އެއީ ބައްޔެއް ޖެހުމުން އާއްމު ދިރިއުޅުމަށް އެތައް އަސަރެއް ކުރާ އޯވަރީ އެވެ. އެހެންވެ، އޯވަރީ ކެންސަރަށް އާއްމުން ހޭލުންތެރިކުރުވާ މި ސެޕްޓެމްބަރުގައި މަހުގައި އެ ބަލީގެ ވާހަކަ ގިނައިން ދައްކަންޖެހެ އެވެ.
އެއީ ބައްޔެއް ޖެހުމުން އާއްމު ދިރިއުޅުމަށް އެތައް އަސަރެއް ކުރާ އޯވަރީ އެވެ. އެހެންވެ، އޯވަރީ ކެންސަރަށް އާއްމުން ހޭލުންތެރިކުރުވާ މި ސެޕްޓެމްބަރުގައި މަހުގައި އެ ބަލީގެ ވާހަކަ ގިނައިން ދައްކަންޖެހެ އެވެ.
ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު ޝިފާން މީގެ ކުރިން ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެސް އަންހެނުންގެ މެދުގައި އެންމެ އާއްމު އެއް ވައްތަރަކީ އޯވަރީ ކެންސަރެވެ. ނަމަވެސް، އެ ބަލީގައި ރާއްޖޭގެ ތަފާސްހިސާބެއް ނުލިބުނަސް، އެއީ އަންހެނުން ދަރިމައިވުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރާ ގުނަވަނަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.
އޯވަރީ ކެންސަރު ޖެހެނީ ނުވަތަ އެކަމަށް މަގުފަހިވަނީ ފެލޯޕިއަން ޓިއުބުގައި ހުންނަ ސެލްތައް އާދަޔާ ހިލާފަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިއުމުންނެވެ.
އެ ކެންސަރު ޖެހުނަސް ފުރަތަމަ ކޮޅު އެއްވެސް އަލާމާތެއް ނުފެނި ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ، ގިނަ ފަހަރަށް ދެނެގަނެވެނީ ބަލީގައި ބޮޑުވަރުވުމުންނެވެ. އޭގެ އަލާމާތްތަކުގެ ތެރޭގައި؛
- ޕެލްވިކް ނުވަތަ ބަނޑަށް ތަދުވުމާއި ބްލޯޓުވުން
- ކެއުމުގެ ވައްޓަފާޅިއަށް ބަދަލު އައުން. އޭގެ ތެރޭގައި އަވަހަށް ބަނޑު ފުރުމާއި ކާ ހިތްނުވުން
- އަންހެނުންގެ ކުރިމަތިފަރާތުން އާދަޔާ ހިލާފަށް ލޭ އައުން. ހާއްސަކޮށް މައްސަރު ދުވަސްތައް ނޫން އެހެން ދުވަސްތަކުގައި އަދި މެނޯފޮސްގައި ލޭ އައުން
- ކުޑަކަމުދިއުމާއި ބޮޑުކަމުދާ ނިޒާމަށް ބަދަލުތައް އައުން
- ބަނޑު ފުއްޕުން
ބަލީގެ ނުރައްކާ އޮތް މީހުން
- އުމުރު މަތިވަމުން ދިއުން. ނަމަވެސް، ޒުވާން އުމުރުގައި ވެސް ޖެހުމުގެ ފުރުސަތު އެބައޮތް. ރާއްޖޭގައި ވެސް އޯވަރީ ކެންސަރު ޖެހުނު 10 އަހަރުގެ ކުއްޖެއް ވަނީ ނިޔާވެފައި
- އާދަޔާ ހިލާފަށް ބަރުވުން
- އާއިލާގައި ބަލީގެ މީހެއް ހުރުން
އެ އަލާމާތްތަކާ މެދު ކަންބޮޑުވާ ނަމަ ނުވަތަ އުނދަގޫތައް ވާނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުން މުހިއްމެވެ.
މައުލޫމާތު: ކެލެވެލެންޑު ކްލިނިކް