ކެރެޓަކީ ހަންގަނޑު ރީތިކޮށް ބަހައްޓަން މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިއީ ހަމުގެ އިލާސްޓިސިޓީ އިތުރުކޮށްދީ, ބިހި ނެގުން ފަދަ ހަމުގެ މައްސަލަތަކުން ދުރުހެލިކޮށްދީ ހަމުގެ ގްލޯ އިތުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި ވިޓަމިން އޭ ގިނަ, ކެލޮރީސް މަދު, ފައިބަ ގިނަ ތަރުކާރީއެކެވެ. މިއީ ލޮލުގެ ދުޅަހެޔޮކަމާއި ހަޖަމްކުރުމުގެ ނިޒާމަށާއި އިންފްލަމޭޝަނަށް ވެސް ރަނގަޅު އެއްޗެކެވެ.