ބަރަބޯ އަކީ އަޅުގަނޑުމެން ދިވެހިންގެ ކެއުމުގައި ކުރީއްސުރެ ހިމަނައިގެން ކާ ބާވަތެއްގެ ތަރުކާރީއެކެވެ. ޑައިޓަރި ގައިޑްލައިން ތަކުގައި ބަރަބޯ ހިމެނެނީ ސްޓާޗީ ވެޖިޓަބަލް ނުވަތަ ހަކަތަ އުފައްދާ ތަރުކާރީގެ ލިސްޓްގައެވެ. އެއީ ޖޯޑެއްހާ ރޯ ބަރަބޮލުގައި ½ ޖޯޑު ބަތުގައި ހުންނަހާ ހަކަތަ އާއި ކާބޮހައިޑްރޭޓް އެކުލެވޭތީ އެވެ.