
ޓިކްޓޮކް ސްޓެޓްސް
ޓިކްޓޮކަކީ މިއުޒިކަލީ އަދި ވައިން އެޕްގެ ހައިބްރިޑެކެވެ. ރެކޯޑްކޮށް އެޑިޓުކޮށް އަދި ދިގުވެގެން ތިން މިނެޓަށް ނިންމުމަށް ފަހު އެންމެންނާ މި ވީޑިއޯތައް ޝެއާކުރެވޭނެ ގޮތް މި އެޕް ބޭނުންކޮށްގެން ކުރެވެ އެވެ. އެކި ކަހަލަ ވިޝުއަލްތަކާއި ސައުންޑް އިފެކްޓްސް އަދި އޯވާލޭސް ވެސް މީގެ ތެރެއިން ލެވެ އެވެ. ސްނެޕްޗެޓް އަދި ޓްވިޓާއަށްވުރެ ޓިކްޓޮކް ބޭނުންކުރާ މީހުންގިނަ އެވެ. މި އެޕް ކޮންމެ މަހަކު ގަވައިދުން ބޭނުންކުރާ 1 ބިލިއަން މީހުން އުޅެ އެވެ. އަދި މި އެޕް އެންމެ ހާއްސަވާ ކަމަކީ މީގެ ތެރެއިން ފައިސާހޯދުން ފަސޭހަކެމެވެ. އެންމެ ގިނަ ފައިސާ ޓިކްޓޮކް ބޭނުންކޮށްގެން ހޯދާ އެޑިސަން ރައެގެ 86 މިލިއަން ފޮލޮވަރުން ތިބި އިރު 2020 ގައި އޭނާ ވަނީ 5 މިލިއަން ޑޮލަރަށްވުރެ ގިނަައިން މި އެޕް ބޭނުންކޮށްގެން ހޯދައިފަ އެވެ.
ޓިކް ޓޮކް އަލްގޮރިދަމް
މިއީ ޓިކްޓޮކް އިންފްލުއަންސަަރަކަށް ވާންވީ އެންމެ ބޮޑު އެއް ސަބަބަކީ މީގެ ތަފާތު އެލްގޮރިދަމް އެވެ. މީހުން ބަލާ ވީޑިއޯތަކަށް ރިއެކްޓުކުރާ ގޮތް މި އެޕް ދެނެގަނެ އެވެ. ކިތައް ސިކުންތު ވަންދެން ވަކި ވައްތަރެއްގެ ވީޑިއޯތަކެއް ބަލާތޯ އަދި އެންމެ ގިނައިން ބަލަނީ ކޮން ކަހަލަ ކޮންޓެންޓެއްތޯ ދެނެގަނެ އެވެ. އެންމެ ގިނައިން އެ މީހަކު ބަލާ ނުވަތަ ރަނގަޅަށް ރިއެކްޓުކުރާ ކޮންޓެންޓުތަކަށް ބިނާކޮށް އެ ސްޓައިލެއް ކޮންޓެންޓުތައް ކޮންމެ މީހަކަށް ވެސް ޕުޝްކުރެ އެވެ. މިކަމުގެ ސަބަބުން ޕާސަނަލައިޒްޑް ނުވަތަ އެ މީހަކަށް ހާއްސަ ފީޑެއް ލިބެ އެވެ.

ޓިކްޓޮކް އިންފްލުއެންސަރަކަށް ވާނެ ގޮތުގެ ޓިޕްސް
ޓިކްޓޮކަށް ތި ވަންނަނީ އަލަށް ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އާ އެކައުންޓެއް ހަދަން ހިތަށް އަރައިގެން ނަމަވެސް ސައިން އަޕް ޕްރޮސެސްގައި ޓިކްޓޮކުން ޖެނެރޭޓްކުރާ ޔޫސާ ނަން ބޭނުން ނުކުރުމަކީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންތަކެވެ. ސަބަބަކީ އެއިން ޔޫސާ ނަމެއް ގޮތުގައި ދޭނީ ބައިވަރު ނަންބަރުތަކެކެވެ. އެޔަށް ވުރެއް ރަނގަޅު އަދި އަޅައިގަންނަ ނުވަތަ މޮޅު ނަމެއް ވިސްނާލައި ނުވަތަ އަމިއްލަ ނަން ލިބެންޏާ އެ ނަން ބޭނުންކުރާށެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ނަން މާ ދިގު ނުކުރުމެވެ.
އިންފްލުއަންސަރަކަށް ވާން ބޭނުންވާ ދާއިރާއާ މެދު ވިސްނާލާ
ކޮންމެ މީހަކަށްވެސް މަޝްހޫރު ވެވިދާނެ އެވެ. ނަމަވެސް ރީތިގޮތުގައި ސަޅި އިންފްލުއަންސަރަކަށް ވާން ބޭނުންވާ ނަމަ މީހުންނަށް ކަމުދާނެ ނުވަތަ އެންމެ "ނީޝް" އޭރިއާ އަކީ ކޮބައިތޯ ބަލައި އެކަމަށް ސަމާލުކަން ދޭށެވެ. މިސާލަކަށް، ފެޝަން އިންފްލުއަންސަރުން އެހާ ގިނަ އިރު އަމިއްލަޔަށް ފެޝަން އިންފްލުއަންސަރަކަށް ވާން ބޭނުންވާ މީހާ އަކީ އެހެން މީހުންނަށް ވުރެއް ތަފާތުކޮށް ކޮންމެވެސް ކަހަލަ އޭންގަލަކުން ކޮންޓެންޓު ހެދޭ މީހަކަށް ވުމަކީ މުހިންމުކަމެކެވެ. ގެންގުޅޭ ސްޓައިލް ނުވަތަ ޕޯސްޓުތައް ހުންނަ ސްޓައިލް ނުވަތަ ވީޑިއޯގައި ހުންނަ ސްޓައިލްތަކަށް އިސްކަންދީ މި ޕޮއިންޓުތަކަށް ވިސްނާލާށެވެ. މީގެ އިތުރުން އެ މީހެއްގެ އޯޑިއަންސަކީ ކޮބައިތޯ، ޓާގެޓަކީ ކޮން އުމުރުފުރައެއްގެ ބަޔަކަށްތޯ އަދި އެ މީހުން އަހަރެން މި ހަދާ ކޮންޓެންޓު ބަލާނެތޯ އަދި ބަލާނީ ކީއްވެގެންތޯ މިއީ އެނގުން މުހިންމު ކަންކަމެވެ. މި ސުވާލުތަކަށް ޖަވާބު ހޯދުމުން، ހަދާނެ ކޮންޓެޓުތައް ފާހަގަވާން ފަށާނެ އެވެ.
އިންޓަނެޓުގައި މި ހުރިހާ ޕޮއިންޓުތަކަކަށް ސުވާލާއި ޖަވާބުތަކާއި އެކި މީހުންގެ ތަޖުރިބާ ހިއްސާކޮށްފައި ހުރި ރިސާޗުތައް ބަލާލުމުން ވަރަށް ފަސޭހަވާނެ އެވެ. މި ހުރިހާ ކަމެއްގެ އިތުރަށް، ހަނދާން ބަހައްޓަންވީ ކަމަކީ އެހެން ޓިިކްޓޮކާސްއާ ވާދަ ނުކޮށް އަމިއްލަ ކޮންޓެންޓު އުފައްދައި ރަނގަޅު ކުރުމަށް ބޮޑަށް ވިސްނުމެވެ.

ޓްރެންޑުތަކުގެ ބޭނުން ހިފާ
އިންފްލުއެންސަރެއްގެ ރޯލު އަދާކުރުމުގެ ތެރެއިން ކަސްޓަމަރެއްގެ ގޮތުގައި ޓިކްޓޮކް ބޭނުން ކުރަން ހަނދާން ނައްތާނުލާށެވެ. އެއީ އެ ދުވަސް ވަރު އެންމެ ވަރުގަދަޔަށް ހިނގާ ޓްރެންޑުތަކާއި އެންމެ ކަމުދާ ސްޓައިލްތައް ދެނެގަންނަން އެންމެ ފަސޭހަ އެއްގޮތެވެ. އަބަދުވެސް އެމީހެއްގެ މާކެޓަށް އެއްމެ "ރިލޭޓަބަލް" ޓްރެންޑުތަކުން ކޮންޓެންޓު ހެދޭތޯ މަސަތްކަތް ކުރާށެވެ. ލަވައަކީ އަކީ ވެސް ވަރަށް މުހިންމު ރޯލެއް ކުޅޭ އެކައްޗެވެ. އެންމެ ޓްރެންޑުވާ ލަވަތައް ބަލައި ހޯދައި އެއަޔަށް ފިޓުވާ ގޮތަށް ވީޑިއޯ ތައްޔާރުކުރުމަކީ ވެސް ވިއުސް ގިނަވާ ކަމެކެވެ. މީގެ އިތުރުން ޓްރެންޑިން ހޭޝްޓެގުތަކާއި އިފެކްޓުތަކަށް ސަމާލުކަން ދޭން ހަނދާން ބަހައްޓާށެވެ.

ހޭޝްޓެގްތަކުގެ ބޭނުން ހިފާ
ރަނގަޅުގޮތުގައި ހޭޝްޓެގުތައް ބޭނުން ކުރެވިއްޖެ ނަމަ އިތުރު އާ ފޮލޮވާސް ހޯދަން ފަސޭހަވާނެ އެވެ. އެންމެ އިފެކްޓިވް އަދި ވަރުގަދަ ނުވަތަ މަޝްހޫރު ހޭޝްޓެގްތައް ގޫގުލް ކޮށްލައި އެކި މީހުންގެ ބްލޮގްތަކުން ބަލާލާށެވެ. މީގެ އިތުރުން އަމިއްލަ ހޭޝްޓެގެއް ގެންގުޅުމަކީ ވެސް ސަޅި ކަމަކެވެ. އެންމެ ރަނގަޅު ގޮތަކީ މަޝްހޫރު ހޭޝްޓެގްތަކާ އެކީ އެ މީހެއްގެ މާކެޓަށް ޓާގެޓްވާ ހޭޝްޓެގްތައް ވެސް ބޭނުންކުރުމެވެ.
ކޮންޓެންޓު ޕްރޮމޯޓްކޮށްލާ
އިންފްލުއެންސަރަކަށް ވާން ބޭނުން ނަމަ ހަމަ އެކަނި ވީޑިއޯ އަޕްލޯޑު ކޮށްލައިގެން އަދި ފަރަކު ނުޖެހޭނެ އެވެ. "ކްރޮސް ޕްރޮމޯޓް" ކުރުމަކީ ޓިކްޓޮކްގައި ޕޯސްޓުކުރާ ވީޑިއޯތައް މަޝްހޫރު ކުރަން އެންމެ ރަނގަޅު އެއްގޮތެވެ. އިންސްޓަގްރާމް އަދި ފޭސްބޫކް އެކައުންޓުގެ ބަޔޯގައި ޓިކްޓޮކް އެކަންޓުގެ ލިންކު އިނުން ވަރަށް މުހިންމެވެ. މީގެ އިތުރުން ޓިކްޓޮކަށް ލާ ބައެއް ވީޑިއޯތައް އެހެން ޕްލެޓްފޯމްތަކަށް ލުމުން އިތުރު ފޮލޯވާސް ހޯދަން ފަސޭހަވާނެ އެވެ. ދެން އެންމެ ރަނގަޅު ގޮތަކީ އެހެން އިންފްލުއެންސަރަކާ އެކީ ކޮލާބްރޭޝަންއެއް ހެދުމެމެވެ.