ހާސްބޮޑުވަނީ ކަމެއް، ނުބައި އެއްޗެއް ކެވެނީ ކަމެއް ނޭނގެ އެވެ. ނޫން ނަމަ ގޭގެ ފެނާ ގުޅިފައިވާ ކަމެއް ނުވަތަ މީހެއްގެ އެސްފީނާއެއްބާ އެވެ.
ހާސްބޮޑުވަނީ ކަމެއް، ނުބައި އެއްޗެއް ކެވެނީ ކަމެއް ނޭނގެ އެވެ. ނޫން ނަމަ ގޭގެ ފެނާ ގުޅިފައިވާ ކަމެއް ނުވަތަ މީހެއްގެ އެސްފީނާއެއްބާ އެވެ.
ބޮލުން އިސްތަށި ފައިބާ މައްސަލައަކީ މިހާރު އެހާ އާންމުވެފައިވާ ކަމެކެވެ. މި ސުވާލު އަހަރެމެން މިކޮށްލަނީ މަޝްހޫރު ހެއާ ސްޓައިލިސްޓް އަދި ނަދާ ސެލޫން އެންޑް އެސްތެޓިކްސްގެ ހެއާ ޑިރެކްޓަރު މުހައްމަދު މަމްދޫހް (މައިކް) އާ އެވެ.
މައިކް ބުނާ ގޮތުން އިސްތަށި ފޭބުމަކީ އާންމުކޮށް ވެސް އަހަރެމެންގެ އިސްތަށިގަނޑު ތަޖުރިބާކުރާނެ ކަމެކެވެ. އިސްތަށިގަނޑު ރީޖެނެރޭޓްވާއިރު ދުވާލަކަށް 50-100 އާ ދެމެދުގެ އަދަދަކަށް އިސްތަށި ވެއްޓުމަކީ އެއްވެސް ވަރަކަށް ހާސްވާންޖެހޭ ކަމެއް ނޫނެވެ. އެކަމަކު އިސްތަށިގަނޑު ބޮނޑިބޮނޑިއަށް ފައިބާ ނަމަ މިއީ ނުރައްކަލުގެ ސިގްނަލެކެވެ. މި ހިމަނާލަނީ އިސްތަށި ފޭބުމަށް މެދުވެރިވާ ބައެއް ސަބަބުތަކާއި މިވަގުތު ލިބެންހުރި ބައެއް ފަރުވާ އެވެ.
ކާއެއްޗެހި
ދުޅަހެޔޮކޮށް ހުރުމަކީ ހަމައެކަނި ހަށިގަނޑަށް ބޭނުުންވާ ކާނާކޮޅު އެކަނި ކެއުމެއް ނޫނެވެ. ވަރުގަދަ އަދި ދުޅަހެޔޮ އިސްތަށިގަނޑެއް ހޯދަން ވެސް ދުޅަހެޔޮ ކެއުމުގެ ވައްޓަފާޅިއެއް ގެންގުޅެންޖެހެ އެވެ. ހާއްސަކޮށް، ދަގަނޑު މަދުވުމަކީ އިސްތަށިފޭބުމަށް މަގުފަހިވާ ކަމެކެވެ. މީގެއިތުރުން އިސްތަށި ފެޅުމަށް އެހީތެރިވެދޭ އެންމެ މުހިންމު މާއްދާ ކަމަށްވާ ޕްރޮޓީންސް އަދި ދުޅަހެޔޮކަމާ އެކު އިސްތަށިގަނޑު ދެމެހެއްޓުމަށް ވިޓަމިން ބީ12 އަދި ވިޓަމިިން ޑީ އަކީ ވެސް ކޮންމެހެން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކެވެ. އެކަށީގެންވާ މިންވަރަށް ހަށިގަނޑަށް މި މާއްދާތައް ލިބެމުން ނުދިއުމަކީ އިސްތަށި ފައިބާ، އިސްތަށިގަނޑު ތުނިވުމަށް މަގުފަހިވާ ސަބަބެކެވެ.
ޖީން
އިސްތަށިގަނޑާ ގުޅުންހުރި ބައެއް މައްސަލަތަކަކީ ޖެނެޓިކްސްއާ ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން އާއިލާގެ އެހެން މެންބަރެއްގެ ކިބައިން ވެސް މިފަދަ އަލާމާތްތަކެއް ފެންނަ ނަމަ ތިމާގެ ކިބައިގައި ވެސް މިފަދަ މައްސަލައެއް ހުރުން އެކަށީގެންވެ އެވެ. އަދި ޖެނެޓިކް މައްސަލައެއްކަމުގައިވާނަމަ އާންމުކޮށް އުމުރުން ދުވަސްވާ ވަރަކަށް މި މައްސަލަ ފާހަގަވާ މިންބވަރު އިތުރެވެ. އަދި މުޅި ބޮލުން އިސްތަށި ފޭބުމުގެ ބަދަލުގައި ވަކި ދިމާލަކުން ނުވަތަ ވަކި ތަންކޮޅަކުން ވެސް އިސްތަށި ފައިބަފާނެ އެވެ.
މެއިންޓެއިން ކުރާ ގޮތް
މައިކް ބުނާގޮތުން ޝޭމްޕޫ އަދި ކޮންޑިޝަނާ އަކީ އިސްތަށިގަނޑުގެ ހާލަތު ރަނގަޅު ކޮށްދޭކަމެއްގެ ގޮތުގައި ހީވެފައި އޮތުމަކީ އެންމެ ގިނަބަޔަކަށް ގޯސްކޮށް ހީވެފައި އޮންނަ ކަންތަކެވެ. ނަމަވެސް، މިއީ ކުށް ހީ އެކެވެ.
"ޝޭމްޕޫ އަދި ކޮންޑިޝަނާއަކުން އެ ހުންނަ މައްސަލައަކަށް ފަރުވާއެއް ނުކޮށްދޭނެ. އެކަމަކު ދުޅަހެޔޮކަންމަތީ އިސްތަށިގަނޑު މެއިންޓެއިންކުރަން އެހީވެދޭނެ" މައިކް
މާކެޓްގައި ރަނގަޅު އެތައް ޝޭމްޕޫއަކާއި ކޮންޑިޝަނާ ހުއްޓެއްކަމަކު، މިއި އިސްތަށިގަނޑަށް ފަރުވާކޮށްދޭ ބާވަތްތަކެއް ނޫނެވެ. އަދި އެމީހެއްގެ އިސްތަށިގަނޑާއި ނުގުޅޭ ޝޭމްޕޫ ނުވަތަ ކޮންޑިޝަނާ ބޭނުންކުރުމަކީ ފައިދާއަށްވުރެ ގެއްލުން ގިނަ ކަމެކެވެ.
ހަމައެޔާ އެކު، މާގިނައިން ނުވަތަ މާ މަދުން އިސްތަށިގަނޑު ދޮވުމަކީ ވެސް އޭގެ ނުރަނގަޅު އަސަރު ކޮށްފާނެ ކަމެކެވެ. މީގެއިތުރުން މާގަދައަށް ފުނާއެޅުމާއި، އިސްތަށި ފަޅަމުންދާ ފަޅި ނޫން ފަޅިއަކަށް ފުނާއެޅުމާއި ޝޭމްޕޫކުރުމާ އަދި ހޫނުފެނުން އިސްތަށިގަނޑު ދޮވުމުންވެސް އިސްތަަށި ފޭބުމަށް މަގުފަހިވެއެވެ. މާ ގަދައަށް ބްލޯޑްރައި އަދި ސްޓްރެއިޓްނާ ބޭނުންކުރުމާއި އެކިކަހަލަ ކެމިކަލް ބޭނުންކުރުމާއި އަބަދު އައްސައިގެން ނުވަތަ ހުޅިޖަހައިން އުޅުމަކީވެސް އިސްތަށިގަނޑު ބަލިކަށިކުރުވާ ކަމެކެވެ.
ސިއްހީ މައްސަލައެއް ހުރުން
މި ނޫނަސް، ތައިރޮއިޑް ޕީސީއޯއެސް ފަދަ ހޯމޯނަލް މައްސަލަތަކާއި ސްކަލްޕް އިންފެކްޝަން އާއި އެލޮޕީސިއާ އަދި އެނޫން ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކޮށްލާ ފަަދަ ސިއްހީ ހާލަތްތަކެއް ހުރުމަކީވެސް އިސްތަށި ފައިބަން މެދުވެރިވެދާނެ ސަބަބެކެވެ.
ހައްލަކީ ކޮބާ؟
މައިކް ބުނާގޮތުން އިސްތަށި ފައިބާ ނުވަތަ އިސްތަށި ތުނިވުމުގެ މައްސަލަ ކުރިމަތިވާ ނަމަ އެކަމެއް މެދުވެރިވާ އަސްލު ސަބަބު ދެނެގަނެ، ސީދާ އެކަމަށް ފަރުވާކުރުން ވަރަށް މުހިންމެވެ. އެހެންކަމުން އަމިއްލަ އަށް އެކި ކަހަލަ ފަރުވާތަކާއި ކެމިކަލްތައް ބޭނުންކުރުމުގެ ބަދަލުގައި ކަމުގެ ތަޖުރިބާކާރެއްގެ ގާތަށް ގޮސް، ހާލަތު ވަޒަންކޮށް ފަރުވާއަކާ ބެހޭގޮތުން މަޝްވަރާކުރަން މައިކް ލަފާދެ އެވެ.
މިހާރު ލިބެން ހުރި ފަރުވާތަކުގެ ތެރެއިން ނުބިއާ ޓްރީޓްމަންޓް މައިކް ފާހަގަކޮށްލި އެވެ. ނުބިއާ ޓްރީޓްމަންޓަކީ އިސްތަށިގަނޑުގެ ތަލަ އަށް ހާއްސަ ފަރުވާއެކެވެ. މި ފަރުވާގައި ބޭނުންކުރަނީ އެކިކަހަލަ މަލާއި ފަތްޕިލާވެލިން ތައްޔާރުކޮށްފައި ހުންނަ އެސެންޝަލް އޮއިލް ނުވަތަ ތެލެކެވެ. މި ފަރުވާގެ އެހީގައި، އިސްތަށިގަނޑުގެ ކްލޮގްވެފައި ނުވަތަ ބެދިފައި ހުންނަ ފޮލިކަލްތައް ސާފުކޮށްދީ ދުޅަހެޔޮކޮށްދެ އެވެ. މިވަގުތު ނަދާ ސެލޫން އެންޑް އެސްތެޓިކްސް އިން ނުބިއާގެ ހަ ވައްތަރެއްގެ ޓްރީޓްމަންޓް ލިބެން ހުންނާނެ އެވެ. އޭގެތެރޭގައި ޑިޓޮކްސް، އެންޓި ހެއާ ލޮސް، އެންޓި ޑޭންޑްރަފް، ގްރީސީ ސްކެލްޕް ،ސެންސިޓިވް ސްކެލްޕް އަދި ނޯމަލް މެއިންޓަނަންސް އަށް ހާއްސަ ފަރުވާތައް ހިމެނެ އެވެ.
ހަމައެޔާ އެކު ޕްލޭޓްލެޓް ރިޗް ޕްލާސްމާ ތެރަޕީ ނުވަތަ ޕީއާރްޕީ އަކީ ވެސް މިވަގުތު ރާއްޖޭގައި ލިބެން ހުރި ފަރުވާއެކެވެ.