6 Sep 2024

ގައުމީ ދުވަހު ގައުމީ ހެދުމުގައި ސްކޭޓްކޮށްލީ

ގައުމީ ދުވަހު ގައުމީ ހެދުމުގައި ސްކޭޓްކޮށްލީ

By: Nurah Rasheed

މީގެ ކުރިން ވެސް އެކި މުނާސަބަތުތަކާ ދިމާކޮށް ގައުމީ ހެދުމުގައި އެކި ކުޅިވަރުތަކާއި ތާރީހީ އެކި ކަންކަން މީހުން ކޮށްފައި އެބަހުއްޓެވެ. ގައުމީ ހެދުމުގައި ފުޓްބޯޅަ ކުޅެ، ރާޅަށް ގޮސް އަދި ފީނަން ވެސް ގޮސްފައި އެބަހުއްޓެެވެ.

މި އަހަރުގެ ގައުމީ ދުވަހާ ދިމާކޮށް ހުޅުމާލެ ސްކޭޓް ޕާކުގައި، އެކި އުމުރު ފުރައިގެ، ދެ ޖިންސުގެ ކުޑަކުދިންނާއި ޒުވާނުން އެއްވެ ގައުމީ ހެދުމުގައި ދައްކާލީ ސްކޭޓުކުރުމުގެ ޗަރުކޭހެކެވެ.

View this post on Instagram

A post shared by Skateatoll Maldives (@skateatoll)

އަލޯހާ އުފާ، ސްކޭޓް އެޓޯލް، ރިޔަކާ އިންކް އަދި ވޮލަންސް މޯލްޑިވްސް އެކުވެގެން ގިނަ އަދަދެއްގެ ބަޔަކު ޖަމާކޮށް ގައުމީ ދުވަހުގެ ޖޯޝާ އެކީ އެ މީހުންގެ ފަންނުން ހުނަރު ދައްކާލީ އެވެ.

ކުރު ނޯޓިސްއަކަށް، ސްކޭޓް ފެމިލީ އެއްވީ ނަލަނަލަ ދިވެހި ހެދުންތަކުގަ އެވެ. ކުޑަކުޑަ ކަމަމުން ދިނީ ބޮޑު މެސެޖެކެވެ.

ދިވެހިންގެ ސަގާފަތާއި ކާބަފައިންގެ ހިދުމަތް ހަނދާން އާކޮށް އަގުވަޒަން ކުރުމުގެ އިތުރުން ދުޅަހެޔޮ އުފާވެރި ލައިފްސްޓައިލެއްގެ މުހިންމުކަން އަންގައިދިނެވެ.

އާޓިކަލް ކަވަ ފޮޓޯ: ސްކޭޓް އެޓޯލް އިންސްޓަގްރާމް/އައިޝަތު ނަޖް

ރާއްޖޭގެ ގައުމީ ދުވަސް

Popular