13 May 2026

މި އަހަރުގެ ޓްރެންޑަކީ ފްލެޓް ބޫޓް

މި އަހަރުގެ ޓްރެންޑަކީ ފްލެޓް ބޫޓް

By: Asima Nizar

ފެޝަންގެ ދުނިޔޭގެ ރަސްކަމުގައި ހައި-ހީލްސް އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ކޮންމެ ކަމެއްގައި ބޭރަށް ދާން ވިއަސް ހިތްހަމަޖެހެނީ އުސް ފައިވާނަކަށް އެރިއްޔާ އެވެ. ފަޔަށް ތަދުވުމަކީ އަދި އެހެން ކަމެކެވެ. 

އެކަމަކު، އެ ޓްރެންޑަށް މިހާރު ބަދަލުތަކެއް އަންނަން ވަނީ ފަށައިފަ އެވެ. 

ހައި ހީލްސްގެ މަގުބޫލުކަން މަޑުމަޑުން ފަނޑުވެ، ޒުވާނުންގެ ތެރޭގައި މިހާރު އެންމެ ހިނގަނީ އެކި ޑިޒައިންތަކުގެ ފްލެޓު ބޫޓެވެ.

އެޑިޑާސްގެ ބޫޓެއް.

އޮފީހަށް ދާން ވިއަސް ނުވަތަ ޑޭޓް ނައިޓަކަށް ވިއަސް، ފަޔަށް ފަސޭހަ ބޫޓަކުން ސްޓައިލްކޮށްލީމަ ފުރިހަމަވީ އެވެ. 

ފްލެޓު ބޫޓުތަކެއް.

ފްލެޓު ބޫޓުތަކުގެ ތެރެއިން ސްލިމް ސްނީކާސް އަދި ބޯޓު ޝޫޒްގެ މަގުބޫލުކަން ބޮޑެވެ.

ބޫޓު ނޫން ތިރި އެއްޗަކަށް އަރަން ބޭނުންވާ މީހުންނަށް ތޮންގު ފައިވާނަކީ ރަނގަޅު ޗޮއިސްއެކެވެ. ކޮންމެ ގޮތަކުން ވިއަސް، ފެޝަންގެ މި ބަދަލު އާއްމުން ބަލައިގެންފި އެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން މި ސްޓައިލްގެ ބޫޓާއި ފައިވާންތައް އުފެއްދުން އިތުރުވެއްޖެ އެވެ.

ފެޝަން ސްޓައިލް ޓިޕް

Popular