By: Aishath Maaha
އަލަށް ވާހަކަދައްކަން ފަށައި، ލިޔަން ކިޔަން ދަސްކުރާ އުމުރުގެ ކުދިން ޝައުގުވެރުވާނެ ފޮތްތައް ހޯދުން ގިނަ ފަހަރަށް އޮންނަނީ ވަރަށް އުނދަގޫ ކަމަކަށްވެފަ އެވެ. ހާއްސަކޮށް، ދިވެހި ފޮތްތަކެވެ. ތުއްތު ކުދިންނަށް ކިޔައިދޭން އެކަށީގެންވާ ދިވެހި ވާހަކަ ފޮތް ހޯދަން މުޅި މާލޭގައި ދުއްވަންޖެހޭ ފަހަރު ވެސް އާދެ އެވެ.
ހަލުވިކަމާއެކު ކޮރޯނާވައިރަސް މާލޭގައި ފެތުރެމުންދާ މި ދުވަސްވަރު ފިހާރަތަކަށް ދުވުމަށްވުރެ ރަނގަޅުވާނީ އޮންލައިންކޮށް ގަނެވެން ހުރި އެއްޗެހި އެގޮތަށް ގަތުމެވެ. ކުޑަކުދިންނަށް އެންމެ ކަމުދާނެ މި ފޮތްތައް ގަންނަންވީ އިންސްޓަގްރާމަށް ވަދެގެންނެވެ. މިއީ މިކަހަލަ އެތައް އޮންލައިން ފިހާރަތަކެއްގެ ތެރެއިން ފިލްޓާކޮށްލި ހައެއްތަ އިހުތިޔާރެވެ.
ތާނަ އަކުރު ދަސްކޮށްދޭ، ފޮތާއި އޭގެ ޕޯސްޓަރާއި ފްލެޝްކާޑާއި ވޯލް ޗާޓު ވެސް ޑިންޑިންކޮއެލް އިން ލިބޭނެ އެވެ. ތާނައިން ގުނަން ދަސްކޮށްދޭ ޗާޓުތަކާއި ކުޑަކުދިންނަށް ކަމުދާނެ ކަހަލަ ދިވެހި ވާހަކަ ފޮތްތައް ވެސް ލިބޭނެ އެވެ.
"މަންމާ ލޯބިވޭތަ"، "ކޮބާ؟، ކޮބާ؟، ދޮންކަލޯ ދޫނި ކޮބާ؟" އަކީ މިހާރު ވެސް ކުޑަކުދިންގެ މެދުގައި މަގުބޫލު ވަމުން އަންނަ ވާހަކަތަކެކެވެ. މިއީ މާހީމާހީ ބުކްސް އިން ނެރެފައިވާ ފޮތެކެވެ. މިކަހަލަ އެތައް ދިވެހި ވާހަކަ ފޮތެއް އަދި ދިވެހި ބަސް ކޮށްދޭން ބޭނުންކުރެވިދާނެ އެތައް އުފެއްދުމެއް މާހީމާހީ އިން ލިބޭނެ އެވެ.
ކުޑަކުދިން ޝައުގުވެރިވާނޭ ކަހަލަ ކުލަގަދަ އިލަސްޓްރޭޝަންތަކާ އެކު ތައްޔާރުކޮށްފައި ހުންނަ ފޮތް ޖަވާހިރް ބުކްސް އިން ވެސް ލިބޭނެ އެވެ. އުނދޯލި ޕޭޖުން ވެސް ޖަވާހިރްގެ އުފެއްދުންތައް ލިބޭނެ އެވެ.
ފުލޯކު އެމްވީ އިން ލިބޭ ވާހަކަ ފޮތްތަކާއި ދިވެހި ބަހާ ގުޅޭ އެހެން ހުރިހާ އުފެއްދުމެއް ވެސް އިންސްޕަޔާވެފައި ހުންނާނީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ދައްކަމުން އަންނަ ފުލޯކު ވާހަކަތަކުންނެވެ. "މާކުންބެގެ ސުފުރާމަތި" އަކީ ފުލޯކު އެމްވީގެ އެންމެ މަގުބޫލު އެއް ވާހަކަ އެވެ.
ދޮންތި ސީރީޒްގެ ހުރިހާ ފޮތެއް ވެސް ހުންނާނީ "ދޮންތި" ނަމަކަށް ކިޔާ ފިކްޝަނަލް ކެރެކްޓާއަކަށް ދިމާވާ ކަންކަމާ ގުޅުވާލައިފަ އެވެ. މި ސީރީޒްގެ އެކި އުމުރުފުރާތަކަށް ހާއްސަ އެކި ލެވަލްގެ ފޮތްތައް ލިބޭނެ އެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ކަމުދާނެ އެކިކަހަލަ ފޮތްތައް އެއް ތަނަކުން ހޯދަން،"އުނދޯލި"،ގްރޭހެރޯންއެމްވީ އަދި "ފާންތަރިބުކްސް" ޕޭޖު ބަލައިލާށެވެ.