27 May 2025

އައްޑޫގައި ސިމްބޮލިކުންދޭ ފުރަތަމަ ޝޯ ބޮޑު އީދުގައި

އައްޑޫގައި ސިމްބޮލިކުންދޭ ފުރަތަމަ ޝޯ ބޮޑު އީދުގައި

By: Aishath Jazlee

ބޮޑު އީދަށް މިއުޒިކް ބޭންޑުތައް ރާއްޖޭގެ އެކި ދިމަދިމާލަށް ފުރަފުރައިގެން ދާއިރު، މަޝްހޫރު ހިޕްހޮޕް ގްރޫޕް ސިމްބޮލިކް ރެކޯޑްސް އެ ގްރޫޕުން އައްޑޫގައި ކުޅޭ ފުރަތަމަ ޝޯއަށް އަންނަނީ ތައްޔާރުވަމުންނެވެ.

އައްޑޫ މީދޫގެ މުލިމަތި ޖައްމިއްޔާގެ ދައުވަތަކަށް އައްޑުއަށްދާ ސިމްބޮލިކް ރެކޯޑްސްއިން ބުނީ އައްޑޫ އަކީ އެ ގްރޫޕުން އަބަދުވެސް ޝޯކުޅެން ވަރަށް ބޭނުންވެފައި ތިބި ތަނެއް ކަމަށެވެ. އަދި އައްޑު އާއި ފުވައްމުލަކަކީ އެ ގްރޫޕުގެ ފޭނުން ގިނަ ސަރަހައްދެއް ކަމަށާއި އެހެން ހިސާބުތަކުގެ ފޭނުންނާ ވެސް އެ ހިސާބުން ދިމާވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި ފަހަރުގެ އީދު ބަންދުގައި ސިމްބޮލިކުން އައްޑޫގައި ކުޅޭ ޝޯގެ އިތުރުން ހަތް ވަނަ ދުވަހު މާފުށީގައި ވެސް ޕާފޯމްކުރާނެ އެވެ. މި ދެ ޝޯގައި ވެސް ސިމްބޮލިކުގެ މުޅި އާޓިސްޓު ލައިން ފެންނާނެ އެވެ.

"ހުއްޓާ", "ރަތާކަޅާ" އަދި "ކޯވަރެއް" ފަދަ މަގުބޫލު ގިނަ ލަވަތަކެއް ގެނެސްދީފައިވާ މި ޓީމް މީގެ ކުރިން ވެސް އީދު ޝޯތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ކުޅެފަ އެވެ.

އީދު އަޟްހާ އީދު

Popular