މިހާރު މަރާލާފައި އޮއްވައި ފެންނައިރު އިރު އޭނާގެ ކައިރީގައި އެހެން މީހަކު ހުއްޓާ ފެނިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ގާތިލު ކަމަށް ތުހުމަތު ކުރުވޭނެ ދޯ އެވެ. "ދަ ސައިލެންޓް ޕޭޝަންޓް" އަކީ މި ކަހަލަ ޕްލޮޓަކަށް ލިޔެފައިވާ ވާހަކަ އެކެވެ.
މިހާރު މަރާލާފައި އޮއްވައި ފެންނައިރު އިރު އޭނާގެ ކައިރީގައި އެހެން މީހަކު ހުއްޓާ ފެނިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ގާތިލު ކަމަށް ތުހުމަތު ކުރުވޭނެ ދޯ އެވެ. "ދަ ސައިލެންޓް ޕޭޝަންޓް" އަކީ މި ކަހަލަ ޕްލޮޓަކަށް ލިޔެފައިވާ ވާހަކަ އެކެވެ.
ޕެއިންޓާއެއްގެ ގޮތުގައި މަޝްހޫރު އެލީޝާ ބެންސަން ހައްޔަރު ކުރަނީ އޭނާގެ ގެއިންނެވެ. ޕޮލިހުން އޭނާ ހައްޔަރު ކުރަނީ އެ ގޭގެ ތެރޭގައި އޭނާގެ ފިރިމީހާ މަރާލާފައި އޮއްވައި ފެނުމުންނެވެ . އެހިސާބުން އެންމެ ބޮޑު ސަސްޕެކްޓަކީ އެލީޝާ އެވެ. އެކަމަކު ހައިރާންވާ ކަމަކީ އެލީޝާ އެ ކުށަށް ދެކޮޅު ނުހެދިތާ, ކުށަށް އިއުތިރާފު ވެސް ނުވުމެވެ. އޭނާ ހައްޔަރު ކުރި ވަގުތުން ފެށިގެން އަނގައިން އެއްވެސް ބަހެއް ނުބުނެ އެވެ. އެ ހާދިސާ ހިނގި ގޮތެއް, ފިރިމީހާ މަރުވި ގޮތެއް ނުވަތަ މަރާލި ގޮތެއް ވެސް އެކަކަށް ވެސް ނޭނގެ އެވެ. މައްސަލައިގެ ތަހުގީގު ހިންގައި ޝަރީއަޔް ކުރިއަށް ދިޔައިރު ވެސް, އޭނާގެ ދިފާއުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ރައްދުގައި އެލީޝާ ހެދީ ޕެއިންޓިންއެކެވެ. އެ ޕެއިންޓިންގެ މާނަ އެކަކަށް ވެސް ރަނގަޅަށް ދެނެއެއް ނުގަނެވެ އެވެ.
އެލީޝާ އޭނާގެ ފިރިމީހާ މަރާލީކަމަށް ކޯޓުން ކަނޑައަޅައި, އޭނާގެ ހާލަތަށް ބަލައި އޭނާ ފޮނުވަނީ ސައިކިއަޓްރިކް ފެސިލިޓީއަކަށެވެ. އެ ތަނުން އޭނާއާ ބައްދަލު ވަނީ ސައިކެއަޓްރިސްޓް ތިއޯ ފޭބާއޭ އެވެ. ތިއޯ ގަބޫލު ކުރާ ގޮތުގައި އޭނާގެ ފިރިމީހާ މަރުވި ހާދިސާގައި ކޮންމެވެސް ޓްރޮމެޓިކް ކަންތައްތަކެއް ހިމެނެ އެވެ. އަދި އެލީޝާއަށް ވާހަކަ ނުދެއްކެނީ އެކަންކަމުގެ ސަބަބުންނެވެ.
ވާހަކައިގައި ތިއޯ މަސައްކަތްކުރަނީ އެލީޝާގެ ފުށުން ކޮންމެވެސް ބަހެއް ހޯދާށެވެ. އޭނާގެ އުއްމީދަކީ އެލީޝާއަށް އަލުން ވާހަކަ ދެއްކޭނެ ގޮތެއް ހޯދައިދީ, އެ ދުވަހުގެ ހަގީގަތް ހޯދުމެވެ.
މީގައި އެލީޝާގެ ފަރާތުން އަދި ތިއޯގެ ނަޒަރުން ވާހަކަ ގެނެސްދެ އެވެ. އެލީޝާގެ ޗެޕްޓާތަކުގައި ހިމަނާފައި ވަނީ ފިރިމީހާ މަރުވި ދުވަހުގެ ކުރިން ހިނގައި ދިޔަ ކަންތައްތަކެވެ. ތިއޯގެ ޗެޕްޓާތަކުގައި އޭނާގެ އަމިއްލަ ދިރިއުޅުމުގެ އެކި ވާހަކަތަކާއި ލޯބިވެރިޔާގެ ވާހަކަތައް ގެނެސްދެ އެވެ.
މި ޗެޕްޓާތައް ގޮސް ގުޅި, އެލީޝާ ތިއޯއަށް ހާއްސަވި ހިސާބަށް ގެންގޮސްދެ އެވެ. ހައިރާންކޮށްލާނެ ޕްލޮޓް ޓުވިސްޓު އަންނަނީ އެ ހިސާބުންނެވެ. މި ވާހަކައާ ގުޅޭ ގޮތުން އިތުރަށް ލިޔެފި ނަމަ, ވާހަކަ އެއްކޮށް ސްޕޮއިލްވާނެ އެވެ. ދެން ވާ ގޮތެއް ބަލަން ބޭނުން ނަމަ މި ފޮތް ކިޔާލާށެވެ.