By: Maaidha Mohamed Rashad
ސޯޝަލް މީޑިއާގައި ވެސް، ދަބަހުގެ ވާގަނޑުގައި ވެސް އެލިގެން އޮންނަނީ "ލަބޫބޫ" އެވެ. މިދިޔަ މަހެއްހާ ދުވަސް ތެރޭގައި "ލަބޫބޫ ޑޯލް" އާއި "ލަބޫބޫ ކީޗެއިން" ޖަހައިގެން ގޫގުލްގައި ދެ މިލިއަނެއްހާ މީހުން ސާޗުކޮށްފައިވެ. ކުއްލިއަކަށް މީތި މިހާ މަޝްހޫރު މިވީ ކިހިނެއް ހެއްޔެވެ؟
ލަބޫބޫއަކީ ހޮންގް ކޮންގުގެ އާޓިސްޓެއް ކަމަށްވާ ކާސިން ލަންގްގެ ފޮޓޯ ފޮތަކުން އުފަންވެގެން އައި ކެރެކްޓާއެކެވެ. ފޮތް ނެރުނުތާ މާ ގިނަ އަހަރުތަކެއް ނުވެ، ކުޅޭ އެއްޗެހި އުފައްދާ މަޝްހޫރު ކުންފުނި، ޕޮޕް މާޓުން ލަބޫބުގެ ފުރަތަމަ ކަލެކްޝަން މާކެޓަށް ނެރުނީ 2019 ގަ އެވެ.
ލަބޫބޫ ކްރިއޭޗާސް އަކީ "ދަ މޮންސްޓާސް" ޓްރައިބަށް ނިސްބަތްކުރާ އެއްޗެކެވެ. އޭގެ ތެރޭގައި ޒިމޯމޯ އާއި މޮކޯކޯ އާއި ޓައިކޯ ކަހަލަ ގްރޫޕުތައް ހިމެނެ އެވެ. މި ޑޯލްތައް ތަފާތުވާ ސަބަބަކީ އޭގެ ބޮޑު ދެލޮލާއި ނުވަ ދަތާއި އޭގެ ވަރުގަދަ ހިނިތުންވުމެވެ.
މީގައި މާކެޓަށް ނެރޭ ކޮންމެ ކަލެކްޝަނެއްގައި ވެސް ފެންނަނީ ތަފާތު އެކި އައުޓްފިޓްގަ އެވެ. މޫނު ތަފާތު އެކި ފީޗާސްތަކާއި އެކި އެސެސަރީސްއާ އެކު އެވެ.
މި ބުދުގެ ކިއުޓްކަމާ އެކު މިހާ މަގުބޫލުވެފައި މި ވަނީ ބުދު ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ވެސް ނުވާތީ އެވެ. ބޭރުން ބުދު ނުފެންނަ ފޮއްޓަކަށް ލަބޫބޫލާފައި އޮންނައިރު ސީދާ ވަކި ކުލައެއް ހޯދާ ނަމަ، އެއީ އުނދަގޫ ކަމެކެވެ. "މިސްޓްރީ ބްލައިޑް" ބޮކްސްއަކަށް ލާފައި އޮންނަ އެ ބުދު، ފޮށިން ނަގާ ވަގުތުގެ ރިއެކްޝަން ވެސް މީހުން ދަނީ ސޯޝަލް މީީޑިއާގައި ދައްކާލަމުންނެވެ.
މި ބުދައަށް ޑިމާންޑު ބޮޑުކަމުން ޕޮޕް މާޓުން ދަނީ އޮންލައިންކޮށް ބުދު ވިއްކާނެ ގަޑި އާއި އެ މީހުންގެ ސްޓޯރަށް މި ވިއްކަން ލާ ގަޑި ވެސް އާންމުކުރަމުންނެވެ.
މީގެ މަޝްހޫރުކަން އިތުރުވެފައި ވަނީ މަޝްހޫރު ކޭޕޮޕް ބޭންޑް، ބްލެކްޕިންކްގެ ލީސާ އާއި ލަވަކިޔުންތެރިޔާ ރިއާނާ އާއި ދުއާ ލިޕާ އަދި ކިމް ކާޑެޝިއަން ފަދަ ތަރިން އޭގެ ހައިޕް ސޯޝަލް މީޑިއާގައި ވަރުގަަދަކުރުމުންނެވެ.