21 Mar 2020

ގޭގައި ބަންދުވިޔަސް ނެޓްފްލިކްސް ޕާޓީއެއް ބޭއްވިދާނެ

By: Aminath Ibrahim

ނެޓްފްލިކްސް ޕާޓީ އެއް މިރޭ ބާއްވަން ކިހިނެއް ވާނެ ހެއްޔެވެ؟ މިބުނި އެއްޗެއް އަދި ނޭނގުނު ދޯ އެވެ. ގޫގުލްގައި ނިކަން ނެޓްފްލިކްސް ޕާޓީ ޖަހާލާފައި ސާޗް ކޮށްލަ ބަލާށެވެ. އޭރުން އެނގޭނެ އެވެ.

ކޮރޯނާ ވައިރަސް އައުޓްބްރޭކާ ގުޅިގެން، ވައިރަސް ފެތުރުން މަދުކުރުމަށް މިވަގުތަށް ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ސެލްފް ކަރަންޓީން ވުމެވެ. ބޭރަށް ނުނިކުމެ ގޭގައި ތިބުމެވެ. އެކަމަކު ގޭގައި ބަންދުވެގެން ތިބެންޖެހުމަކީ ވެސް ނުލާހިކު ފޫހި ކަމެއް ދޯ އެވެ. ނެޓްފްލިކްސް އިން އެކަމަކު މިއޮތީ މިކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދީފަ އެވެ.

ނެޓްފްލިކްސް ޕާޓީ އަކީ، ފްރީކޮށް ކްރޮމް އަށް އެޑް ކޮށްލެވޭ އެކްސްޓެންޝަނެއް ގޮތަށް އިންނަ ފީޗާ އެކެވެ. މި އެކްސްޓެންޝަން އެޑް ކުރުމުން އެކުގައި ފިލްމު ބަލަން ބޭނުންވާ އެންމެ ހިމަނައިގެން ޗެޓް ރޫމް އެއް ކްރިއޭޓް ކުރެވޭނެ އެވެ. ޕާޓީއަކަށް އެއްފަހަރާ 20 މީހުންނަށް ޖޮއިން ކޮށްލެވޭނެ އެވެ.

އެހެންވީމަ، ނެޓްފްލިކްސް ގެ މި އާ ފީޗާ އާ އެކު ވަރަށް ގިނަ ބަޔަކަށް އެކަނި ފިލާނެ އެވެ. ހާއްސަކޮށް ބަލިވެގެން އައިސޮލޭޝަން ގައި އޮންނަ މީހަކަށް ގޭގެ މީހުންނާއި އާއިލާ އާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލަން ވެސް މިއީ ކިހާ ސަޅި ފީޗާއަކަށް ވާނެ ދޯ އެވެ.

މި ހުރިހާ ފަސޭހަ އެއް ލިބޭ އިރު ދެން ވެސް ފަރުދީ ޒިންމާ އަދާކޮށްގެން ގޭގައި މަޑުކޮށްލާށެވެ. އޭރުން ތިމާވެސް، އެހެން މީހުން ވެސް ރައްކާތެރި ވާނެ އެވެ.

Popular