2 Oct 2024

އިންކް-ޓޯބަރު ގައި އެބަ ކުރަހަންތަ؟

އިންކް-ޓޯބަރު ގައި އެބަ ކުރަހަންތަ؟

ކޮންމެ އަހަރަކު އޮކްޓޯބަރު މަހު މިއަންނަނީ ކުރަހާ ހިތުން، އުޅޭ މި ކަމަށް ލޯބި އުފެދިފައިވާ އެކި ފަންތީގެ އާޓިސްޓުންނަށް ރަނުގެ ފުރުސަތެކެވެ. އިންކްޓޯބަރުގެ ނަމުގައި މުޅި އޮކްޓޯބަރު މަހު ދުނިޔޭގެ އާޓިސްޓުން އެއް ލަވައެއް ކިޔަ އެވެ.

އިންކްޓޯބަރު ޗެލެންޖަކީ އެންމެ ފުރަތަމަ ޖޭކް ޕާކާ ނަމަކަށް ކިޔާ އާޓިސްޓެއް އޭނާގެ ހުނަރު ތަަރައްގީ ކުރުމަށް ގަލަމަކާއި ގަނޑެއް ހިފައިގެން 2009 ވަނަ އަަހަރު އަމިއްލައަށް ފެށި ކަމެކެވެ. މި ޗެލެންޖު ސޯޝަލް މީޑިއާގައި މަގުބޫލްވެ އެތައް ހާސް އާޓިސްޓުންނެއް ކޮންމެ އަހަރަކު މީގައި ބައިވެރިވެ އިންކްޓޯބަރު ހޭޝްޓެގް ތަކުގައި ފެންނަން ހުރެއެވެ.

View this post on Instagram

A post shared by Inktober (@inktober)

ހުރިހާ ވައްތަރެއްގެ އަދި ހުރިހާ ފެންވަރެއްގެ އާޓިސްޓުންނަށް ވެސް ބައިވެރިވޭ މި ޗެލެންޖުގެ ގަވައިދަކީ ގަލަމަކާއި ގަނޑެއް ބެނުންކޮށްގެން ކޮންމެ ދުވަހަކު އެއްޗެއް ކުރެހުމެވެ. އަދި އެހެން މީހަކާ އެ ކުރެހުން ހިއްސާކުރުމެވެ. އެއީ ގޭތެރޭގައި ހިއްޕާލައިގެން އާއިލާ މީހުންނާ އެކު ވިއަސް ސޯޝަލް މީޑިއާގައި އެތައް ހާސް ފޮލޮވަރުންނާއި އެކު ވެސް ކޮށްލެވިދާނެކަމަކެވެ.

ކުރެހާނެ އެއްޗެއް ނޭނގިގެން ބޯ ގާނަން ނުޖެހޭގޮތަށް ކޮންމެ އަހަރަކުވެސް އިންކްޓޯބަރު ވެބްސައިޓުގައި ޕްރޮމްޓް ލިސްޓެއް ހަދަ އެވެ. އަދި މި ޗެލެންޖު އެކި ގޮތް ގޮތަށް ބަދަލުވެގެން އައިސް މީގެ ތެރެއަށް ޑިޖިޓަލް އާޓިސްޓުން ވެސް މިހާރު ވަނީ ވަދެފައެވެ. މީގެ އިތުރުން މި އަހަރުގެ ޗެލެންޖު ހިއްސާކޮށްފައި މިއާ ގުޅޭ ޓިޕެއް ވަނީ ފޮލޮވަރުންނަށް ދޫކޮށްލާފައެވެ.

މީގައި ބައިވެރިވާ އިރު އެކީގައި މި ޕްރޮމްޕްޓުތައް ކުރެހުމަށް ރަހުމަތް ތެރިޔަކު ނުވަތަ 'ޑްރޯވިންގް ބަޑީއެއް' ހުރުމުން ފޯރީގައި މިކަން ކުރުމަށް ހިތްވަރަކަށް ވެގެންދާނެ އެވެ. މި ޗެލެންޖުގައި ބައިވެރިވާ އެންމެންގެ ފަރާތުން ވެސް ލިބޭ ރަނގަޅު ފީޑްބެކަކީ އެއްމަސް އެއްކޮށް މިކަން ކޮށް ނިންމާލާއިރު އެމީހުންގެ ހުނަރުތައް ތަރައްގީވެފައި ހުންނަލެއް ބޮޑުކަމުގެ ވާހަކައެވެ.

Popular