27 May 2025

މިހާރު މި ގަޑި އަލުން މާ ރީތިވެއްޖެ

މިހާރު މި ގަޑި އަލުން މާ ރީތިވެއްޖެ

By: Maaidha Mohamed Rashad

އަށްޑިހައިގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކުގެ ފެޝަން ޓްރެންޑުތައް އަލުން އަނބުރާ އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ހެދުން އެޅުމާއި ބޫޓާއި ބޮލުގައި ޖެހުމަށް އިހުގައި ގެންގުޅުނު ސާމާނު ކަހަލަ އެތައް އެއްޗެއް އަލުން މަޝްހޫރުވެ، ފެޝަން ޓްރެންޑުތަކަށް ވަނީ ބަދަލުވެފަ އެވެ.

މިފަހަރު މިއީ 90ގެ އަހަރުތަކުގެ އަތުކުރީ ގަޑިއެކެވެ. ކްލާސިކް ކެސިއޯ ގަޑި ނުވަތަ F-91W އަކީ ރެޓްރޯ ޑިޖިޓަލް މޮޑެލްސް އެކެވެ. އެ ގަޑީގެ އިތުރުން ވެސް ކެސިއޯގެ ކުރީގެ އިތުރު މޮޑެލްތަކަށް ވެސް ތަރުހީބު އެބަ އޮތެވެ.

މިހާރުގެ ޒުވާނުންގެ މެދުގައި ވަކިން ހާއްސަކޮށް "ޖެން ޒީ" ކުދިންގެ މެދުގައި މިހާ ބޮޑަށް މި ގަޑި މަގްބޫލުވީ ކީއްވެ ހެއްޔެވެ؟

ބެލެވޭ ގޮތުގައި މިއީ 1990 ގެ އެސްތެޓިކް ފަޅި، ޖެން ޒީ އަށް ނުފެންނާތީ އެކަމަށް އޮތް ޝައުގުވެރިކަމެވެ.

ކެސިއޯ މެޑެލްތަކަކީ މިޒަމާނަށް ބަލާއިރު އަގުހެޔޮވުމުގެ ސަބަބުން އެހާ ލަގްޒަރީ ގަޑިތަކެއްގެ ގޮތުގައި ނުބެލެވެ އެވެ. އެކަމަކު ގަޑި ސްޓައިލިޝްވެފައި ބަލައިލަން ވެސް އެހާ ހިތްގައިމެވެ.

ކެސިއޯ ގަޑި.

ސޯޝަލް މީީޑިއާގައި ވީޑިއޯތަކުން ފެންނަނީ "ވިންޓޭޖް" ލުކެއްގައި ތިބުމާއި ފަހުގެ ފެޝަންތަކާ އެކު ވެސް މި ގަޑި ވަރަށް ބޮޑަށް ބޭނުންކުރާ ތަނެވެ. މި ރެޓްރޯ ގަޑިއަކީ "ނޮސްޓަލްޖިއާ" އަށް ލޯބިކުރާ މީހުންނަށް އެންމެ ކަމުދާ އެއް ގަޑިއަށް ވަނީ ވެފަ އެވެ.

މިފަހަކަށް އައިސް ކުދި އަދި ބޮޑެތި ބްރޭންޑުތަކުން ވެސް ބަލަނީ އާ ކަސްޓަމަރުންނާ ގުޅުވައިދޭނެ ގޮތެކެވެ. މިގޮތަށް ބަލާއިރު ވައިރަލް ވަގުތުކޮޅެއް ލިބުމަކީ އެ މީހުންނަށް ވިޔަފާރި އެންމެ ފުޅާކޮށްލަން ލިބޭ ފުރުސަތެވެ. ކެސިއޯއަށް ވެސް އެ ފުރުސަތު އެންމެ ބޮޑަށް ލިބުނީ ޓިކްޓޮކުންނެވެ. ކަލްޓް ކްލާސިކް ގަޑިތަކަށް މީހުންގެ ހިތްޖެހިއްޖެ އެވެ. ކެސިއޯގެ ލިމިޓެޑް އެޑިޝަންތައް ވިކޭ މިންވަރު ހަލުވި ވެއްޖެ އެވެެ. މިހާ ބޮޑަށް ހައިޕް މިއައީ ހަމަ ޓިކްޓޮކުންނެވެ.

ކެސިއޯ ގަޑި.

ސްޓައިލް އެކްސްޕާޓުން ބުނާ ގޮތުގައި 90 ގެ އަހަރުތަކުގެ އެޑިޝަންގެ ކެސިއޯ ގަޑިތައް އަލުން އުފެދުމާއި މިނިމަލިސްޓް އެސްތެޓިކްސް އަށް ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ.

ކެސިއޯގެ މާކެޓިން ހެޑް ބުނީ ސްކެލެޓަން ސްޓައިލްގެ ގަޑިތައް މިހާރު އެހާ މަގްބޫލުވެފައި ވަނީ އެ ގަޑިތަކުން ސްޓައިލްގެ އިތުރުން ޑިޒައިނަރުންގެ ބުރަ މަސައްކަތް ވެސް މީހުން ބަލައިގަންނަން ފަށާފައިވާތީ ކަމަށެވެ.

ދިވެހި ޒުވާނުންގެ މެދުގައި ވެސް މި ޓްރެންޑު ވައިގައި ހިފައި ގިނަ ބައެއްގެ މިކަހަލަ ގަޑިތައް އަޅައިގެން އުޅޭ މަންޒަރު ފެނެ އެވެ.

ފެޝަން

Popular