3 Jun 2025

މި ޑޮކްޓަރު ދެނީ 10،000 ފިޔަވަޅު އެޅުމުން އިނާމެއް

މި ޑޮކްޓަރު ދެނީ 10،000 ފިޔަވަޅު އެޅުމުން އިނާމެއް

By: Asima Nizar

ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވަނީ ހިތްވަރެވެ. އެކަމަކު، ބިޒީ ދިރިއުޅުމުން ކަސްރަތަށް ވަގުތު ހުސްކުރަން ވަރަށް އުނދަގުލެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ހާއްސަ، އެސްތެޓިކް މެޑިސިންގެ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، ޑރ. ނާ ތޯހިރުގެ މި ޗެލެންޖުގެ ބޭނުމަކީ އެ ހިތްވަރު ހޯދައިދިނުމެވެ.

އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓުގައި ބުނީ އަންހެނުން، އަދި ހާއްސަކޮށް ޕީސީއޯއެސް ހުންނަ މީހުންނަށް އިއްޔެއިން ފެށިގެން އެއް މަސް ދުވަހަށް ގެންދާ ޗެލެންޖުގައި 10،000 ފިޔަވަޅު އަޅައިގެން ގުރުއަތުން ހޮވޭ މީހަކަށް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށެވެ.

View this post on Instagram

A post shared by Dr. Naa Thohir (@dr.naathohir)

މެދުކެނޑުމެއް ނެތި 10،000 ފިޔަވަޅު އަޅައި އަދި އެ އަދަދަށް ފިޔަވަޅު އެޅިކަން އެނގޭނެ ސްކްރީންޝޮޓެއް އިންސްޓަގްރާމް ސްޓޯރީއަށްލުމަށް ފަހު ޑރ. ނާ ޓެގްކޮށް ނުވަތަ އޭނާއަށް ވަކިން ފޮނުވަންޖެހެ އެވެ. އެ ހިސާބުން ޗެލެންޖުގައި ބައިވެރިވެވުނީ އެވެ.

ގުރުއަތުން ނެގޭ މީހަކަށް 3،500ރ. އާއި 2،500ރ. ގެ އަގުހުރި ސްކިން ކެއާ ޕެކޭޖު އަދި ހިލޭ ޑޮކްޓަރަށް ދެއްކޭނެ އެވެ.

ނާ ބުނި ގޮތުގައި ހިނގުމަކީ ބަރުދަން ލުއިކުރުމަށް އެންމެ ބޮޑު އެހީއެއް ލިބޭ އެއް ކަސްރަތެވެ. ޕީސީއޯއެސް ހުންނަ މީހުންނަކީ ބަރުދަން ލުއިކުރަން އާއްމުކޮށް އުނދަގޫ ބައެކެވެ. އެކަމަކު، ޑޮކްޓަރު އޯވަރީގައި ސިސްޓު ހުންނަ މީހުންނަށް ވެސް މިއީ އެއް "ފަރުވާ" އެވެ.

އެހެންވެ، މިއީ، ދޫނުކުރެވޭނެ އެއް ފުރުސަތެވެ.

ޑޮކްޓަރުން ދުޅަހެޔޮ ދިރިއުޅުން ކަސްރަތު

Popular