަނދި އަދި "ޖަވާހިރުން ފުރިގެންވާ" ފުރިހަމަ ސިފައެއް ގެނެސްދެ އެވެ.

އޭގެ ފަހުން ކައިލީ ވަނީ އޭނާގެ އަމިއްލަ ކޮސްމެޓިކް އުފެއްދުންތައް ބިޑާޒްލިން އިން ޖަރީކޮށްފަ އެވެ. އެއާ އެކު، މި ޓްރެންޑު އަތުގައި ނުޖެހޭ ވަރަށް ވައިރަލްވި އެވެ. 

ބިޑާޒްލިންގެ ބައެއް އެއްޗެހި ތަތްކުރެވޭނީ ތަތްކުރެވެ އެވެ. އަނެއް ބައި އެއްޗެހި ހަމަ ހުރި ގޮތަށް ތަތްކުރެވޭނެ އެވެ. މިއީ، އެސްތެޓިކް ލުކެއް ގެންނަން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. 

ފެޝަން

Popular