25 May 2025

އީދު ލަވަތަކުން އައްޒަ އާއި ޝިފާގެ ކުރިމަތިލުމެއް

އީދު ލަވަތަކުން އައްޒަ އާއި ޝިފާގެ ކުރިމަތިލުމެއް

By: Maaidha Mohamed Rashad

ކޮންމެ އަހަރެއްގެ ބޮޑު އީދާ ދިމާކޮށް އީދުގެ ފޯރިގަދަކޮށްަން ބޮޑުބެރު ގްރޫޕްތަކާއި ބައެއް ޑާންސް ގްރޫޕުތަކުން ވެސް އީދު ލަވަތައް ހަދަ އެވެ. ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ލަވަތަކާއި ޒަމާނީ ލަވަތައް ހިމެނޭ ގޮތަށް މި ނެރޭ ލަވަތަކަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބެ އެވެ.

އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ބޮޑު އީދު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު މިފަހަރު ސޯޝަލް މީޑިއާގައި ކުރިމަތިލުން މި އޮތީ މަޝްހޫރު ދެ ފަންނާނުންގެ މެދުގަ އެވެ. އެއީ ފިލްމީ ދާއިރާއިން އާންމުންގެ ލޯބި ހޯދާފައިވާ މަރިޔަމް އައްޒަ އާއި ޓިކްޓޮކުން މަގުބޫލުވި މަރިޔަމް ޝިފާ ލީޑުން ފެންނަ ލަވަތަކެކެވެ.

އައްޒަ ފެންނަނީ "އެކަތި ބޮޑުބެރު" ގްރޫޕުން ގެނެސްދޭ "އީދު ގޮމާ" ގަ އެވެ. އެ ލަވައިގެ ޓީޒާއަށް ލައްކައިން ވިއުސް ލިބިއްޖެ އެވެ.

އެ ލަވަ ކުޅެފައި ވަނީ ބ. ކިހާދޫގަ އެވެ. ދިވެހި ލިބާހުގައި ވެސް އައްޒަ ފެނިގެންދާ އެ ލަވައިގައި ދަފި ނެގުމުގެ ހަރަކާތްތަކެއް ވެސް ފެނެ އެވެ.

View this post on Instagram

A post shared by Ekathi Boduberu (@ekathiboduberu)

ޝިފާގެ ލަވައަށް ވެސް އާންމުން ސަމާލުކަން ވަނީ ލިބިފަ އެވެ. "އީދު ބޯމަތިވަނީ" ގެ ނަން ދީފައިވާ މި ލަވައަކީ ހިޔަލަ ޑާންސް ގްރޫޕުން ގެނެސްދޭ ލަވައެކެވެ.

ރ. އަލިފުށީގައި ޝޫޓްކޮށްފައިވާ މި ލަވަ، ޕްރޮމޯޓްކުރުމުގެ މަސައްކަތް މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން އަންނަނީ ކުރަމުންނެެވެ.

ހީނާފަތް ޗެލެންޖުގެ ނަމުގައި އިންސްޓަގްރާމުގައި 10،000ރ. ގެ އިނާމެއް ލިބޭ އީދު ގިވްއަވޭއެއް ވެސް އެބަ ކުރިއަށް ގެންދެ އެވެ. އީދާ ދިމާކޮށް، އަތުގައި ހީނާފަތް އެޅުމަކީ އޭރު ވަރަށް ކުރާ ކަމެކެވެ.

ލަަވައިގެ ޓީޒާތަަކުގައި ޝިފާ ވެސް ފެންނަނީ ދެ އަތުގައި ހީނާފަތް އަޅައިގެން އުޅޭ ތަނެވެ. މިއީ 2000 ގެ ކުރީކޮޅުގައި ދިވެހިން އީދު ފާހަގަކުރަމުން އައި ގޮތް ދައްކުވައިދޭ ލަވައެކެވެ. މި ލަވައިގެ އެންމެ ފަހުން އާންމުކޮށްފައިވާ ޓީޒާއަށް ވެސް އެތައް ހާސް ވިއުއެއް ލިބިއްޖެ އެވެ.

View this post on Instagram

A post shared by Hiyala (@hiyaladance)

މި ދެ ލަވަ އާންމުންނާ ހިސާބަށް ދޫކޮށްލާނީ އީދު ދުވަހު ނުވަތަ އީދުގެ ކުރީ ދުވަހު ކަމަށް ބެލެވެ އެވެ. އައްޒަ އާއި ޝިފާ ލީޑުން ފެންނަ މި ދެ ލަވައަށް ވެސް ސޯޝަލް މީީޑިއާގައި އަންނަނީ ތަރުހީބު ލިބެމުންނެވެ.

އީދު

Popular