9 Oct 2024

މި ހަފްތާގައި އޮލިމްޕަސް ސިނަމާގެ ސްކްރީނަށް އައީ ބިރުވެރި ކޮމެޑީ ފިލްމެކެވެ. ޑާކްރެއިން އެންްޓަޓެއިންމަންޓުގެ 'ބިބީ' ޕްރިމިއާކުރި ރަތްދޫލަ ފަޅުފިލުވާލަދިން ތަރިންގެ ހެދުންތަކަށް ބަލައިލަން ހިނގާށެވެ. ފިލްމުގެ ނަމުން ހީކުރެވުނު ގޮތާއި ރަތްދޫލަމަތިން ފެނިގެން ދިޔަ ހެދުންތައް ތަފާތެވެ. އޮރެންޖު ކުލަތަކާ އެކު ރަތް އަދި ނޫ އެކްސެންޓުތަކާއި ބިބީ ރަނގައިގެ ހިތްތައް ގެންގުޅެލިނަމައޭ ހިތަށް އެރިއެވެ.

މި ހެދުންތައް ލިސްޓުކޮށްލާނީ ބަލައިލަން ހުރިހާ ގޮތަކަށް ގަދަ 7 އެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ލިސްޓުގެ އެއްވަނަ ދޭނީ އައިމިނަތު ޝުހާގެ މޮނޮޓޯން އޮރެންޖު ހެދުމަށެވެ. އަތާ އެއްކޮށް ކަރުމަތިން ޑްރޭޕްކޮށްފައި ހުރި ގޮތާއި މުޅި ހެދުމުގެ ސާދާކަަމާއި އަންހެންވަންތަކަން ޝުހާއާ ގުޅެއެވެ. މިހެދުމާ އެކީ ނިކަން ސިމްޕަލް ގަހަނާތައް ބޭނުންކޮށްފައި ހުރުމުން އަދި އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ. ހެދުން ފަހާފައި ވަނީ މި ހަފްލާގެ ގިނަ ހެދުންތަކެއް ތައްޔާރުކޮށްދިން ސޭންޑީއެވެ.

View this post on Instagram

A post shared by Shiela Najeeb (@shiela_n)

ހަފްލާގެ ރަތްދޫލަމަތިން ދެން ފެނިގެން ދިޔަ އެންމެ ހިތްގައިމު ހެދުމަކަށް އަޅައިގަތީ މަޝްހޫރު ފިލްމީތަރި، އެންމެންގެ ޝީލާ ނަޖީބެވެ. ހިޔާލީ ދުނިޔެއެއްގެ ތެރެއިން ނުކުމެގެން އައިސްހުރި ގޮތަކަށް ތޫލް ފޮތީގެ ކޭޕް ސްޓައިލަކާ އެކު ޝީލާ ފެނިގެން ދިޔައީ މަޝްހޫރު ފެހުންތެރިޔާ ޖާދުގެ ހެދުމެއްގައެވެ. ޝީލާގެ މޭކަޕް ކޮށްދީފައި ހުރީ އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި މުހައްމަދު މަނިކެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ފިލްމުން ފެނިގެންދާނެ އެއް ތަރި މަރިޔަމް މަޖުދާގެ ހެދުމާއި މޭކަޕަކީ ސޭންޑީ ތައްޔާރުކޮށްދީފާވައި ޑިޒައިނެކެވެ. މި ހެދުމުގެ ދެއަތުގައި އޮޅާލައި ފަހަތަށް ވައްޓާލާފައި އޮތް ޓްރެއިންގެ ސަބަބުން މި ހެދުން ރީތިވެގެން ދިޔައެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ކޮންމެ ރަތްދޫލަ ހަފްލާއަކަށް އަމިއްލަޔަށް ހެދުން ތައްޔާރުކޮށްގެން ރީތިވެގެން ދާ އަންހެން ފިލްމީ ތަރިއެއް މި ނޫނީ ނޫޅެއެވެ. މިފަހަރުވެސް އައިޝާ އަލީ ހުރީ އޭނާގެ އަމިއްލަ މަސަތްކަތަކުން ނަލަވެފަ އެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ލިސްޓުގެ އެންމެ ފުރަތަމަ ހިމެނޭ ފިރިހެން ތަރިޔަކަށް މިއޮތީ ފިލްމުގައި ވެސް އުޅޭ އެއް ބަތަލެވެ. ޝަރަފް އަބްދުﷲ އަކީ ރަތްދޫލައިގައި ވެސް އެހެން މީހަކަށް ދޫނުކުރާ ތަރިއެކެވެ. މިފަހަރުވެސް ފެނިގެން ދިޔައީ ގޮޅި ރޮނގުތަކެއް ދަމާފައި ހުރި ގަދަ ނޫ ކުލައިގެ ގަޔަށް ހެޔޮވަރު ސޫޓު ފަޓުލޫނެއްގައެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ރަތްދޫލައަށް ހާއްސަ ނޫން، އެކަމަކު މި ސުޕާ ކެޝުއަލް އައުޓްފިޓު މި ފަހަރު ކަމުގޮސްފިއެވެ. ސިމްޕަލް އަދި ހުދާއި ކަޅުކުލައިން ރީިތިކޮށް ކޯޑިނޭޓް ކޮށްލައިގެން މުހައްމަދު ވިޝަލް (ރޯމަން) މިގޮތަށް ފެނިގެން ދިޔައީ ފަހަރުގައި ފިލްމުގެ މައި ތަރިންގެ ވިދުން ގެއްލުވާނުލާން ކަމުގައި ވެދާނެއެވެ. އެކަމަކު މި އައުޓްފިޓު ވެގެން މި ދިޔައީ ފިރިހެނުންގެ ހެދުންތަކުގެ ތެރެއިން އެންމެ ކަމުދިޔަ އެކައްޗަށެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ފިލްމީ ތަރި އަހުމަދު ޝާރިފް ވެސް މިފަހަރުގެ ލިސްޓުގައި ލައްވާލައިފިއެވެ. ރޯމަން އެކޭ އެއްގޮތަށް މާ ގޮތްބޮޑު ނޫންގޮތަކަށް ރީތިވެލައިގެން ގަމީހެއް މަތިން ޖަންޕާއެއް ލައިގެންނެވެ. ބިބީގެ ރަތްދޫލަމަތިން އެހެން ފަހަރުތަކެކޭ ހިލާފަށް ފިރިހެން ތަރިންގެ 'ޓޭސްޓްފުލް' އައުޓްފިޓުތަކެއް މި ވަނީ ފެނިފައެވެ.

ކަވް ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމަންޓް/ފޭސްބޫކް ޕޭޖު

Popular