5 Jun 2025

ކާލާނެ އެއްޗެއް އީދު ހަދިޔާއަކަށް ނުލިބޭތަ؟

ކާލާނެ އެއްޗެއް އީދު ހަދިޔާއަކަށް ނުލިބޭތަ؟

By: Maaidha Mohamed Rashad

ބޮޑު އީދާ ދިމާކޮށް އެކި ރަށްރަށުގައި އީދު ހަދިޔާގެ ގޮތުގައި ތައްޔާރުކުރަނީ އެކި އެއްޗިއްސެވެ. އުޅާއްޔާއި ބޮނޑި އާއި ކުޅިރޮށި ކަހަލަ އެކި ސާމާނުތައް ބައެއް ހިސާބުތަކުގައި ހަދާއިރު އަނެއް ބައި ހިސާބުތަކުގައި އީދާ ދިމާކޮށް ހަދާ ސާމާނު ތަފާތެވެ. ކަނަމަދު މެޓާގަނޑާއި ގެރިކިރު ބޮނޑި ކަހަލަ ނިކަން ތަފާތު އެއްޗެހި ރަށްރަށުގައި ހަދަ އެވެ.

މުޅި އާއިލާ އެއްތަންވެ، އީދަށް ކާތަކެތި ތައްޔާރުކުރުމުގެ ފޯރީގައި އުޅެނީ އެކި ހިސާބުތަކުގައި ތިބި އެމީހުންގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންނަށް ފޮނުވުމާއި އީދު ދުވަސްވަރު ލުއި ގޮތަކަށް ކެއުމުގެ ކަންކަން ބެހެއްޓުމަށެވެ.

މިއިން ކާއެއްޗެއް ލިބިއްޖެ ހެއްޔެވެ؟ ރައްޓެއްސަކު ނުވަތަ އާއިލާ މީހަކު ވިޔަސް ކާއެއްޗެއް ދިއްކޮށްލައިފި ހެއްޔެވެ؟

ސޯޝަލް މީޑިއާއަށް ވަނަސް މިހާރު އެންމެ ބޮޑަށް ފެންނަނީ ކޮންމެވެސް ކާއެއްޗެއް އީދަށް ތައްޔާރުކުރާ މަންޒަރެވެ. އެކި ރަށްރަށުގައި އެކި އެއްޗެހި އެކި ގޮތްގޮތަށެވެ. އެހެންވެ، އެންމެންގެ މެދުގައި ވެސް މި ހަދާ ގޮތާ މެދު ޝައުގުވެރިކަން ބޮޑުވެ އެވެ.

ރަށެއްގައި އީދަށް ކުޅި ރޮށި ހަދާ މަންޒަރު.

އީދަށް ކުޅި ރޮއްޓާއި ފޮނި ރޮށި ހެދުމަކީ ވަރަށް އާންމު ކަމެކެވެ.

އަނެއް ބަޔަކު އީދާ ދިމާކޮށް އޮށް ހޮވައި، އެ ފަޅައިގެން މަދު ގުޅަ ހަދަ އެވެ. އެ ހަދަން އެއް ބަޔަކު ދިޔާ ހަކުރު ބޭނުންކުރާއިރު އަނެއް ބަޔަކު ބޭނުންކުރަނީ އާދައިގެ ހަކުރެވެ. މިއިން ކޮންމެ ގޮތަކަށް ހަދައިގެން ވިޔަސް މަދު ގުޅައަކީ އެންމެނަށް ވެސް ކަމުދާނެ އެއްޗެކެވެ.

ބައެއް ރަށްރަށުގައި އަލަ މެޓަ އަކީ ވެސް ވަރަށް ފޯރީގައި ހަދާ އެއްޗެކެވެ.

ގިނައިން އިވެނީ ބިންބި ބޮޑީގެ ވާހަކަ އެވެ. އެކަމަކު މިފަހަރު ސޯޝަލް މީީޑިއާ އިން ފެނުނު އަނެއް އީދު ހަަދިޔާއަކީ ގެރިކިރު ބޮނޑި އެވެ. މިއީ ހުވަދޫ ހިސާބުގައި ހަދާ އެއްޗެއް ކަމަށްވެ އެވެ.

@aishathmaeshaaa

Eid holiday shenanigans 🤤😌🤌🏼

♬ Feather - Sped Up - Sabrina Carpenter

ތަފާތު އެކި ގޮތްގޮތަށް އީދު ހަދިޔާތައް ތައްޔާރުކުރިޔަސް މިއިން ފެންނަނީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ބޮޑު އީދަށް އޮތް ފޯރި އެވެ. ދުރާލައި ބޮޑު އީދަށް ތައްޔާރުވުމަށް ކާތަކެތި ތައްޔާރުކުރުމަށް ވަގުތު ހޯދަ އެވެ.

މާދަމާ އީދު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު އެންމެނަށް އީދު ހަދިޔާ ލިބިއްޖެ ހެއްޔެވެ؟

އީދު އީދު ބަންދު

Popular