29 May 2025

By: Maaidha Mohamed Rashad

ސްނީކާސް ނުވަތަ ކެޝުއަލް ބޫޓަކަށް އަރައިގެން އޮފީހަކަށް ވަދެފި ނަމަ އައިބު ކަމަކަށް ވެގެން އެންމެން ބަލަން ތިބި ޒަމާން މިހާރު ނިމިއްޖެ އެވެ. ރަސްމީ ބޫޓު ނޫން އެއްޗަކަށް އަރައިގެން ނޫން ގޮތަކަށް އޮފީސް ވަޒީފާއަށް ދެވޭ ކަމަކަށް ނުވާނެ އެވެ.

އެކަމަކު މިހާރު އޮފީސްތަކަށްދާ މީހުންނާއި ބިޒްނަސް މީޓިންތަކަށް ދާ މީހުންނަށް ވެސް އެންމެ ކަމުދަނީ ކެޝުއަލް ބޫޓެވެ. ބޫޓުގެ ސްޓައިލް ރީތިވެފައި ފަޔަށް ވެސް ފަސޭހަ ބޫޓަކަށް ކެޝުއަލް ބޫޓުވެއްޖެ އެވެ.

ކޮންމެ ދުވަހަކު އަރާ ބޫޓުތަކަކީ ދުޅަހެޔޮ، ހަރަކާތްތެރިކޮށް އުޅެވޭ އަދި އަނިޔާތަކުން ވެސް ރައްކާތެރިވާނެ ދައުރެއް އަދާކުރާ ބޫޓަކަށް ވުން ވަރަށް މުހިއްމެވެ. ގިނަ ފަހަރަށް، ޕޮޑިއަޓްރިސްޓުން ވެސް ބުނަނީ ފަޔާއި ކަކުލުގެ މައްސަލަތައް ސީދާ ގުޅިފައި ވަނީ މީހާގެ ފަޔާ ނުގުޅޭ ބޫޓުތަކަށް އެރުމާ ކަމަށެވެ. އެހެންވެ ފައިގައި ނުރިއްސާ ވަރުގެ ފަސޭހަ ބޫޓަކަށް އެރުމަކީ މުހިއްމު ކަމަކަށްވާއިރު މިކަމަށް އެންމެ ފަސޭހަ ހައްލެއް ކަމަށް ވަނީ ވެސް ކެޝުއަލް ބޫޓެވެ. ރަސްމީ ބޫޓާ މީހުން ދުރުވާ ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ.

ރަސްމީ ބޫޓު.

އެތައް ގަޑިއިރެއް ވަންދެން އޮފީސްތަކުގައި މަސައްކަތް ކުރާއިރު ފަަޔަށް ރައްކާތެރިވުން މުހިއްމެވެ. މިސާލަކަށް، ނަރުހުންނާއި ޑޮކްޓަރުންނަކީ އެތައް ގަޑިއިރަކު ކޮޅަށް ތިބެން ޖެހޭ ބަޔަކަށްވާއިރު މިފަހަކަށް އައިސް ރާއްޖޭގައި ވެސް ޑޮކްޓަރުންނާއި ނަރުހުން ވެސް ކެޝުއަލް ބޫޓުގައި މިހާރު ގިނަ އެވެ.

ނަރުހުން ކެޝުއަލް ބޫޓުގައި.

އެމީހުންގެ ޔުނީފޯމާ އެކު ފެންނާނީ ކެޝުއަލް ބޫޓުގަ އެވެ. މީގެ ސަބަބަކީ ވެސް އެތައް އިރެއް ވަންދެން ޑިއުޓީ ކުރަންޖެހޭއިރު ފަޔާ ގުޅޭ، ފަސޭހަ ނުވަތަ އަރާމު ބޫޓެއްގައި މަސައްކަތް ކުރަން ފަސޭހަވާތީ އެވެ.

ރަސްމީ ބޫޓުގެ ބަދަލުގައި ބައްދަލުވުންތަަކަކުގައި ވެސް ކެޝުއަލް ބޫޓާ އެކު މީހުން ބެގީކޮށް ނުވަތަ ބެގީނުކޮށް ވެސް ތިބެ އެވެ. މިހާރު ރަސްމީ ބޫޓުގެ ޒަމާން ގޮސް، ފަޔަށް އަރާމު ގޮތަކަށް އުޅެން މާ މުހިންމުކަން ގަބޫލުކޮށްފި އެވެ.

ސިއްހަތު ބޫޓު

Popular