ސަންސްކްރީން ބޭނުންކުރަން އަހަރެމެންގެ ތެރެއިން ގިނަ މީހުން ހިތަށް އަރާނީ ޕިކްނިކް ދަތުރެއް ދާންވީމަ އެވެ. މިއީ ގިނައިރު އަވީގައި އުޅޭއިރު ނުވަތަ ހޫނު ގަދަ ދުވަސްތަކުގައި އެކަނި ބޭނުންކުރަންޖެހޭ އެއްޗެއް ގޮތަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ.
ސަންސްކްރީން ބޭނުންކުރަން އަހަރެމެންގެ ތެރެއިން ގިނަ މީހުން ހިތަށް އަރާނީ ޕިކްނިކް ދަތުރެއް ދާންވީމަ އެވެ. މިއީ ގިނައިރު އަވީގައި އުޅޭއިރު ނުވަތަ ހޫނު ގަދަ ދުވަސްތަކުގައި އެކަނި ބޭނުންކުރަންޖެހޭ އެއްޗެއް ގޮތަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ.
އެކަމަކު، އެނގޭ ހެއްޔެވެ؟ ހަންގަނޑަށް އެންމެ ބޮޑު ރައްކާތެރިކަމެއް ފޯރުކޮށްދޭ އެކައްޗަކީ ސަން ސްކްރީނެވެ. އަވި ދިނަސް އަދި ކިތައްމެ ވިއްސާރަވިއަސް މޫނު ނުވަތަ އަތްވަށް އެކްސްޕޯޒްވާ ހުރިހާ ހިސާބެއްގައި އެ ކްރީމް އުނގުޅަން ޖެހޭ ގިނަ ސަބަބުތައް އެބަހުއްޓެވެ.
މަޔޯ ކްލިނިކުން މިކަމާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ލިޔުންތަކުގައިވާ ގޮތުން އަވިން ލިބޭ އަލްޓްރާވައިލެޓަކީ ހަމުގެ ކެންސަރު ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވާ އެކައްޗެވެ. އެ އަވީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ހެނދުނު 10 އިން ހަވީރު 4 އަށް ކަމަށް، އެމެރިކާގެ އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެ އެވެ.
ރާއްޖެއަކީ ހޫނު ގަދަ ގައުމަކަށް ވުމުން މި ދޯދިތަކުން ސަލާމަތްވާން ކޮންމެހެން ވެސް ޖެހެ އެވެ.
މަޔޯ ކްލިނިކުން ބުނެފައިވާ ގޮތުގައި އެކަމުން ރައްކާތެރިވާން މަދުވެގެން އެސްޕީއެފް 30 ހުންނަ ސަންސްކްރީނެއް ބޭނުންކުރުން މުހިއްމެވެ. ކޮންމެ ދެ ގަޑިއިރަކުން ނުވަތަ ބޭރުގައި އުޅޭއިރު އެއަށްވުރެ ގިނައިން އެ އުނގުޅުމަށް އިރުޝާދު ދީފައިވެ އެވެ.
ހަށިގަނޑު ބޮޑަށް ނިވާކޮށް މޫނާއި ކަންފަތް ރައްކާތެރިކޮށް ބޮލުގައި ތޮތްޕާއި އަވި އައިނު އެޅުމަކީ ވެސް އަލްޓްރާވައިލެޓުން މީހާ ސަލާމަތްވާނެ ކަންކަމެވެ.
ނަމަވެސް، އެކަމަށް މަގުފަހިވާ އިތުރު ސަބަބުތައް ވެސް އެބަހުއްޓެވެ. ދިފާއީ ނިޒާމު ބަލިކަށިވުމާއި ހަމުގެ ކެންސަރު ޖެހިފައި ހުރި މީހަކު އާއިލާގައި ހުރުމަކީ ބައެއް ކަންކަމެވެ.
ހަމުގެ ކެންސަރުގެ އަލާމާތްތައް
- ހަންގަނޑުގައި ކުރިން ނުނަގާ އުން ކަހަލަ އެއްޗެހި ފެނުން
- ހަންގަނޑުގައި ލަމްޕު ޒާތުގެ އެއްޗެއް ނަގައި އެ ވަށައިގެން ރިއްސުން
ބަލީގެ ނުރައްކާ ބޮޑު މީހުން
- ކޮންމެ ކުލައެއްގެ މީހަކަށް ވެސް ހަމުގެ ކެންސަރު ޖެހިދާނެ
- ފަސޭހައިން އަނދާ ހަންގަނޑު ހުންނަ މީހުންނަށް ނުރައްކާ ބޮޑު އަދި ބްލޮންޑު އިސްތަށިގަނޑާއި އެކި ކުލައިގެ ކަޅި ހުންނަ މީހުންނަށް ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު
ހަމުގެ ކެންސަރު ޖެހޭ މީހުންގެ ތެރޭގައި ގިނައީ އަލްޓްރާވައިލެޓުގެ ސަބަބުން އެ ބަލި ޖެހޭ މީހުން ކަމަށް މަޔޯ ކްލިނިކުން ބުނެ އެވެ. އެކަމަށް ބާރުދޭ އެއް ކަމަކީ، އެ ކެންސަރު ގިނައިން ޖެހެނީ ހަށިގަނޑަށް އެންމެ ބޮޑަށް އަވި ލިބޭ ހިސާބުތަކުގައި ކަމަށްވާތީ އެވެ. އޭގެ ތެރޭގައި އިސްތަށިގަނޑާއި މޫނާއި ތުންފަތް އަދި ކަންފަތް ހިމެނެ އެވެ.