17 Jan 2019

ސައިނާ "މިހާރު" ނޫސްކަރުދާހުގެ ހެދުމެއްގައި

މި ހެދުމުގައި މުޅިން ވެސް ބޭނުންކޮށްފައި އެ ހުރީ "މިހާރު" ނޫހުގެ ކަރުދާހެވެ. މިއީ އަހްމަދު ނާފިޒުގެ ޑިޒައިނެކެވެ.

މި ހެދުމުގައި މުޅިން ވެސް ބޭނުންކޮށްފައި އެ ހުރީ "މިހާރު" ނޫހުގެ ކަރުދާހެވެ. މިއީ އަހްމަދު ނާފިޒުގެ ޑިޒައިނެކެވެ.

By: Ifraz Ali

ތަފާތު މޮޅު ޑިޒައިނެއްގެ ހެދުމެއް ތައްޔާރުކޮށްލުމަކީ ޑިޒައިނަރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ބުރަ މަސައްކަތް ނިންމާލައި، އެ ވާހަކަ ދައްކާ ވަގުތު އެ ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ އެވެ. ޑިޒައިނަރު އަހްމަދު ނާފިޒަށް ވެސް މިހާރު އުފަލުން އެ ވާހަކަ ދެއްކޭނެ އެވެ.

ޔުނީކް މަސައްކަތެއް ދައްކާލަން މިފަހަރު ނާފިޒް ހެދުމެއް ޑިޒައިންކުރީ ނޫސް ކަރުދާސް ބޭނުންކޮށްގެންނެވެ. މުޅި ހެދުމަށް ބޭނުންކުރީ "މިހާރު" ނޫހުގެ ހަތް ދުވަހުގެ ކަރުދާހެވެ.

ސައިނާ: ނޫސް ކަރުދާހުން ޑިޒައިންކުރި ހެދުމުގައި -- | ޑިޒައިން: ނާފިޒް | މޭކަޕް: ނަދާ | ފޮޓޯ: ސުނީ

"މި ހެދުމަކީ މޭކަޕްކޮށްފައި އިން ނަދާ، ނަންނަގެ އައިޑިއާއެއް. އޭނަ ބުނީ ތިމަންނަގެ މޭކަޕަށް މިހެން ހަދަންވީނުންހޭ ހެދުމެއް. ދެން މޮޑެލްއެއް ހޯދާފައި މިން ނަގައިގެން ހެދުން ރެޑީކުރަން ސްޓާޓްކުރީ،" ހެދުން އެއްކޮށް ނިންމައިލަން ހަފުތާއެއް ނެގި ކަމަށް ނާފިޒް ބުންޏެވެ.

ނާފިޒަށް ބޮޑުބޭބެ ކިޔާ، މޭކަޕް އާޓިސްޓް ނަދާ އާދަމް ޝަރީފް (ނަންނަ) ބުނީ އަބަދުވެސް ބޭނުންވަނީ އާ ކަމެއް ތަޖުރިބާކޮށްލަން ކަމަށެވެ.

ސައިނާ: ނޫސް ކަރުދާހުން ޑިޒައިންކުރި ހެދުމުގައި -- | ޑިޒައިން: ނާފިޒް | މޭކަޕް: ނަދާ | ފޮޓޯ: ސުނީ

"ފެނޭ މީހުން އެކި ކަހަލަ އެއްޗެހި ބޭނުންކޮށްގެން ހެދުން އެއްޗެހި ފަހާތަން. ދޮންބެ [ނާފިޒް] ގާތުގައި ބުނީ ނިއުސް ޕޭޕާއިން ހެދޭނެ ހެއްޔޭ. ބުނީމަ ދޮންބެ ބުނީ އާ ވަރަށް ފަސޭހަކަމެކޭ. އެހެންވީމަ ދެން ހެދުން ތައްޔާރުކުރީ މީހުނަށް ވެސް ވަރަށް ކަމުދާނެ ކަމަށް ފެންނާތީ،" ނަދާ ބުންޏެވެ.

ނަދާ ބުނީ ނޫސް ކަރުދާސް ބޭނުންކުރީ "މިހާރު" އަކީ ރާއްޖޭގައި ނިކުންނަ ހަމައެކަނި ނޫހަށްވެފައި، ބޮޑަށް ދިވެހިންގެ އެއްޗެއް ދައްކާލަން ކަމަށެވެ. ހެދުން ޑިޒައިންކޮށްފައި ވަނީ ނޫހުގައި ހަމައެކަނި ދިވެހިން ލިޔެފައި ހުރި ގަނޑުތައް ބޭނުންކޮށްގެންނެވެ.

ސައިނާ: ނޫސް ކަރުދާހުން ޑިޒައިންކުރި ހެދުމުގައި -- | ޑިޒައިން: ނާފިޒް | މޭކަޕް: ނަދާ | ފޮޓޯ: ސުނީ

"ބޮލުގައި ހަރުކުރަން މަލެއް ހަދާފައި އޭނީ މިނިވަން ދުވަހު ނެރުނު ނޫހުގައި، މިނިވަން ދުވަހުގެ މަރުހަބާ ކިޔާފައި އިން އެއްޗެއްގައި އިން ދިވެހި ދިދައެއް. އެ ތަންކޮޅުގައި ކަފައި ނަގައިގެން މާ ހަދާފައި އޭނީ."

ހެދުމުގެ އެއްވެސް ބައެއް ނުފަހަ އެވެ. ތިން ބައެއް ވަކިވަކިން އިންނަ މި ހެދުން ފަރުމާކުރީ ކަރުދާހުގައި ތެރަސްލައި ހަރުކޮށްގެންނެވެ. އެއީ ހެދުމުގެ މަތީ ބައި ވަކިން، ސްކާޓް ވަކިން އަދި މަތީ ބަޔާއި ސްކާޓްގެ ދެމެދުގައި ވެސް ވަކިން ހާއްސަ ބައެއް ލައިފަ އެވެ.

ސައިނާ: ނޫސް ކަރުދާހުން ޑިޒައިންކުރި ހެދުމުގައި -- | ޑިޒައިން: ނާފިޒް | މޭކަޕް: ނަދާ | ފޮޓޯ: ސުނީ

އެމީހުންނަށް އެންމެ އުނދަގޫވީ މޮޑެލްއެއް ހޯދުމަށެވެ. މޮޑެލްއަކު ނުވެގެން އެތައް ދުވަހެއް ހޭދަވި އެވެ.

މޯލްޑިވިއަން އައިޑަލްގެ އެންމެ ފަހުގެ ސީޒަނުން ވިދާލި އައިމިނަތު ސައިނާ މުހައްމަދު މި ތަފާތު ހެދުމުގައި ފޮޓޯ ނަގައިދިނީ އަހްމަދު ސުނީ (ސުނީ) އެވެ.

"ވަރަށް ޓްރައިކުރިން މޮޑެލްއިން ހޯދަން. ރާއްޖޭގައި ތިބި ނަން މަޝްހޫރު މޮޑެލުންނަށް އަޅުގަނޑުމެން ހުންނާނީ އެޕްރޯޗްކޮށްފަ. އެހާ ރިލައިބަލްއެއް ނޫން ގިނަ މީހުން. އެޕްރޯޗުކުރި މީހުންގެ ތެރެއިން ސައިނާ އޯކޭ ދިނީ. ހަމަ ވަރަށް ސަޅިކޮށް ދިޔައީ،" ޝޫޓިން ނިންމާލީ މަހެއް ކުރިން ކަމަށް ނާފިޒް ބުންޏެވެ.

ފެޝަން މޭކަޕްކުރުން މިހާރު

Popular