އެރުމުގެ ކުރިން ގަޔަށް ފެންއެޅުން
މޫދަށް ނުވަތަ ޕޫލަށް އެރުމުގެ ކުރިން ބޮލަށް ފިނިކޮށް ފެންއަޅާލެވޭތޯ ބަލާށެވެ. ފިނި ފެނުގެ ސަބަބުން ހަންގަނޑުގައި ހުންނަ ޕޯޒްތައް ބެދި ކްލޮރިން އަދި ލޮނު ހަންގަނޑުގެ ތެރެއަށް ވަނަ ނުދީ ހިފަހައްޓާލާނެއެވެ.
ރަނގަޅު 'ބެރިއާއެއް' އުފެއްދުން
ރަނގަޅު ބެރިއާއެއް ނުވަޔަ ހަންގަނޑާއި ކްލޮރިން އަދި ލޮނާއި ދޭތެރޭ ހުރަހެއް އުފެއްދުން މުހިންމެވެ. ފެންވާރާ ނިމިގެން ހަންގަނޑުގެ ތެއްކަން ގެއްލުމުގެ ކުރިން މޮއިސްޗަރައިޒާއެއް ހާކާށެވެ. އަދި ހަމަ އެގޮތަށް އިސްތަށިގަނޑަށް 'ލީވް އިން ކޮންޑިޝަނާއެއް' ނުވަތަ ރަނގަޅު ތެެލެއް ހާކާލާށެވެ.
އިރުގެ އަލިން ރައްކާތެރި ކުރުން
އެންމެ ގިނައިން ދެއްކޭ އެއް ވާހަކަ އަކީ މިއީއެވެ. އިރުގެ އަލިން ހަންގަނޑާއި އިސްތަށިގަނޑު ރައްކާތެރި ކުރުމުގެ މުހިންމުކަމެވެ. ޕޫލުގައި އަދި މޫދުގައި ފެތިޔަސް ސަންސްކްރީނުގެ މުހިންމުކަން ކުޑައެއް ނުވެއެއެވެ. ރަނގަޅު ވޯޓާ ޕްރޫފް ސަންސްކީރަކަސް ހަރަދުކޮށް ފެތުމުގެ 30 މިނެޓުކުރިން އުނގުޅަން ހަނދާން ކުރާށެވެ.
މޮއިސްޗާ
ގިނައިން ފަތާ ނަމަ ކްލޮރިން އަދި ލޮނުން ހަނގަޑާއި އިސްތަށިގަނޑު ހިކޭގޮތް މެދުވެރި ވެއެވެ. އެހެން ކަމުން މޫދަށް ނުދާ އިރުތަކުގައި ވެސް ރަނގަަޅަށް ދޮވެ ސާފުކޮށް ހަނގަޑުގެ ތެއްކަން ހިފަހައްޓާދޭ މޮއިސްޗަރައިޒާއެއް ބޭނުން ކުރުން ވަރަށް މުހިންމެވެ.
ވަގުތުން ފެންވަރަން ވާނެ
ފެތުމަށް ފަހު ގިނަ އިރު ހިކެން ދެން މަޑު ކުރާނަމަ ހަންގަނޑުން ފެންގަނޑު ދަމާލައެވެ. އެހެން ކަމުން އަވަހަށް ފެންވަރަން ދެވޭތޯ ބެލުން މުހިންމެވެ.